ޖެނުއަރީ 7 ވަނަ ދުވަހު ފުރާންސްގެ ޗާލީހެބްޑޯ މަޖައްލާއަށްދެވުނު ޙަމަލާ ދުނިޔޭގެ އެތަކެއް ސިޔާސީ ލީޑަރުންނެއް ގެންދިޔައީ ކުށްވެރިކުރަމުންނެވެ. ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އެޙަމަލާ ކުށްވެރިކުރެއްވީ ރައީސް މުޙައްމަދު ނަޝީދެވެ. އެއަށްފަހު އެމްޑީޕީގެ ބައެއް ފަރާތްތަކުން ސަރުކާރުން މިމައްސަލަ ކުށްވެރި ކުރުން ލަސްވުމާއި ގުޅިގެން ފާޑު ކިޔަންފެށިއެވެ. އެއަށްފަހު ފެނިގެން ދިޔައީ ހުދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންވެސް ޗާލީހެބްޑޯއަށް ދެވުނު ޙަމަލާކުށްވެރި ކުރެއްވިތަނެވެ.
ޗާލީހެބްޑޯއަށް ޙަމަލާ ދެވުނުތާ 24 ގަޑިއިރު ނުވާނީސް ޕެރިހުގެ މިސްކިތްކަށް ޙަމަލާތައް ދޭން ފެށިއެވެ. އަދި ފުރާންސްގެ އެކި ސަރަހައްދުތަކުގައިވާ މިސްކިތްތަކަށްވެސް ޙަމަލާދެވުނެވެ. މިޙަމަލާތައް ރައީސް ނަޝީދުގެ ފަރާތުންވެސް އަދި އެމްޑީޕީގެ ފަރާތުންވެސް ކުށްވެރިކޮށްފައެއް ނުވެއެވެ. ހަމައެޔާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ފަރާތުންވެސް ފެނިގެން ދިޔައީ ފުރާންސްގެ މިސްކިތްތަކަށް ދެވުނު ޙަމަލާތަކަށް ޙައްޕު ވިދާޅުވެގެން ހުންނެވި މަންޒަރެވެ.
ތިރިގައިވާ މިވާ ޗާޓުގައި މިވަނީ ޗާލީހެބްޑޯއަށް ޙަމަލާ ދެވުނު ފަހުން ފުރާންސްގެ އެކިސަރަހައްދުތަކުގެ މިސްކިތްތަކަށް ދީފައިވާ ޙަމަލާތަކެވެ.
ނަމަވެސް މިޙަމަލާތައް ކުށްވެރިކޮށްފައިވަނީ މަދު ޤައުމުތަކަކުންނެވެ. މިޙމަލާތައް އެންމެފާޅުކަން ބޮޑުގޮތެއްގައި ކުށްވެރި ކުރެއްވި ލީޑަރުންނަކީ ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާންއާއި އެޤައުމުގެ ބޮޑުވަޒީރު އަޙްމަދު ދަވަތުގުލޫއެވެ. ދަވަތުގުލޫވަނީ ފުރާންސްގައި ދުނިޔޭގެ ލީޑަރުންނާއެކު ބޭއްވި ހިނގާލުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި އެހިނގާލުން ނިންމަވާލެއްވުމަށްފަހު ފުރާންސްގައި ހުންނަ ތުރުކީގެ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިދެޙަމަލާވެސް އެއްހަމައެއްގައި ކުށްވެރިކުރައްވާކަމަށް ވިދާޅުވެފައެވެ.
"އިންސާނީ ފުރާނައަކަށް ގެއްލުންވެއްޖެނަމަ އެމީހަކު ނިސްބަތްވާ ދީނަކަސް ބެލުމެއް ނެތި އެކަން އަޅުގަނޑުމެން ކުށްވެރި ކުރާނަން" ދައުވަތުގުލޫ ވިދާޅުވިއެވެ.
އެމަނިކުފަން ވިދާޅުވީ ޔުރަޕުން އިސްލާމްދީނާއިމެދު ޔޫރަޕުން ގެންގުޅޭ ނަސްލީތަފާތު ކުރުންތައް ނައްތާލަން މެސެޖު ލިބިގަންނަން ޖެހޭކަމަށެވެ.


















އެމީހުންގެ ހިތުގައި މިސްކިތާއި މެދުގައި މާބޮޑު ލޯއްބެ ނެތިއްޔާ، އަދި އެމީހުން ގޮސް ނޫޅޭ ތަނެއްވީމަ އެހާ ވަރަކުން ނޫޅޭނެތާ. މިސްކިތާއި ހެދި އުޅެނީ މިސްކިތަށް ފަސް ވަގުތު ގޮސް އުލޭ މީހުން!
ހިސާބަށްވުރެ ބޮޑަށް އިސްލާމް ދީނަށް ނަފްރަތު ކުރާމީހުންނެތް މިސްކިތަކަށް ގެއްލުމެއްދިނަސް އެކަމަކާ އަޅައެއްނުލާނެ.ތީ ހަމަ އެއްކަހަލަ ދެރައީސުން.
މީހަމަ އެއްފިކުރެއްގެ ދެބެއިން، ރައްޔިތުންނަށް ހީވަނީ ދެފިކުރެއްހެން އެކަމަކު އެހެނެއްނޫން.މިއުޒިކާއި ނެށުމުގައި ހަމައެއްފިކުރު!
ހަނދަށް ނޫނީ އިރަށް ގާއުކިޔަކަސް އެގަލެއް އެތަކެއްޗަކަށް ނުފޯރާނެ، އުކާމީހުން އަތްވާޅުވާނީ….ހަމަ އެފަދައިން އިސްލާމްދީނުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމަކީ އެފަދަ ކަމެއް. އެކަމަކުން އިންޝާﷲ، އެކަލޭގެފާނުގެ މާތް ޝަހްސިއްޔަތަކަށް އަދި އެކަލޭގެފާނު މާތްﷲގެ ޙަޟްރަތުން ގެންނެވި ދީނަކަށް އެއްވެސް އުނިކަމެއްނާންނާނެ…ހަމަ ދެރަވެ ހަނާވާނީ އެކަންކުރާ ޖާހިލުންނެވެ.