ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ވަކި ދެ ޔުނިވަރސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމުގައި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ ޒާހިރު މިފަދައިން ޓުވީޓު ކޮށްފައިވާއިރު މިއަދު ބޭއްވި ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި ގިނަ މެމްބަރުންތަކެއްވަނީ އިސްލާމިކް ޔުނިވަރސިޓީ އުވާލުމަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.
އިސްލާމީ ޔުނިވަރސިޓީ އުވާލުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކޮށްފި
ޑރ ޒާހިރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުއައްސަސާ ކަމަށާއި މި ދެތަން ދެ ޔުނިވަސިޓީގެ ގޮތުގައި ބާއްވައިގެން ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރާނެ ކަމަށެވެ.
ޔުނިވަރސިޓީތަކުގެ ޤާނޫނުތަކަށް އިސްލާހް ހުށަހެޅުމުގެ މަޤްޞަދެއްކަމުގައި ސަރުކާރުން ބުނެފައިވަނީ ޔުނިވަސިޓީތަކަށް ދިމާވެފައި އޮތް ދަތިތައް ހައްލުކުރުމާއި ދެ ޔުނިވަރސިޓީގެ ހިންގުން ވިހާވެސް އެއްގޮތް ކުރުމަށެވެ.

















ޚިޔާލު