ރާއްޖޭގެ ޚަބަރު

'ޒަޔަނިސްޓުންނަށް ނޫނެކޭ' ބުނުމަށް ބާއްވާ މުޒާހަރާ ފެށިއްޖެ (ވަގުތު)

'ޒަޔަނިސްޓުންނަށް ނޫނެކޭ' ބުނުމަށް ބާއްވާ މުޒާހަރާ ފެށިއްޖެ (ވަގުތު)

މުޒާހަރާ ފެށިގެން ކުރިއަށް އެބަދޭ. ވަރަށް ގިނަ އަދަދެއްގެ މުސްލިމު ދިވެހިން ސުނާމީ ބިނާ ކައިރިއަށް އެއްވަމުން އެބަދޭ. މިމުޒާހަރާގައި އަދާލަތު ޕާޓީއާއި ޤައުމީ ޕާޓީ، ޑީއާރުޕީ، ޖުމްހޫރީ ޕާޓީ، ޤައު މީ އިއްތިހާދު އަދި މީގެ އިތުރު މަދަނީ އިއްތިހާދުންވަނީ ބައިވެރިވެފައެވެ.

ފުރަތަމަ ވާހަކަ ދެއްކެވީ އިސްލާމިކް މިނިސްޓާރ އަދި އަދާލަތު ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ޑރ މަޖީދު އެވެ. ޑރ މަޖީދުގެ ވާހަކަފުޅުގައި އިސްލާމް ދީނުގައި ޒަޔަނުސްޓިންނަށް 'ނޫނެކޭ' ބުނަންވީ ސަބަބު ވަނީ ބަޔާން ކޮށްދީފައެވެ.

ޑރ މަޖީދުގެ ވާހަކައަށްފަހު ޑީއާރުޕީގެ ޢިލްމުވެރިންގެ ގޮފީގެ ރައީސް ޑރ އަފްރާޝިމް އަލީ ވަނީ ވާހަކަ ދައްކަވާފައެވެ. ޑރ އަފްރާޝިމްގެ ވާހަކައިގައި 'ޔަހޫދީންގެ އެހީތެރިކަން ދިވެހިންނަށް ބޭނުންނޫންކަމަށެވެ.

ދެން ވާހަކަ ދެއްކެވީ ޤައުމީ ޕާޓީގެ ފަރާތުން ސަންދާނު އަހަންމައިދީއެވެ. އަހަންމައިދީގެ ވާހަކައިގައި މިސަރުކާރުން އިސްލާމް ދިނާއި ދެކޮޅަށް ކުރަމުންދާކަންކަން ވަގުތުން ހުއްޓާލުމަށާއި މިސަރުކާރުގެ ދީނީ ސިޔާސަތު ބަދަލުކުރުމަށް.

ޑރ މައުރޫފް ވާހަކަ ދައްކަވަން ފައްޓަވައިފި. ޑރ މައުރޫފު އަކީ އިސްލާމިކް ރިސާރޗްގެ ފަރާތުން މިމުޒާހަރާގައި ބައިވިރި ބޭފުޅެއް. ޑރ މައުރޫފު ވިދާޅުވީ ޒަޔަނިސްޓު ޑޮކްޓަރުންނާއި ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން ކެރަފާ ނަސީމު ވަރަށް ބޮޑެތި ދޮގުތައް ހެއްދެވިކަމަށާއި ސަރުކަރުން މިކަމަށް ގެންގުޅޭ އުސޫލު ކުށްވެރިކުރާ ކަމަށެވެ. މިމުޒާހަރާގައި ވާހަކަ ދައްކަވަމުން ޑރ މައުރޫފު ވަނީ މިއަދު ވިކިލީކްސް އިން ލީކް ވެފައިވާ ޑޮކިއުމަންޓްއެއް ހިއްސާ ކޮށްފައެވެ. ވިކިލީކްސް އިން ލީކް ކުރި ލިޔުމުގައި އިޒްރޭލާއި ރާއްޖެއާއި ކޮށްފައިވާ އެއްބަސް ވުން ހިމެނެއެވެ. އެއެއްބަސްވުމުގައި ދިވެހިރާއްޖޭގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން އެހީވުމަށްވަނީ އެއްބަސްވެފައި. އަދި އެއެއްބަސްވުމުގައި ހޮލޮކާސްޓު ކިޔަވައިދިނުމަށްވަނި ބުނެފައިކަމަށް ދރ މައުރޫފް ވިދާޅުވި. ނިންމާލަމުން ޑރ މައުރޫފް ވިދާޅުވީ ރައީސް ނަޝީދު އައި އަމިއްލަ ލޮލުން މިތަނަށް އެއްވެފައިވާ މީހުން ބެލުމަށާއި ނުފެންނަނަމަ ޒަޔަނިސްޓު ޔަހޫދީންގެ ކޭމްޕުން ލޮލެއް ޖެހުމަށް އިލްތިމާސް ކުރި.

