މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޭނާ ކެތްތެރިވެއްޖެކަމުގައިވާ ނަމަ އެކަމަކީ އޭނާގެ ފާފަފުއްސަވާ ސަބަބެއްކަމުގައި ވެގެންދާކަމެއްކަމަށް އައްޝައިޚު ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ޝައިޚު ޙަސަން މޫސާ ފިކްރީ މިހެން ވިދާޅުވެފައިވަނީ ކޯވިޑް 19 އާއި ވިދިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒިން ނެރުއްވަވާފައިވާ ސިލްސިލާ ދަރުސެއްގައި "ކެތްތެރިކަން" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚު ވިދާޅުވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ما يصيب المسلم من وصب ولا نصب ولا هم ولا حزن ولا أذى ولا غم حتى الشوكة يشاكها إلا كفر الله بها من خطاياه. (މާނައީ: މުސްލިމަކަށް ދަތިކަމެއްވެސް، އަދި އުނދަގޫ ކަމެއްވެސް، އަދި ނުތަނަވަސްކަމެއް ވިޔަސް، ނުވަތަ ހިތާމައެއް ކަމުގައިވިޔަސް، ނުވަތަ މޮޅިވެރިކަމެއް ކަމުގައިވިޔަސް، އެއީ އޭނާގެ ފަޔަށް ހެރޭ ކައްޓެއްކަމުގައި ވިޔަސް، އެއިން މާތް ﷲ އޭނާގެ ފާފައެއް ނުފުއްސަވާ (ދޫނުކުރައްވާ) ކަމުގައިވެއެވެ.)
ޝައިޚު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން ނުވަތަ އެބަލިމަޑުކަމުން ސަލާމަތްވުމަށް އަޅުގަނޑުމެން ކެތްތެރިވާ ކެތްތެރިވުމަކީ އަޅުގަނޑުމެންނަށްވާ ފާފަފުއްސެވުމަކަށް ވެގެންދާނެއެވެ. އަދި އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާމްދީނުގެ މަތީގައި ޘާބިތުކުރުމަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެކަމެކެވެ.
ޚިޔާލު