ރާއްޖޭގެ ޚަބަރު ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް: ސާރވޭ

ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް: ސާރވޭ

ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް: ސާރވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކުރި ސާވޭ އިން ހާމަވެފައިވާގޮތުގައި "ސާވޭގައި ބައިވެރިވި މީހުންގެ 78 ޕަސެންޓް ބުނެފައިވަނީ ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް"ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން އާއްމުކޮށްފައިވާ ގްލޯބަލް ކޮރަޕްޝަން ބެރޯމީޓަރުގެ މި އަހަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަންގެ މިންވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައިކަމަށާއި ސާރވޭގެ ބައިވެރިން ދެކޭ ގޮތުގައި ބައިވެރިން ބުނެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިނުވާ ކަމަށެވެ.

މިސާވޭގައި ބައިވެރިވި މީހުންގެ 78 ޕަސެންޓް ބުނެފައިވަނީ ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ސިޔާސީ ޕާޓީތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް 75 ޕަސެންޓް މީހުން ބުނެފައިވާ އިރު ޝަރުއީ ދާއިރާގައި ކޮރަޕްޝަންގެ އަމަލުތައް ގިނައިން ހިނގާކަމަށް 69 ޕަސެންޓް މީހުން ބުނެއެވެ.

ޓްރާންސްޕޭރެންސީގެ ސާވޭ އަކީ މަދު ގައުމެއް ފިޔަވާ ކޮންމެ ގައުމަކުން ވެސް 1،000 މީހުންނަށް ވުރެ މަދު ނޫން އަދަދެއް ބައިވެރިކޮށްގެން ކުރާ ސާވޭއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.