ރާއްޖޭގެ ޚަބަރު ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މުސްލިމް ގައުމުތައް ބައިވެރިވެފައިވާ ޖަމިއްޔާ ކަމުގައިވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީސް ރަސްމީކޮށް ހުޅުވީ މިއަދުގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގައެވެ. އެއޮފީސް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާބިތާގެ ބައެއް އިސް ވެރިން ބައިވެރިވެފައިވެއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ "ރާބިތާގެ މަސައްކަތް އަލުން ފެށިގެން މިދަނީ އެއްބަސްވުމެއްގެ ދަށުން،" ކަމަށާއި "އެ އެއްބަސްވުމުގެ ދަށުން ތައުލީމާއި އިޖުތިމާއީ ދާއިރާ އާއި މިސްކިތްތަކާއި ދީނީ އެކި ކަންކަން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް" ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ރާބިތާގެ އޮފީސް މީގެ ކުރިން ރާއްޖޭގައި ހުރިނަމަވެސް އެއޮފީގެ ބޭނުމެއް ނުކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.