އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ކަންކަމަކީ ޙިކުމަތުން ފުރިގެންވާ ކަންކަން ކަމަށް އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައެވެ.
ޝެއިޚްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ކަންތައްތަކުގެ ތެރެއަށް ބަލާލާއިރު ކައިވެނީގެ ޢަޤްދަކީ ވަރަށް މުހިއްމު ކަމެއް ދެއްވާފައިވާ، ވަރަށް ޙާއްސަ ގުޅުމެކެވެ. އަދި ދެމަފިރިއެއްގެ ދެމެދުގައި އުފެދިގެން އަންނަ ގާތް ކަމަކީވެސް އިސްލާމީ ޝަރީޢަތުގައި ވަރަށް މުހިއްމު ކަމެއް ދެއްވާފައިވާ ކަމެކެވެ.
މީގެ އިތުރުން ކައިވެނީގެ ސަބަބުން ޙާއްސަ ގުޅުމަކުން ދުރުހިލޭ ދެމީހުން ގޮތުގައި ތިބި ދެމީހުން އެކަކު އަނެކަކަށް ޤުރުބާންވެ، އެކަކު އަނެކަކާ ގާތްކަން އުފެދި، އެކަކު އަނެކެއްގެ ސިއްރުތައް ހިއްސާ ކުރެވޭ ހިސާބަށް ކައިރިވެގެން އަންނަކަމަށެވެ. މިކަމުން އިސްލާމް ދީނުގެ ފުރިހަަމަކަން ވަރަށް ބޮޑަށް ދޭހަވާކަމަށްވެސް ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ކައިވެނީގެ ސަބަބުން ދޭހަވަނީ އިންސާނާގެ ކިބައިގައި ހުރި ސިފައެއް ނުވަތަ ޖިންސީ ޣަރީޒާ ފުއްދުން ނުވަތަ އެމީހާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. ކައިވެނި ޝަރުޢުކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ނުބައި ޢަމަލުތަކާއި ދުރުވެގެން ދިޔުމެވެ.

















ޚިޔާލު