ޙައްޖުވެރިން ރަށުން މާލެއަށް އައުމާ ދިއުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ޑިސްކައުންޓް ދޭގޮތައް ހަމަޖައްސައިފިއެވެ.
އައިއޭއެސް އިން ހާމަކުރާ ގޮތުގައި ޙައްޖުވެރިން ރަށުން މާލެއަށް އައުމާ އެނބުރި ރަށަށް ދިއުމަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށެވެ. ޑިސްކައުންޓްގެ އިތުރު ތަފްސީލެއް އަދި އައިއޭއެސް އިން ހާމައެއް ނުކުރެއެވެ.
އައިއޭއެސް އިން ދަނީ ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައިއޭއެސް އިން ވަނީ މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން އެކުންފުނީގެ ފްލައިޓްތަކުން ގެންދިއުމަށް ނިންމާފައެވެ.
ދާދިފަހުން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން އާއެކު ވަނީ ސޮއިކޮށްފައެވެ.
ޚިޔާލު