އެއްބުރުން ތުރުކީގެ ރިޔާސީ އިންތިހާބު ރަޖަބު ޠައްޔިބު ޢުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.
1924 ވަނަ އަހަރަށް ފަހު ތުރުކީގެ 12 ވަނަ ރައީސް އިންތިޚާބު ކުރުމަށްޓަކައި ބޭއްވި ރިޔާސީ އިންތިހާބު ޢުރުދުޣާން ކާމިޔާބު ކުރެއްވީ %56.3 ވޯޓް ހޯއްދަވައިގެންނެވެ. މިހާތަނަށް ގުނާފައިވާ 99% ފޮށީގެ ނަތީޖާއިން ޢުރުދުޣާން ހޮވިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ތުރުކީގައި މިއަދު ބޭއްވުނު މިއިންތިޚާބަކީ ފުރަތަމަ ފަހަރަށް ސީދާ ރައްޔިތުންގެ ވޯޓުން ރައީސްއަކު އައްޔަން ކުރި އިންތިހާބެވެ. މީގެ ކުރިން އެޤައުމުގައި ރައީސްއާއި ބޮޑުވަޒީރު އިންތިޚާބުކޮށްފައިވަނީ ބަރުލަމާނީ ނިޒާމުގެ ދަށުން ޤާނޫނު ހަދާ މަޖިލީހުންނެވެ.
75 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ނިސްބަތްވާ ތުރުކީގެ 12 ވަނަ ރިޔާސީ އިންތިޚާބު ބާއްވާފައިވާއިރު 53 މިލިއަން މީހުންނަށް ވޯޓު ލުމުގެ ޙައްޤުލިބިގެން ވެއެވެ.
މިއިންތިޚާބުގައި 161,033 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއިންތިޚާބުގައި ރައީސް ޢުރުދުޣާން ގެ އިތުރުން ވާދަކޮށްފައިވަނީ ޕްރޯކުރުދިޝް ޑިމޮކުރެޓިކް ޕާޓީއިން ސެލާހުތިން ދަމައިތުރަސް އާއި ރިޕަބްލިކަންޕީޕަލްސް ޕާޓީއާއި ނެޝަނަލިސްޓު މުވުމެންޓު ގުޅިގެން ނެރެފައިވާ ކެނޑިޑޭޓު އޯއައިސީގެ ކުރީގެ ސެކެޓުރީ ޖެނަރަލް އެކުމާލުއްދީން އިހުސާން ޤުލޫއެވެ.
ތުރުކީގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ސެލާހުތިން ދަމައިތުރަސް އަށް ލިބިފައިވަނީ %3.9 އެވެ. އަދި އެކުމާލުއްދީން އިހުސާން ޤުލޫ އަށް ލިބުނީ %39.8 އެވެ.
ތުރުކީގައި މިއަދު ބޭއްވުނު މިއިންތިޚާބު މިހާރުގެ ބޮޑުވަޒީރު ޢުރުދުޣާން ކާމިޔާބު ކުރެއްވުމާއި އެކު މުޅި ތުރުކީގައި ދަނީ އުފާ ފާޅުކުރަމުންނެވެ.
Allaaah akbar
Ufaa veri khabareh