ޑރ. އަފްރާޝީމްގެ މަރާއި ގުޅުން ހުރި ބަޔަކު ސޫދާނަށް ފުރައިގެން ގޮސްފައިވާކަމަށް ދޭހަވާގޮތަށް މެމްބަރު މޫސާ މަނިކު މަޖިލީހުގައު ވާހަކަ ދައްކަވައިފިއެވެ،
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ އަފްރާޝިމްގެ މަރާ ބެހޭ ގޮތުން ސުވާލު އުފައްދަވަން އެމްޑީޕީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކާ ބުނެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އެކަމާ ގުޅުން ހުރި ބަޔަކު ސޫދާނަށް ފުރައިގެން ގޮސްފައިވާކަމަށެވެ. "ޑރ އަފްރާޝިމް އަވަހާރަކޮށްލި ރޭގެ ހެނދުނު ފުރައިގެން ދިޔަ މީހުން، ސޫދާނަށް ދިޔަކަމަށް ބުނޭ މީހުން އެއީ ކޮންބައެއްތޯ ބަލަން އެބަޖެހޭ. އަޅުގަނޑާ ދިމާލަށް ވާ ގޮތަށް މިކަން ގެންދާތީ އަޅުގަނޑު ބޭނުން އިސްލާމިކް މިނިސްޓަރު ކީއްވެގެންތޯ ފޯނު ނިވާލައިގެން ރައްކާވީ. އެމީހުންނާ އެކީގައިތޯ ދިޔައީ." ބުނެ މޫސާ މަނިކު ވަނީ ސުވާލު އުފައްދާފައެވެ.
ޑރ އަފްރާޝިމްގެ މަރުގެ މައްސަލައާއި ގުޅުން ހުރި ބަޔަކު ސޫދާނަށް ފުރިކަމަށް ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒުވެސް ވަނީ ބުނެފައެވެ. ރިޔާޒު ބުނެފައިވަނީ "ޑރ. އަފްރާޝީމްގެ ޖަނާޒާ އޮތް ދުވަހު ސޫދާނަށް ދިޔަ މީހުން ބަލަންޖެހޭ"ކަމަށެވެ. އަދ "ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާ އިސްލާމިކް މިނިސްޓްރީ އަށް ގެންދިޔަ ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް ސާފުކުރަންޖެހޭ"ކަމަށެވެ.
ޑރ އަފްރާޝިމް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލާފައިވާއިރު އެކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހުމާމްގެ ބަޔާން ވަނީ ލީކުވެފައެވެ. އެބަޔާނުގައި ހުމާމް ގެ ވާހަކަތަކަށް ބަލާއިރު ޑރ އަފްރާޝިމްގެ މައްސަލަ އިޝާރާތް ކުރަނީ ރީކޯ މޫސާ މަނިކަށާއި އެމްޑީޕީގެ އިސްވެރިންނަށެވެ.
އިއްޔެގެ ޖަލްސާގައި "ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް" ބިލެއް ހުށައެޅުމުން ވަރަށް ފޯރީގައި އެމައުލޫއަށްވެސް މެމްބަރުންވަނީ ވާހަކަ ދައްކަވާފައެވެ.
ޚިޔާލު