ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކޮށްފައިވަނީ ޤާނޫނުއަސާސިއާއި ހިލާފަށް ކަމަށާ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާނެކަމަށް ރައީސް ވަޙީދުގެ ޤައުމީ އިއްތިހާދު ޕާޓީން ބުނެފިއެވެ.
ޤައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅަށް ރިއާޔަތް ކުރެއްވުމަކާއި ނުލާ ސިޔާސީ ޕާޓީތަކުގެ ބިލް ރައީސްއަށް ތަސްދީގު ކުރެއްވުމަށް މަޖުބޫރުވާ ގޮތަށް ފާސްކުރުމަކީ ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއް ކަމަށާއި މިކަމާގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ. އަދި މި ބިލުގައި ސިޔާސި ޕާޓީއެއްގެ އާބާދީ ކަމަށް ކަނޑައަޅާފައިވާ އަދަދަކީ ރިކޯޑް އަދަދެއް ކަމަށާ ދުނިޔޭގެ އެއްވެސްތަނެއްގައި މިފަދަ އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އަދި ބޮޑެތި ޕާޓީތަކުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވީޓީވީ އަށް ދީފައިވާ އިންޓަރވިއުއެއްގައި ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ.ވަހީދު މިއަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނީ އެ ޕާޓީގެ ނަމުގައި ކަމަށާއި ޤައުމީ އިއްތިހާދު ޕާޓީވެސް އުވިގެން ނުދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ނުކުރަށްވާ މަޖިލީހަށް އެބިލް އަނބުރާ ފޮނުއްވާލެއްވީ އެބިލުގައި ގާނޫނު އަސާސީން ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ބާބުގައި ބުނާ ހައްގުތަކެއް އުނިކުރެވިފައިވާ ކަމަށް ބަންޑާރަ ނައިބް ލަފާދެއްވުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ބިލްގައި ބުނެފައިވަނީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކުން އެ އަދަދަށް މެންބަރުން ހަމަކުރަން ލިބޭނީ 3 މަސް ދުވަސް ކަމަށާއި، އެމުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އެޕާޓީއެއް އުވާލެވޭނެ ކަމަށެވެ.

















ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނު އަސާސީން ކޮންމެ ފަރުދަކައްވެސް ލިބިފައިވާ މުތުލަޤު ހައްޤެއް ކަމުގައި މީގެކުރިންވެސް ސުޕްރިމް ކޯޓުން ވަނީ ހުކުމެއް ކުރައްވާފައި، އެއީހާނިމުގެ މައްސަލާގއި ހާނިމު ސިވިލް ސާރްވެންޓެއްގެ ގޮތުގައި ހުރެ ސިޔާސީ ހަރަކާތުގައި ބައިވެރިވެ ސިޔާސީ ހަރަކާތް ހިންގާކަމަށް ބުނެ ކުރެވުނު ދައުވާތަކެއްގައި! ދީނާއި ސިޔާސަތު ވަކިކުރަން އުޅޭ ބަޔެއް މިގޮތައް މިބިލް ފާސްކުރީ، އިސްލާމް ދީނުގައި ކޮންމެ މުސްލިމަކީ ސިޔާސަމީހެއް، ވަކިބަޔެއް ނޫން ސިޔާސަވާންވީޔަކީ، މިބިލުގައި ވާގޮތުން ބޮޑުޕާރްޓީ ސިޔާސަވާންވީ، ކުދި ޕާރްޓީ ސިޔާސަވެގނެއް ނުވޭ!