1924 ވަނަ އަހަރަށް ފަހު މިއީ ތުރުކީގެ 12 ވަނަ ރައީސް އިންތިޚާބު ކުރުމަށްޓަކައި ބޭއްވޭ އިންތިޚާބެވެ. މިއިންތިޚާބު ވެގެންދާނީ ފުރަތަމަ ފަހަރަށް ސީދާ ރައްޔިތުންގެ ވޯޓުން ރައީސްއަކު އައްޔަން ކުރާ އިންތިޚާބަށެވެ. 75 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ނިސްބަތްވާ ތުރުކީގެ 12 ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު 53 މިލިއަން މީހުންނަށް ވޯޓު ލުމުގެ ޙައްޤުލިބިގެން ވެއެވެ.
އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ ނުލިބިއްޖެނަމަ ދެވަނަ ބުރަކަށް ދާނެއެވެ. ދެވަނަ ބުރު އޮންނާނީ 24 އޮގަސްޓުގައެވެ.
-----
މިހާތަނަށް ގުނާފައިވާ ފޮށިތަކަށް ބަލާއިރު ތުރުކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ މީހާރުވެސް ވެރިކަންކުރަމުން އަންނަ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން މިހާރުގެ ބޮޑު ވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާންއެވެ. ތަފްސީލް ވިދާޅުވޭ!
22:27
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ: (96.6% ފޮށި)
ރަޖަބު ޠައްޔިބު ޢުރުދުޣާން %56.3
ސެލާހުތިން ދަމައިތުރަސް %3.9
އެކުމާލުއްދީން އިހުސާން ޤުލޫ %39.8
21:45
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ: (92.43% ފޮށި)
ރަޖަބު ޠައްޔިބު ޢުރުދުޣާން %53.24
ސެލާހުތިން ދަމައިތުރަސް %9.06
އެކުމާލުއްދީން އިހުސާން ޤުލޫ %37.70
21:30
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ: (80% ފޮށި)
ރަޖަބު ޠައްޔިބު ޢުރުދުޣާން %53.59
ސެލާހުތިން ދަމައިތުރަސް %8.97
އެކުމާލުއްދީން އިހުސާން ޤުލޫ %37.45
21:05
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ: (66% ފޮށި)
ރަޖަބު ޠައްޔިބު ޢުރުދުޣާން %54.69
ސެލާހުތިން ދަމައިތުރަސް %8.49
އެކުމާލުއްދީން އިހުސާން ޤުލޫ %36.82
20:40
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ: (53% ފޮށި)
ރަޖަބު ޠައްޔިބު ޢުރުދުޣާން %55.71
ސެލާހުތިން ދަމައިތުރަސް %8.41
އެކުމާލުއްދީން އިހުސާން ޤުލޫ %33.88
މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާ ދައްކަނީ ރަޖަބު ޠައްޔިބު ޢުރުދުޣާން ކުރީގައި އުޅޭކަމަށް
17:00
ވޯޓުލުން ބަންދުކޮށްފި. ހެނދުނު 8 ގައި ވޯޓްލުން ފެށިފައިވާއިރު ވޯޓްލުމުގެ ވަގުތު ޖެހުމާއި އެކު ތުރުކީގެ އެކި ކަންކޮޅުތަކުގައި ވޯޓްލުން ވަނީ ހުއްޓާލާފައި. ވޯޓް ގުނާނެ ވަގުތެއް އިއުލާން ކުރާނެ.
15:00
ވޯޓްލުން ކުރިއަށް ދަނީ. މާބޮޑު މައްސަލައެއް ފެންމަތި ނުވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނޭ.
16:44
ވޯޓްލާން ދާއިރު ލިސްޓުގައި ނަން ނެތުމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާކަމަށް ތުރުކީގެ މީޑިއާތަކުން ހާމަކުރޭ. މިކަމާއި ގުޅިގެން އިލެކްޝަން ބޯޑުން ވަނީ ބަޔާނެއް ނެރެފައި.
14:33
ތުރުކީގެ މިހާރުގެ ބޮޑު ވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާން ވޯޓް ލައްވައިފި. އުރުދުޣާން ވޯޓް ލާން ވަޑައިގަތީ އާއިލާގެ މެމްބަރުންނާއި އެކު.
