ރާއްޖޭގެ ޚަބަރު

އަވަސްވެނުގަންނާށެވެ.......

salaam dhiislam artil

ޢަލީ: السلام على من إتبع الهدى ހިދާޔަތުގެ މަގަށް ތަބާވި މީހަކަށް ސަލާމް ހުއްޓެވެ.
ފަހީމް: ކީއްވެ ތިޔަގޮތަށް ސަލާމް ގޮވީ އެންމެ ރަގަޅު ސަލާމް އަކީ السلام عليكم ورحمة الله وبركاته
ޢަލީ: ކިހިނެތް އިންގެނީ ތިއީ މުސްލިމެއްކަން
ފަހީމް: ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތިގޮވިސަލާމަކީ ކާފަރުންނާއި މުސްލިމުން މަސްހުނިވެފައި ތިބިޖަމާއަތަކަށް ގޮވޭސަލާމެއް، ދެން ތިއެކުވެރިއާ އަހަރެންގެ އިސްލާމްކަމާއި މެދު ޝައްކުވާނަމަ އެންމެ ރަންގަޅު ގޮތަކީ އަހަންނާ އިސްވެ ސަލާމްނުގޮވުން، އެހެނީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ "ޔަހޫދީންނާއި ނަސާރާއިންނަށް ތިޔަބައިމީހުން އިސްވެސަލާމް ނުގޮވާށެވެ."
ދެން އަނެއްގޮތަކީ އަހަންނަކީ މުސްލިމެއް ކަމުގައި ބަލާނަމަ ސުންނަތުން އައިސްފައިވާ ރިވެތިސަލާމް އިން ސަލާމް ގޮވާލުން
ޢަލީ: ކޮބާ ގެރެންޓީއަކީ ތިއީ މުސްލިމެއްކަން
ފަހީމް: أشهد أن لاإله إلا الله وأشهد أن محمد رسول الله
ޢަލީ: ނުފުދޭނެ
ފަހީމް: އެއީ ކީއްވެ؟
ޢަލީ: ފަހަރެއްގަ ކަލޭ ޡާޣޫަތަށް ކާފިރުނުވެވޭތީ،
ފަހީމް:ކޮބާ ތިޔަބުނާ ޡާޣޫތުންނަކީ؟ ކިޔާދިނީމައެއް ނޫން އެއެއްޗެއްސަށް ކާފިރުވާން އިންގޭނީ،
ޢަލީ: އިސްލާމީ ޤައުމުތަކުގެ ވެރިން،
ފަހީމް:އޭގެތެރެއިން ކޮންބައެއް؟
ޢަލީ:އެންމެން
ފަހީމް: ހަމައެންމެން!
ޢަލީ: ހހމމމ އެންމެން! އެއްވެސް އިސްތިސްނާއެއްނެތި،
ފަހީމް:އެއީ ކީއްވެ؟
ޢަލީ: އެއޮތީނުން ޤުރުއާނުގައި ﷲގެ ޙުކުމަށް ޙުކުމް ނުކުރާ މީހުންނަކީ ކާފިރުންނޭ، ޤައުމުތަކުގެ ވެރިން ޙުކުމް ކުރަނީ ޤާނޫންތައް ހަދައިގެން އަދިވެސް ﷲ ވަޙީ ކުރެއްވި،" ފަހެ އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ. ޔަޤީން ކުރާ ބަޔަކަށް ﷲ އަށްވުރެން ޙުކުމް ކުރެއްވުމަށް މޮޅީ ފަހެކާކުހެއްޔެވެ." މިގޮތުން އެތަށް ތަނެއްގައި ﷲގެ ޙުކުމަށް ޙުކުމް ނުކުރާމީހުން ދީނުންބޭރުވާނެ ކަން އިންގެއެވެ. އަދި ޢިލްމުވެރިން ވަނީ ޙުއްޖަތް ދައްކަވާފައެވެ. އެގޮތުން ޝައިޚް މުހައްމަދު ބިން ޢަބްދުލް ވައްޙާބު އުޞޫލުއްޘަލާޘާ ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ. ޡާޣޫތުން ވަރަށް ގިނައެވެ. އެތަނުން އެންމެ މަތީގައި ތިބި ފަސް ޡާޣޫތުންގެ ތެރޭގައި ހިމެނޭ ﷲގެ ޙުކުމަށް ޙުކުމް ނުކުރާމީހާ، ﷲ ވަހީ ކުރެއްވިއެވެ. "ޡާޣޫތަށް ކާފިރުވެ ﷲ އީމާންވިމީހާ ދައްނާށެވެ.ފަހެއެމީހާ އެއްމެވަރުގަދަ އަޤީދާގައި ހިފަހައްޓައިފިއެވެ."
ފަހީމް: ސުވާލެއް އެބައޮތް! ﷲގެ ޙުކުމަށް ހުކުމް ނުކުރާމީހާ ކާފިރުވާނެތަ؟
ޢަލީ: ވާނެ
ފަހީމް: ޢިލްމުވެރިންގެ ބަސްފުޅު ތިކަމުގައި ތަފާތު، އިބްނުޢައްބާސް އަދި މުޖާހިދު އަދި ސަލަފުއްޞާލިޙުންގެ ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވަނީ އެއާޔަތްތަކުގައި ބުނެވޭ މާނައަކީ ކުފުރުނޫން ކުފުރެވެ.