މިވަގުތު ރާއްޖޭގެ ކަންކޮޅުގައި މިމުޒާހަރާ ކުރިއަށް ދާކަމަށް ދިއިސްލާމް އަށް ހަބަރު ލިބޭ. މިމުޒާހަރާ ކަވަރު ކުރުމަސް ދިއިސްލާމްގެ ޓީމުން މިދަނީ މަސައްކަތް ކުރަމުން. މިމުޒާހަރަ ކަވަރު ކުރުމަށް އިމާރާތެއްގެ މަތިންނާއި މުޒާހަރާގައި ވާހަކަ ދައްކަވާ ބެފުޅުންގެ ކައިރިން ދަނީ ވީޑިއޯ ކުރަމުންނެވެ. އިންޝާﷲ ފަހުން މިމުޒާހަރާގެ ފުލް ވީޑިއޯ ނެރެވޭނެއެވެ.

ޝެއިހް އަލީ ޒާހިރު ވާހަކަ ދައްކަވަން ފައްޓަވައިފި. ޝެއިހްގެ  ވާހަކަފުޅުގައި ޒަޔަނިސްޓުންގެ ނުރައްކާތެރިކަމުގެ ވާހަކަ ވަނީ ދައްކަވާފައި.

ލަންކާގައި ހުންނަވައިގެން ޝެއިހް ބީއޭ ނަސީމު ވަނީ ފޯނުން މުޒާހަރާގެ އެއްވެފައިވާ ރައްޔިތުންނަށް ވަނީ މުހާތަބު ކުރައްވާފައި. ބީއޭ ވިދާޅުވީ މިކަމަށް ދެކޮޅު ހަދާކަމަށާއި ދިވެހިންވެސް އެގޮތައް ތިބުމަށް.

އިންޑިއާގައި ހުންނަވައިގެން ޝެއިހް އިލްޔާސްވެސް ފޯނުން އެއްވެ ތިބި މީހުންނަށް ވާހަކަ ދައްކަވައިފި. ޝެއިހް ވިދާޅުވީ މިކަމުގައި ބައިވެރިވާ ކަމަށާއި ދިވެހި ސަރުކާރުން މިކަން ހުއްޓާލުމަށެވެ.

ޑީއާރުޕީ ނައިބް ލީޑާރ އުމަރު ނަސީރު ވާހަކަ ދައްކަވަނީ. އުމަރުގެ ވާހަކައިގައި ކުރިން ދީން ބަދަލުކުރުމަށް ޔަހޫދީން ނައުގައި އައި ނަމަވެސް މިހާރު އަންނަނީ އެހިވުމުގެ ނަމުގައި ކަމަށާއި ވަގުތުން ވަގުތައް ސަރުކާރުގެ ލާދީނީ އެޖެންޑާ ހުއްޓާލުމަށެވެ.

