[loop_shortcode the_query="tag=rihla2014&posts_per_page=15"]

އިތުރު ޚަބަރުތައް +

[loop_shortcode the_query="tag=rihlaphoto&posts_per_page=2"]

“ރިޙްލާ” އަކީ ދިވެހިރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވަމުންގެންދާ ދަތުރެކެވެ. މިއަހަރުގެ ރިޙުލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 3 ގެ ނިޔަލަށް ދ. އަތޮޅު ގައެވެ. 4 ދުވަހުގެ މި ދަތުރުގައި ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ދީނީ އަދި ޢިޖްތިމާއީ ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގުމަށް ރޭވިފައިވެއެވެ. އަދި ދ.ކުޑަހުވަދޫގައި ވަރަށް ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯކްޝޮޕްތަކުގައި އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވޯކްޝޮޕްތަކުގެ ތެރޭގައި ނަމާދު ވޯކްޝޮޕް، ޤުރްއާން ކިޔަވަން ދަސްކޮށްދޭ ސެޝަން ތަކެއް، ކަށުކަމާކެމީގެ ކަންތައްތައް އުނގަންނައިދޭ ވޯކްޝޮޕެއްގެ އިތުރުން ޑައިވިން ތަމްރީނުތަކާއި މަޢުލޫމާތު ދޭ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ހަމައެޔާއެކު މިރިޙްލާގެ ޚާއްޞަ ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ބައިވެރިވެ ވަޑައިގެން އަތޮޅުގެ ރައްޔިތުންނަށް އެބޭފުޅާގެ ޚިދުމަތް ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.

މި ރިޙްލާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ޝެއިޚުންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް އަދި އައްޝައިޚް އަޙްމަދު ސަލީމް ހިމެނިވަޑައިގަނެއެވެ.

މި ދަތުރުގައި ދ.އަތޮޅުގެ ފަރާތުން އެންމެހައި ކަންތައްތަކެއް އިންތިޒާމްކުރުމުގައި އިސްވެ ޙަރަކާތްތެރިވާނީ ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ ގެ ފަރާތުންނެވެ. ދަތުރުގެ ކަންކަން ހަމަޖެހެމުންދާވަރަކުން އިތުރު މަޢުލޫމާތު ތަކާއި ޚަބަރުތައް ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ވެބްސައިޓް www.salaf.mv އިން އިންޝާﷲ ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު

Your email address will not be published. Required fields are marked *