ރާއްޖޭގެ ޚަބަރު

މާޗްމަހުގެ އުމްރާގެ އަގަށް ހެޔޮ ބަދަލެއް

ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 2017 ވަނަ އަހަރުގެ މާޗު މަހުގެ ޢުމްރާ ދަތުރުގެ އަގަށް ހެޔޮބަދަލެއް ގެނެސްފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މާޗްމަހުގެ ސްކޫލު ބަންދާ ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ 10 ދުވަހުގެ ކުރު އުމްރާގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިން މި އުމްރާ ތަދުރުގެ އަގަކީ 25965 ރުފިޔާ ކަމަށާއި މި އަގު 22965 ރުފިޔާ އަށް ހެޔޮ ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މި އުމްރާ ދަތުރުގައި ޚާޢްސަ ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށާއި، އެގޮތުން 4 މީހުންގެ ގުރޫޕެއް ނުވަތަ 04 ބޭފުޅުންގެ އާއިލާއެއް ރަޖިސްޓްރީ ކުރައްވާނަމަ ކޮންމެ ފަރާތަކަށް (ބޮލަކަށް) 1000 ރުފިޔާގެ ޑިސްކައުންޓެއް ދޭނެ ކަމަށާއި 10 ބޭފުޅުންގެ ގްރޫޕެއް ނަމަ 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މި ދަތުރުގައި ަސްކޫލު ކުދިން ދާނަމަ އެކުދިންނަށްވެސް ޚާއްސަ ހެޔޮ އަގެއް ކަނޑައަޅާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި އުމްރާ ދަތުރުގައި ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 2017 ޖެނުއަރީ 31 ވަނަ ދުވަހެވެ. ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހަޅާ ފޯރމް ފުރުއްވުމަށްފަހު ހައްޖު ކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވޭނެ ކަމަށާއި ފޯމާއެކު މަަދުވެގެން 5000 ރުފިޔާ ދެއްކުމުން ރަޖިސްޓްރީ ކުރެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ބާކީ ފައިސާ 31 ޖަނަވަރީ 2017 ގެ 1500 ގެ ކުރިން މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކާލެވޭނެ ކަމަށާއި މި ޕެކޭޖްގެ ދަށުން ޚާއްސަ ހިދުމަތްތައް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން މި ޕެކޭޖްގެ ތެރެއިން ދެވޭ ޚިދުމަތް ތަކަކީ

  • ޢުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • ޢުމްރާ ވިސާ
  • ޢުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ޚިދްމަތް
  • ދެ ޢުމްރާ ކުރުމުގެ ފުރުސަތު
  • 10 ދުވަހުގެ ހުރުމާއި ކެއުން (ދިވެހި ކެއުން)
  • މައްކާ މަދީނާގެ ބަސްދަތުރުތައް
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް
  • ޢުމްރާ ކިޓް (ލަގެޖް ފޮށި، ހޭންޑް ލަގެޖް، ޓޮއިލެޓްރީ ދަބަސް، އުނަގަނޑު ދަބަސް، ޢިޙްރާމް، ހިޖާބް ފޮތި، ޢުމްރާ އަތްމަތީ ފޮތް، ޢުމްރާ ދުޢާ ކާރޑް، ޙައްޖު އަދި ޢުމްރާ ކުރާނެ ގޮތުގެ ޑީވީޑީ، ދަތުރުގެ ފޮޓޯތައް ހިމެނޭ 08 ޖީބީގެ ޕެންޑްރައިވް…)

ހައްޖު ކޯޕަރޭޝަނުން ބުނީ 2017 ވަނަ އަހަރުގެ ރަމަޟާން ޢުމްރާގެ ޙާއްސަ ޕެކޭޖްގެ ދަށުން އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2017 އޭޕްރީލް 17ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. މި އުމްރާ ދަތުރުގެ އަގަކީ 39965 ރުފިޔާއެވެ. މި އުމްރާ ދަތުރު އޮންނާނީ ރަމަޟާން މަހުގެ ފަހު 15 ގައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Anna aharuge maach mahal mihaarun feshigen lari Dhaka nun gendhevi dhaanethoa

Your email address will not be published. Required fields are marked *