މަދަނީ އިއްތިހާދުގެ ފަރާތުން ޝެއިހް ދރ ދީދީ ވާހަކަ ދައްކަވައިފި. ޝެއިހްގެ ވާހަކައިގައި މިސަރުން ޒަޔަނިސްޓުންނާއި އެއްކޮޅުވެގެން ހިންގާ ލާދީނީ މަސައްކަތާއި ދެކޮޅަށް މިއޮތީ ސިޔާސީ އިއްތިހާދެއް ހެދިފައިކަމަށާއި މިއިއްތިހާދު ދެމި އޮންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ލާދީނީ ސިޔާސަތައް ދެކޮޅު ހަދާނެކަމަށެވެ.

ޤައުމީ އިއްތިހާދުގެ ފަރާތުން ވާހަކަ ދައްކަވަނީ ތައުފީގް (ޓޯޕީ) އެވެ، އެބޭފުޅާގެ ވާހަކައިގައި މިޤައުމުގައި ޒަޔަނިސްޓުން ވެރިވާން ނޭދޭކަމަށެވެ. ޖަމިއްޔަތުއް

ޖަމިއްޔަތުއް ސަލަފުން ޝެއިހް ފިކުރީ ވާހަކަ ދައްކަވަނީ. ޝެއިހް ގެ ވާހަކައިގައި ޔަހޫދީންނެއް ބޭނުމެއް ނޫންކަމަށާއި މިތަނަށް ގިނަ ބަޔަކު ހާޒިރުވުމަކީ އޭގެ ހެއްކެއް ކަމަށާއި ކަމާއި ބެހޭ ފަރާތަށް މިވަގުތުން މިވަގުތުން ޔަހޫދީ ޑޮކްޓަރުން ބޭރުކުރުމަށް ވަނީ ގޮވާލާފައި. ނަބިއްޔުން ޤަތުލު ކުރި ބަޔަކު ދިވެހިންނަށް ހެޔޮ ނޭދޭނެކަމަށްވެސް ޝެއިހް ވިދާޅުވި..

ޑީއާރުޕީގެ ފަރާތުން މަހްލޫފު ވާހަކަ ދައްކަވަނީ. އެމްއެންބީސީއަސް ގޮވާލި އެފަރާތުން މިކަން ނުދައްކަން ކުރާ މަސައްކަތް ކުށްވެރިކޮށް އެހެން މީޑިއާތަކަސް ވަނީ ޝުކުރު އަދާކޮށްފައި.  މަހްލޫފު ވަނީ ރައީސްގެ ޕްރެސް ސެކެޓްރީ ޒުހައިރު މިތަނަށް އައިސް އެއްވެފައި ތިބި މީހުން ބެލުމަމަށް އައުމަށް ގޮވާލާފަ. ރައީސް ނަޝީދުއަށްވެސް ގޮވާލީ މިތިބީ އެތައް ބަޔަކު އެއްވެފައިކަމަށާއި ރައްޔިތުންގެ އަޑު އެހުމަށް.

ޝެއިހް ޝަހީމު ވާހަކަ ދައްކަވަނީ، ޝަހީމު އަކި މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ވިދާޅުވީ މީގެ ކުރިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސިޓީ ފޮނުވާފައިވާނެކަމަށާއި ރައީސްއަށް މީގެ އެއްއަހަރު ކުރިން އިޒްރޭލުގެ ނުރައްކާތެރިކަމުގެ ވާހަކަ ބަޔާންކޮށް ސިޓީ ފޮނުވާފައިވާނެކަމަށާއި އެހެނަސް އޭގެ އެއްއަހަރު ފަހުން މިފެންނަނީ ދިވެހިން އިޒްރޭލާއި ދެކޮޅަށް އިންތިފާޟާ އިއުލާން ކޮށްފައިވާކަމަށެވެ. މިގެ ކުރިންވެސް އިސްލާމް/ދިވެހި މަޖުބުރު މާއްދާއަކަށް ނެހެދުމަށް އެކި ފަހަރު އިލްތިމާސްކުރުމުން ރައީސް ނަޝީދު އަންގައިފައިވަނީ 'އަނގަމަޑުލައިގެން ހުރުމަށް' ކަމަށެވެ. އަދި އަރަބިއްޔާ މައްސަލަގައިވެސް މިސަރުކާރުން ކަންތައް ކުރާގޮތައް ޝަހީމުވަނި ފާޑުކިޔާފައި. އަރަބިއްޔާ ބަންދުކުރަން ޖެހޭނީ އަޅުގަނޑުމެން ކަތިލާފައިކަމަށް ޝަހީމު ވަނީ ހަރުއަޑުން އަސަރާއި އެކު ވިދާޅުވި. ޝަހީމު ގޮވާލާފައިވަނީ ސީދާ ހަރަކާތައް ނުކުންނަށް ޖެހިދާނެކަމަށާއި މާދަމާ ޒުހައިރުމެން ނުކުމެ ޝަހީމު ރަޖަމް ކުރިއަސް މައްސަލައެއް ނެތް ކަމަށް. މިއީ މިފަދަ މަޤާމެއްގައި މިގޮތައް ދައްކަވާފަހު ވާހަކަ ކަމުގައިވެސް ޝަހިމު ވިދާޅުވީ. އިސްލާމް މާއްދާވެސް އޮޕްޝަން ކޮސްގެން ނުވާނެ ކަމަށާއި އަރަބިއްޔާވެސް އުވާނުލެވެނެކަމަށާއި މައުހަދުވެސް އެނބުރި އަންނަންޖެހޭނެކަމަށްވެސް ވިދާޅުވި.

