ރާއްޖޭގެ ޚަބަރު ދީނީ ޢިލްމުވެރިންގެ ނަމުގައި ފެތުރެމުންދާ ޚަބަރު ނޭނގޭ އެއްޗިއްސާމެދު ސަމާލުވުމަށް ޝެއިޚް ޢަބްދުﷲ ގޮވާލައްވައިފި

ދީނީ ޢިލްމުވެރިންގެ ނަމުގައި ފެތުރެމުންދާ ޚަބަރު ނޭނގޭ އެއްޗިއްސާމެދު ސަމާލުވުމަށް ޝެއިޚް ޢަބްދުﷲ ގޮވާލައްވައިފި

ދީނީ ޢިލްމުވެރިންގެ ނަމުގައި ފެތުރެމުންދާ ޚަބަރު ނޭނގޭ އެއްޗިއްސާމެދު ސަމާލުވުމަށް ޝެއިޚް ޢަބްދުﷲ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ޢިލްމުވެރިންގެ ނަމުގައި ފެތުރެމުންދާ ޚަބަރު ނޭނގޭ އެއްޗިއްސާމެދު އެންމެހައި މުސްލިމުން ހުށިޔާރުވާން ޖެހިއްޖެ ކަމުގައި ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވިދާޅުވެއެވެ.

ޓްވީޓާ މެދުވެރިކުރައްވައި ޝެއިޚް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމްދީނަށް ނަސްރު ދިނުމަށް ކަމަށް ބުނެ ދީނީ ޢިލްމުވެރިން ބާއްވާ ވަރަށް ޚާއްޞަ ދަރުއްސްއަކަށް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އާޓީފިޝަލް ބީޗަށް ޢާންމުންނަށް ދަޢުވަތުދީ ސޯޝަލް މީޑިއާގައި ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ އެ ދަރުސްއަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން ބާއްވާ ދަރުސްއެއްކަމަށް ޖަހައިފައި ވީނަމަވެސް އެއީ ކޮން ފަރާތަކުން ރާވައިފައިވާ ދަރުސްއެއްކަން އެނގޭކަށް ނެތެވެ. އެހެންކަމުން މިފަދަ ޚަބަރުތަކާމެދު ސަމާލުވެ ހުށިޔާރުވުމަށް ރާއްޖޭގެ ޢިލްމުވެރިއަކު ގޮވައިލައްވާފައި ވުމުން މިކަމާމެދު ދިވެހިން ސަމާލުވާން ޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.