އީމާންކަން އިތުރުކުރުމަށް ފުރަތަމަ ޤަބޫލުކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ޙިއްސުތަކަކީ ޛިއްމާވާންޖެހޭ ޙިއްސުތަކެއްކަން ކަމަށް ޝައިޚު އަޙްމަދު މައުމޫން ވިދާޅުވެއްޖެއެވެ.
އައްޝައިޚު އަޙްމަދު މައުމޫން މިހެން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒިން އިސްނަންގަވައިގެން ކޯވިޑް 19 އާއި ވިދިގެން ބާއްވަވާ ސިލްސިލާ ދަރުސްތަކެއްގައެވެ.
"އީމާންކަން އިތުރުވާނީ ކިހިނެއް" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން އައްޝައިޚު މައުމޫން ވިދާޅުވާ ގޮތުގައި އަޅުގަނޑުމެންގެ ލައްވަވާފައިވާ އެންމެހާ ގުނަވަންތަކާއި ޙިއްސުތަކަކީ އެއަށް ޛިއްމާވެ، އެއާއިމެދު ސުވާލު ވެވޭނެ ނިޢުމަތް ތަކެއްކަން ދެނެގަންނަން ޖެހޭނެއެވެ.
ޝައިޚު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެންގެ ކޮންމެ ގުނަވަނަކުން ކުރާ ޢަމަލުތަކަކީ އީމާންކަމާއި ގުޅުން ހުރި ކަންކަމެވެ. މިގޮތުން އަޅުގަނޑުމެން ލޮލުން ބަލާ ކޮންމެ އެއްޗަކީ ﷲ ރުހިވޮޑިގެންވާ އެއްޗަކަށް ހަދަންޖެހެއެވެ. އަދި އަޅުގަނޑުމެން އަޑު އަހާ ކޮންމެ އެހުމަކީ ﷲ ރުހިވޮޑިގެންވާ އެއްޗަކަށް ހަދަންޖެހެއެވެ. އަދި ދުލުން ބޭރު ކުރާ ކޮންމެ ބަހަކީ ﷲ ގެ އެއްކައުވަންތަކަން މިބިންމަތީގައި ޤާއިމުކުރުމަށް މަގުފަހިވާ ބަސްތަކަކަށް ވާންޖެހޭނެއެވެ. އަދި ހަމައެފަދައިން އަޅުގަނޑުމެން ހިތަށް ގެންނަ ކޮންމެ އެއްޗަކީ ﷲ ގެ އެއްކައުވަންތަ ޤާއިމުކުރުމާއި އެކު، އެއެއްކައުވަންތަކަން ދެމެހެއްޓުމުގެ ޢަޒުމް އާކުރުމަށް ލިބޭ ހިތްވަރެއްކަމުގައި (އަދި އާ) ޢަޒުމެއް ކަމުގައި ހަދަންޖެހޭނެއެވެ.
ޚިޔާލު