11:00
ގިނަ އަދަދެއްގެ ބަޔަކު ވޯޓް ވަނީ ލާފައި. އަދިވެސް އެކި ސަރަހައްދުތަކުގައި ވޯޓްލުމުގެ ކަންތައް އަމާން ކަމާއި އެކު ކުރިއަށް ދަނީ.
10:47
ޕްރޯކުރުދިޝް ޑިމޮކުރެޓިކް ޕާޓީއިން ސެލާހުތިން ދަމައިތުރަސް ދާދި ދެންމެއަކު ވޯޓް ލައިފި.
10:30
އެކުމާލުއްދީން އިހުސާން ޤުލޫ ވޯޓްލައިފި.
9:00
އިންތިހާބު ކުރިއަށް ދާނީ މިއަދު 5 ޖަހަންދެނެވެ. އެކި ކަންކޮޅުތަކުގައި އުޅޭ ތުރުކީ ރައްޔިތުން އެބައެއްގެ އަމިއްލަ އަވަށަށް ވޯޓްލުމުގެ ބޭނުމުގައި ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.
8:25
ވޯޓްލުން ފެށުމުގެ ކުރިން އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ހުވާކުރުން އޮތެވެ. "އިޚްލާސްތެރިވުމަށާއި މަކަރު ނުހަދާނެކަމަށް" ހުވާކޮށްފައިވެއެވެ.
8:15
އިންތިހާބުގެ ވޯޓްލުން ފަށާފައިވަނީ މިއަދު ތުރުކީ ގަޑިން ހެނދުނު 8 ގައެވެ.
8:00
ތުރުކީ ރިޔާސީ އިންތިޚާބުގެ ވޯޓު ލުން އެޤައުމުގައި މިއަދު ކުރިއަށް އެބަދެއެވެ.
1924 ވަނަ އަހަރަށް ފަހު މިއީ ތުރުކީގެ 12 ވަނަ ރައީސް އިންތިޚާބު ކުރުމަށްޓކައި ބޭއްވޭ އިންތިޚާބެވެ. ނަމަވެސް މިއިންތިޚާބު ވެގެންދާނީ ފުރަތަމަފަހަރަށް ސީދާ ރައްޔިތުންގެ ވޯޓުން ރައީސްއަކު އައްޔަން ކުރާ އިންތިޚާބަށެވެ.
މީގެ ކުރިން އެޤައުމުގައި ރައީސްއާއި ބޮޑުވަޒީރު އިންތިޚާބުކޮށްފައިވަނީ ބަރުލަމާނީ ނިޒާމުގެ ދަށުން ޤާނޫނު ހަދާ މަޖިލީހުންނެވެ.
75 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ނިސްބަތްވާ ތުރުކީގެ 12 ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު 53 މިލިއަން މީހުންނަށް ވޯޓު ލުމުގެ ޙައްޤުލިބިގެން ވެއެވެ.
މިއިންތިޚާބުގައި 161,033 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއިންތިޚާބުގައި ވާދަކުރަނީ މީހާރުވެސް ވެރިކަންކުރަމުން އަންނަ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން މިހާރުގެ ބޮޑު ވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާންއާއި ޕްރޯކުރުދިޝް ޑިމޮކުރެޓިކް ޕާޓީއިން ސެލާހުތިން ދަމައިތުރަސްއެވެ. އަދި ރިޕަބްލިކަންޕީޕަލްސް ޕާޓީއާއި ނެޝަނަލިސްޓު މުވުމެންޓު ގުޅިގެން ނެރެފައިވާ ކެނޑިޑޭޓު އޯއައިސީގެ ކުރީގެ ސެކެޓުރީ ޖެނަރަލް އެކުމާލުއްދީން އިހުސާން ޤުލޫއެވެ.
އިންތިހާބުގައި ވާދަކުރަނީ
- ރަޖަބު ޠައްޔިބު ޢުރުދުޣާން
- ސެލާހުތިން ދަމައިތުރަސް
- އެކުމާލުއްދީން އިހުސާން ޤުލޫ
ޚިޔާލު