ރާއްޖޭގެ ޚަބަރު

ރ.އިނގުރައިދޫ ސްކޫލުން ބޭއްވި ޤްރުއާން މުބާރާތް ނިމިއްޖެ

އިންގުރައިދޫ ސްކޫލް | ފޮޓޯ: މުހައްމަދު މާލިކް / ފްލިކާރ

ރ.އިނގުރައިދޫ ސްކޫލްގެ އިސްލާމް ކްލަބުގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތް މިދިޔަ ހޮނިހިރު ( 27 ޖުލައި ) ދުވަހު ނިމިއްޖެއެވެ.

އިނގުރައިދޫ ސްކޫލް ހޯލްގައި މިދިޔަ ހުކުރު ( 26 ޖުލައި) ދުވަހު ހެނދުނު ފެށި މި މުބާރާތުގައި އެ ސްކޫލްގެ 84 ދަރިވަރުން ބައިވެރިވިއެވެ. އެއީ ފިރިހެން 38 ދަރިވަރުންނާއި 46 އަންހެން ދަރިވަރުންނެވެ. މިއީ ކުދިންގެ ހިތްތަކުގައި ކީރިތި ޤްރުއާނާއި މެދު ލޯބި އުފެއްދުމާއި ތަޖުޥީދު މަގުން ޤްރުއާން ކިޔުވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމު ކުރާ ރ.އިނގުރައިދޫ ސްކޫލްގެ އިސްލާމް ކްލަބުން ހާމަކުރެއެވެ.

މިއީ މީގެ 10 ވަނަ މުބާރާތެވެ. މި މުބާރާތުގައި ޖަޖުކަން ކުރީ ރ.ކިނޮޅަހުގެ 3 ބޭފުޅުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިއީ މީގެ 4 ވަރަކަށް އަހަރު ކރީގެ ފޮޓޯއެއް! މިހާރު މާރީތިވާނެ!

Your email address will not be published. Required fields are marked *