ޑީއަރުޕީގެ އަލީ އާރިފް ވާހަކަ ދައްކަވަނީ. އިސްލާމް ދީން ހިމާޔަތް ކުރުމަށް ތައްޔާރަށް ތިބިކަމަށް މުސްލުމުންނަށް ޔަގީންކަން ދޭކަމަށާއި ރާއްޖޭގައި އިސްލާމް ދީން ދެމި އޮތުމައް ކުރެވެން އޮތް އެންމެހާ މަސައްކަތް އެންމެ ފަހު ވަގުތައް ޖެހެންދެންވެސް ކުރާނެކަމަށް.

ޑީއާރުޕީގެ ބޭފުޅަކު ވާހަކަ ދައްކަވައިފި. އެބޭފުޅާވެސް ވިދާޅުވީ މަޖިލީހުގައިވެސް އިސްލާމީ ކަންކަމަށް އިސްކަން ދޭނެކަމަށް.

އަދާލަތު ޕާޓީގެ އަސައްދުﷲ ޝާފީ ވާހަކަ ދައްކަވަނީ. އެބޭފުޅާ ވިދާޅުވީ އިޒްރޭލުންނަށް އާއެކޭ ބުނާ މީހުންނަށް ނޫނެކެ ބުނުމަށާއި މަޖިލީހަށް ގޮވާލާފައިވަނީ އިޒްރޭލު މައްސަލަ އަވަހަށް އެޖެންޑާ ކުރުމަސް.

ޝެއިހް ސަމީރު ވާހަކަ ދައްކަވަނީ. ޝެއިހް ގެ ވާހަކަގައި ޔަހޫދީންނަކީ އަޤްސާގައި އަލިފާން ޖެހީ އިޒްރޭލުންކަމަށާއި އެމީހުން ބޭރުކުރުމަށެވެ.

ނިހާނު ވާހަކަ ދައްކަނީ . ނިހާނު ވިދާޅުވީ ސަރުކާރުން ޔަހޫދީންނާއި ބާއްވާ ގުޅުން ނުބޭއްވުމަށް.

ދުއާއިން މުޒާހަރާ ނިންމާލައިފި. މިއެއްވެމުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި.

އިންޝާﷲ ވަރަށް އަވަހަށް މިއެއެއްވުމުގެ ފޯޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރެވޭއެވެ. މިހާހިސާބުން ލައިވް ކަވަރޭޖް ނިމުނީ. އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު..

ގުޅުންހުރި

1 ޚިޔާލު

  1. ވ ބޮޑަށް ޝުކުރިއްޔާ. ދިއިސްލާމަށް، އަދި މުސްލިމް ދިވެހި ރައްޔިތުންނަށް.

Your email address will not be published. Required fields are marked *