ރާއްޖޭގެ ޚަބަރު “ޣައްޒާގެ ރައްޔިތުން ނާއިއެކު ހދ. އަތޮޅުގެ ރައްޔިތުން”ގެ ނަމުގައި ހަރަކާތްތަކެއް ހިންގަނީ

“ޣައްޒާގެ ރައްޔިތުން ނާއިއެކު ހދ. އަތޮޅުގެ ރައްޔިތުން”ގެ ނަމުގައި ހަރަކާތްތަކެއް ހިންގަނީ

“ޣައްޒާގެ ރައްޔިތުން ނާއިއެކު ހދ. އަތޮޅުގެ ރައްޔިތުން”ގެ ނަމުގައި ހަރަކާތްތަކެއް ހިންގަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅުވެރިކަން ފާޅުކޮށް، ފަލަސްތީނުގެ މުސްލިމުންނާއެކު ހދ އަތޮޅުގެ ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ހދ. އަތޮޅު ކައުންސިލް އިން އިސްނަގައިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިނގާލުމެއް ބާއްވަން އެކައުންސިލްއިން ނިންމައިފިއެވެ.

މިހިންގާލުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު 16:30 ގައި ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި އެއްވަގުތެއްގައެވެ. މި ހިންގާލުން ނިއްމާލާނީ ފަލަސްތީނުގެ ރައްޔިތުންނަށް ސާބިތުކަން ދެއްވުންއެދި ކުރެވޭ ހާއްސަ ދުއާ އަކުންނެވެ.

ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑްތަކާއެކު ކުރިއަށް ގެންދާ މިހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމަށް އެކައުންސިލުން ބުނެއެވެ.

ފަލަސްތީނު މައްސަލައާއި ގުޅޭގޮތުން މިދިޔަ ބުދަދުވަހު އަތޮޅު ކައުންސިލް އިން ވަނީ ގަރާރެއްފާސްކޮށްފައެވެ. މިޤަރާރުގައި ފަލަސްތީނު ރައްޔިތުންނާއި އެކު ހދ އަތޮޅުގެ ރައްޔިތުން ތިބިކަން ފާހަގަކޮށްފައިވާއިރު، ހދ އަތޮޅު ރައްޔިތުންގެ ނަމުގައި އެހީވުމުގެ ގޮތުން ފަންޑުފޮއްޓެއް މީހުން ދިރިއުޅޭ ހުރިހާ ރަޭއްގައި ހުޅުވާ ލިބޭ ފައިސާ ޣައްޒާގެ ރައްޔިތުން ނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމާލާތަކަށް 17 ދުވަސް ވެފައި ވާއިރު އެ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 750 އަށް ވުރެ މަތިވެފައެވެ. އަދި އެ ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 32 މީހަކު ވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.