ރާއްޖޭގެ ޚަބަރު އަޒްލީފް ހައްޔަރުކޮށްފި

އަޒްލީފް ހައްޔަރުކޮށްފި

އަޒްލީފް ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާ ގުޅިގެން އެމައްސަލަ ރޭވި ކަމަށް ތުހުމަތުކުރެވޭ ސިފައިންގެ މީހާ އަޒްލީފް ރައޫފް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިކަން އޮންލައިން ނޫސް ހަވީރަށް މިކަންވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އަޒްލީފް ހައްޔަރުކުރި ދެވަނަ ފަހަރެވެ.

ޑރ. އަފްރާޝީމު އަވަހާރަކޮށްލި ކަމަށް އެއްބަސްވި ހ. ލޮބީ ހުސައިން ހުމާމް، އެކަން ރާވާ ހިންގި ކަމަށް ޝަރީއަތުގައި ނަން ހާމަކޮށްފައިވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާގެ އިތުރުން ސިފައިންގެ މީހާގެ ޕާސްޕޯޓް އިމިގްރޭޝަންއިން މިހާރު ވަނީ ހިފަހައްޓަފައެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ހުމާމް ބުނެފައިވަނީ އަފްރާޝީމް މަރާލީ އޭނާ އާއި ޝާން އާއި މި މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖާ ބައިވެރިވެގެންނެވެ. އަދި އަފްރާޝީމު މަރާލުމުގެ ކަންތައް ރޭވީ އެމައްސަލާގައި ހައްޔަރުކުރި ސިފައިންގެ މީހެއްކަމަށްވާ އަޒުލިފް ރައޫފު ކަމަށާއި އެކަމަށް ފައިސާ ދޭނެކަމަށް ބުނީ އަބުދުﷲ ޖާވިދާއި އޭނާގެ ބޭބެ ޖަނާ ކަމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމު ވަނީ ބުނެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.