ރިޙްލާގެ ބައިވެރިން ދ އަތޮޅަށް ފުރަން ފަށައިފިކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ދިއިސްލާމްއަށް ހާމަކުރި ގޮތުގައި ރިޙްލާގެ ބައިވެރިން ދ އަތޮޅަށް ފުރަން ފަށާފައިވަނީ މިއަދު މެންދުރު 1:40 ގައި ކަމަށާއި އިތުރު ޓީމެއް މިރޭ ވެސް ދ އަތޮޅަށް ދިއުމަށް ފުރާނެ ކަމަށެވެ.
"ދ. ރިޙްލާގެ ދަތުރު މިވަނީ ފަށާފައި. ގާތްގަޑަކަށް 25 ބައިވެރިން މިފުރީ ދ. އަތޮޅަށް ދިއުމަށް." ޖަމްޢިއްޔަތުއްސަލަފުގެ އޮފިޝަލް އަކު ދިއިސްލާމްއަށް ހާމަކުރިއެވެ.
މިއަހަރުގެ ރިޙުލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 3 ގެ ނިޔަލަށެވެ. 4 ދުވަހުގެ މި ދަތުރުގައި ދ.އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ އަދި ޢިޖްތިމާއީ ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގުމަށް ރޭވިފައިވެއެވެ.
ރިޙްލާގައި ގިނަ އަދަދެއްގެ ޝެއިޚުން ބައިވެރިވާއިރު ވޮލަންޓިއަރުންގެ ގޮތުގައިވެސް ގިނަ ބަޔަކު މާލެއިން ދިއުމަށް ވަނީ ހަމަޖެހިފައެވެ. ދ. އަތޮޅުން ރިޙްލާގެ އިންތިޒާމްތައް ހަމަޖައްސަނީ ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީއިންނެވެ.
ރިޙްލާގެ ދ. އަަތޮޅަށް ކުރާ މިދަތުރުގައި "ދިއިސްލާމް"ގެ ނޫސްވެރިއެއްވެސް ބައިވެރިވާނެއެވެ.
ޚިޔާލު