ޢައްލާމާ ބިންބާޒް ރަޙިމަހުއްﷲ ވިދާޅުވި ﷲގެ ޙުކުމާޚިލާފަށް ޙުކުމް ކުރާމީހުން 4 ބަޔަކަށް ބެހިގެންދެއެވެ.
1)ހެދޭ ޤާނޫންތަށް ﷲގެ ޙުކުމަށް ވުރެން މަތިވެރިއެއްޗެއް ކަން ޤަބޫލްކޮށްފިމީހާ ވަނީ މިއްލަތުން ބޭރުވެގެންނެވެ.
2) ހެދޭ ޤާނޫން ތަކާއި ﷲގެ ޙުކުމާއި ހަމަހަމަ އެއްޗެއްކަމަށް ޤަބޫލުކުރާމީހަކީ މިއްލަތުން ބޭރުވެފައިވާ މީހެކެވެ
3) ހެދޭ ޤާނޫން ﷲގެ ޙުކުމަށް ވުރެން މޮޅުކަމަށް ޤަބޫލުކުރުމާއެކު ﷲގެ ޙުކުމަށް ވެސް ޙުކުމް ކުރެވިދާނެކަމަށް ޤަބޫލުކުރާ މީހާވެސް ވަނީ މިއްލަތުންބޭރުވެގެނެވެ.
4) ﷲގެ ޙުކުމަކީ  އެއްމެމަތިވެރި ޙުކުމް ކަމުގައި ޤަބޫލުކޮށް އެޙުކުމް ތަކާއި ޚިލާފަށް ކުރެވޭ ޙުކުމަކީ ނަފްސަށް ވެވޭ އަނިޔާއެއްކަން އެންގި ހުރިޙާލުގައި ހަވާނަފްސަށް ތަބާވުމުގެ ސަބަބުން ނުވަތަ ސިޔާސީ ކޮންމެވެސް ބޭނުއްމެއްގައި އަމިއްލަނަފްއިސްކުރިމީހާ މިއްލަތުން ބޭރުނުވާނެއެވެ. ނަމަވެސް އޭނާގެ އީމާންކަން ވަނީ އުނިވެފައެވެ. އެހެންކަމުން މިއީ ކުފުރު ނޫން ކުފުރެކެވެ. އަދި މިއީ އިބްނުޢައްބާސް އަދި މުޖާހިދުގެ ފަދަ ތަފްސީރުޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަދި އަހުލުއްސުއްނާ ވަލް ޖަމާޢާގެ ޢަޤިދާއެވެ. ޚަވާރިޖުންނާއި މުއުތަޒިލީން ގެ އަޤީދާއާ ޚިލާފަށެވެ.

