ޒިކުރު މޮބައިލް އެޕްލިކޭޝަންގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފްކޮށްފިއެވެ.
މިއެޕްލިކޭޝަންއަކީ ކުރިން "ހެނދުނާއި ހަވީރުގެ ޒިކުރުތައް" މިނަމުގައި ގެންގުޅުނު އެޕްލިކޭޝަންގެ އައު އިސްދާރެކެވެ. އަދި މިއެޕްލިކޭޝަންގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ އިތުރުން ނަމާދަށް ފަހު ކިޔާ ޒިކުރުތަށް ވަނީ އިތުރުކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ﷲގެ ރަޙްމަތުން އެހެނިހެން ޒިކުރުތަށް މިއެޕްލިކޭޝަނަށް އިތުރު ކުރުމުގެ އުއްމީދު ކުރާކަމަށް މި އެޕްލިކޭޝަންގެ މޭސްތިރި އުއްމީދު ކުރައްވައެވެ.
ޒިކުރު ތަކާއި އެކު ޒިކުރުތަކުގެ ދިވެހި މާނަވެސް މިއެޕްލިކޭޝަންގައި ހިމެނިފައިވެއެވެ.
މިއެޕްލިކޭޝަނާއި ބެހޭ އިތުރު މަޢުލޫމާތު ދެއްވަމުން އެޕްލިކޭޝަން އުފެއްދެވި އަލީ ޒިހުނީ ދިއިސްލާމްއަށް ވިދާޅުވެފައި ވަނީ މިއެޕްލިކޭޝަނަކީ 2015 ގައި ހަދާފައިވާ އެޕްލިކޭޝަން އެއް ކަމަށެވެ. އޭރު އެޕްލިކޭޝަން ހަދާފައި ވާނީ އެންޑްރޮއިޑް ވަރޝަން އަށް ކަމަށް އަލީ ޒިހުނީ ވިދާޅުވިއެވެ. އެންޑްރޮއިޑް އެޕް ޑިވަލޮޕްމެންޓް ދަސްކުރީ މި އެޕްލިކޭޝަން ހަދަންވެގެން ކަމަށްވެސް ޒިހުނީ ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ޒިހުނީ ވިދާޅުވިއެވެ "އައިޑިއާ އަކީ. އަޅުގަނޑުގެ ދޮންބެ ދިން އައިޑިއާއެއް. މަންމައަށް ފަސޭހަ ކޮށްލަދިނުމަށްޓަކައި ފޯނުން ޒިކުރު ކިޔޭ ގޮތަށް އެޕެއް ހަދަން އައިޑިއާ ދިނީ ދޮންބެ" ކަމަށެވެ.
ޒިހުނީގެ މަންމައަށް ފަސޭހަ ކޮށްލަދިނުމުގެ މަޤްސަދުގައި އުފެއްދި މި އެޕްލިކޭޝަނުން އެތަށް ބަޔަކަށް މަންފަޢަ ކުރާނެ ކަން ކަށަވަރެވެ.
އެޕްޑައުންލޯޑްކުރައްވާ:

















advertisment
ޚިޔާލު