އިސްލާމްދީނުގައި ދެމަފިރިންގެ މައްޗަށް ޙައްޤުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް އައްޝައިޚް ޙަސަން ފައިސަލް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ދެމަފިރިންނަށް ވެސް ﷲ ތަޢާލާ ވަނީ ޙައްޤުތަކެއް ކަނޑައަޅުއްވާފައި ކަމަށެވެ. ﷲ ތަޢާލާގެ ކަލާމްފުޅާއި މާތް ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އަނބިމީހާގެ މައްޗަށްވާ ޙައްޤުތަކާއި ފިރިމީހާގެ މައްޗަށްވާ ޙައްޤުތަކެއް ވާކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި މުދަލުން ކުރަންޖެހޭ ޙައްޤުތަކެއްވެއެވެ.
މީގެ އިތުރުން ކައިވެނި ކުރުމުގެ ކުރީގައި އޭގެ ބައެއް މުޢާމަލާތްތަށް ހިނގަމުންދެއެވެ. އެގޮތުން އަންހެންކުއްޖާ ކިޔާ ރަން ﷲ ތަޢާލާ ވަނީ އަންހެން ކުއްޖާއަށް ޙަލާލު މުދަލެއް ކަމުގައި ލައްވާފައިވާ ކަމަށެވެ. އަދި ރަން ދިނުމަކީ ފިރިހެން މީހާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އަދި ހަަމަ އެހެންމެ ކައިވެނީގެ ޢަޤްދާއެކީގައި ފިރިހެން މީހާގެ ޒިންމާތަކުގެ ތެރޭގައި އަންހެން މީހާ ބެލެހެއްޓުން ހިމެނެއެވެ.
އެގޮތުން އަންހެން މީހާއަށް ނަފަޤާ ދިނުމަކީ ވާޖިބެކެވެ. ސަބަބަކީ އަންހެން މީހާ އޭނާގެ ޢާއިލާ ދޫކޮށްފައި ފިރިމީހާއާއި އެކީގައި ހަޔާތެއް ފަށާއިރު ބުއްދީގެ ގޮތުން ވިސްނި ކަމުގައިވިޔަސް އަނބިމީހާއަށް ކަންކަން ކޮށްދޭންޖެހެއެވެ. އޭގެ މާނައަކީ އަނބިމީހާއަށް ޚަރަދުކުރުމާއެކު ދޭންޖެހޭ ޚަރަދުތައް ދިނުމެވެ. އަނބިމީހާގެ ޟަރޫރީ ބޭނުންތައް ފުއްދާދިނުމާ، ކާބޯތަކެތި ހޯދައި ދިނުމާ، އަސާސީ ޙައްޤުތައް ދޭންޖެހޭނެ ކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ މުއްސަނދި މީހާ އޭނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ތަނަވަސްކަމުގައި އޭނާގެ އަނބިމީހާ އަށް ހޭދަކުރުމަށެވެ. ﷲ ތަޢާލާ އެމީހެއްގެ ރިޒްޤު ދަތިކުރައްވާ އެ ތަނަވަސް ނުވާ ފަޤީރު ޙާލުގައި އުޅޭ މީހާ އޭނާ ﷲ ތަޢާލާ އޭނާއަށް ދެއްވި އެއްޗަކުން އަނބިމީހާއަށް ހޭދަކުރުމަށެވެ.

















ޚިޔާލު