ޢަލީ: އެކަމަކު
ފަހީމް: އެކަމަކު ކީކޭ ؟
އަދި އިތުރަށް ވިސްނޭނެގޮތަށް މިސާލެއް ޖަހާލާނަން،
ﷲގެ ޙުކުމަށް ޙުކުމްނުކުރާ މީހަކީ ކާފިރެކެވެ. މި އާޔަތަކީ ހުރިހާ އެއްމެނަށް އާއްމު އަދި ޝާމިލް އާޔަތެއް، ދެން ކޮންދަލީލެއްގެ މައްޗަށް  ބުރަވެ މި އާޔަތް ވެރިމީހާ އަށް ޚާއްސަކުރީ، ދެން މިސާލަކަށް މީހަކު ތުބުޅި ބާލާފަ އިޒާރު ތަބިކައްޓަށް ވުރެން ތިރިއަށް ބަހައްޓައިފިނަމަ އެމީހަކު ﷲގެ ޙުކުމައްތަށް ޙުކުމް އެކުރީ ނުވަތަ އޭނަގެ ހަވާނަފްސަށްތަށް؟
ޢަލީ:އޭނަގެ ހަވާނަފްސަށް
ފަހީމް: ތިބާ ބުނާގޮތުންނަމަ އޭނައަކީ ކާފިރެއް، ނުވަތަ ޡާޣޫތެއް، އެއީ އޭނަ ޙުކުމް ކުރީ ﷲ ގެ ޙުކުމާ ޚިލާފަށް
އެކަމަކު ބުނަން! އަހުލުއްސުންނާ ވަލް ޖަމާޢާގެ ޢަޤީދާއަކީ އެފަދަމީހުން ބެލެވޭނީ ފާފަވެރިންގެ ގޮތުގައި އިސްވެބަޔާންވި 3 ޝަރުތު ފުރިހަމަނުވާހާ ހިންދެއްގައި
އާއްމުންގެ މީހާ ކާފިރުނުކޮށް ވެރިމީހާ ކާފިރުކުރާނަމަ މިނެކިރުމުގައި ހަމަހަމައެއް ނޫން
ތުބުޅިބާލަފައި ހުރިމީހާ ކާފިރުކުރާނަމަ ވެރިމީހާވެސް ކާފިރުކުރަންޖެހޭނީ
އެކަމަކު ބުނަންތަ! މިހާރު ތިބި ވެރިން ވަރަށްގިނަ ކަންތަކުގައި ދިނާ ޚިލާފަށް ޙުކުމްކުރޭ،. ޢަލީ:
ފަހީމް: އޭގެތެރެއިން މީހަކު ފައިކުރި ތިރިކޮށް، ތުބުޅިބާލާ، ރާބޮއެ، މީހުން މަރާފަ ބޮޑެތި ހުރިހާ ފާފައަކަށް އަރައިގަތީމަ އޭނަ ޙުކުމް އެކުރީ އޭނަގެ ހަވާނަފްސަށް! އޭނަކާފިރުވާނެތަ؟
ޢަލީ:ނަމަވެސް އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު ނަންދެއްވާފައި އެވަނީ އެއީ ޡާޣޫތުން ކަމުގަ،
ފަހީމް: ރަގަޅު އަހަރެމެން ކީރިތިޤުރުއާނުންވެސް ބައެއްޙުކުމް ތަކުގެ ތަފްސީލް ލިބޭ، އެނެއްބައި ޙުކުމްތަކުގެ ތަފްސީލް ލިބެނީ ސުއްނަތުން،

ވައްކަން ކުރާ ފިރިހެންމީހާ އާއި ވައްކަންކުރާ އަންހެންމީހާގެ  އަތް ކަންޑާށެވެ. މިއީ ޖުމްލަގޮތެއްގައި އައިސްގައިވާ ހުކުމެއް، މިޙުކުމްގެ ބޭރުފުށުގެ މާނައަށް ބަލާފަ ޢަމަލްކޮށްފިއްޔާ 2 ނުބަޔަކަށް އަރައިގަނެވެއެވެ.

ފުރަތަމަ ގޮތަކީ އަތް އެއްކޮށް ކެންޑުން އޭރުން ސުއްނަތާ ޚިލާފުވޭ
ދެވަނަގޮތަކީ ވައްކަންކުރާ ކޮންމެމީހަކު އަތް ކެންޑުން، ވައްކަމުގެ ބައެއްބައިތަށް ހިމެނޭ އެމީހެއްގެ އަތްކަންޑަން ނުޖެހޭ،
އެގޮތުން ޝައިޚް މުހައްމަދު ބިން އަބްދުލް ވައްޙާބް ގެ ފޮތުގައި އެވަނީ ވަނީ ޚުލާސާކޮށް މުޖްމަލްކޮށް،އެކަމުގެ ތަފްސީލް ލިބޭނީ ޝަރަޙް އުސޫލުއްޘަލާޘާ ލި މުހައްމަދު ބިން ސާލިހުލްޢުޘައިމީން ރަހިމަހުﷲ، އަދިވެސް މިފޮތުގެ ޝަރަހަ ލިޔުއްވާފަ ތިބި ގިނަ ޢިލްމުވެރިންގެ ފޮތްތަކަށް ރުޖޫޢަވީމަ انشاءالله

ގުޅުންހުރި

4 ޚިޔާލު

  1. މި ލިޔުމުގައި ބުނާ އެއްޗެއް ތަފްސީލްކޮށް އެންގެން ވަރަށް ބޭނުންަ. އަޅުގަނޑަކަށް ނުވިސްނުނު. މިތަނުން ރަނގަޅު ވާހަކަ މިދެއްކީ ކާކު ކަމެއް.

  2. މާޝާﷲ ވަރަށް ފުރިހަމަ ލިޔުމެއް…….

  3. އިބުރަތްތެރި ކޮންވަޒޭޝަން އެށް.

  4. ސުރުހީ އާއި ވަރަށް ގުޅުންހުރި ލިޔުމެށް.

Your email address will not be published. Required fields are marked *