އެޓަރނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓް ކޮށްފައިވާ ޤިޞާޞް ހިފުމުގެ އިޖްރާއީ ޤާނޫނާއިމެދު ޝަރުޢީ ނަޒަރަކުން ބަލައި މުރާޖަޢާ ކުރުމަށްފަހު ފާހަގަ ކުރެވިފައިވާ މައްސަލަތަކާއި އިޞްލާޙުތައް ޖަމްޢިއްޔަތުއްސަލަފުން މިއަދު ފޮނުވައިފިއެވެ.
ދިއިސްލާމްއަށް މަޢުލޫމާތުދެއްވަމުން، ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވީ 37 އިޞްލާޙާއި އެކު ޤިޞާޞް ހިފުމުގެ އިޖްރާއީ ޤާނޫނާއިމެދު ޝަރުޢީ ނަޒަރަކުން ބަލައި މުރާޖަޢާ ކުރުމަށްފަހު ފާހަގަ ކުރެވިފައިވާ މައްސަލަތަކާއި އިޞްލާޙުތައް ޖަމްޢިއްޔަތުއްސަލަފުން މިއަދު ފޮނުވާފައިވާކަމަށާއި ފޮނުވާފައިވާ އިޞްލާޙުގައި ބޮޑަށް އަލި އަޅުވާލާފައިވާނީ އަސާސީ ނުކުތާ ތަކެއްގެ މައްޗަށް ކަމަށެވެ. އަދި މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓް ކޮށްފައިވާ ޤިޞާޞް ހިފުމުގެ އިޖްރާއީ ބިލް، ހަމަ ކުރީގެ ޤާނޫނެކޭ ތަފާތެއް ނެތް ކަމަށް ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ.
މިޤާނޫނުގެ ދަށުން ތަންފީޛުކުރެވޭ ޤިޞާޞްގައި ޤިޞާޞް ހިފުމުގައި ސީދާ ޙަރަކާތްތެރިވެ، ޙުކުމް ތަންފީޛުކުރާ ފަރާތް ނުވަތަ ޖައްލާދާބެހޭ ޤާނޫނު ކަނޑައެޅިފައި އޮތުން މުހިންމު ކަމުގައި މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި މިޤާނޫނުގައި ޤާތިލާއި މަޤްތޫލް އާއި ދެމެދުގައި ”ކުފޫހަމަވުމާ“ ގުޅޭ އެއްވެސް ނުކުތާއެއް ނެތްކަން ޖަމްޢިއްޔަތުއްސަލަފުން ވަނީ ފާހަގަ ކޮށްފައެވެ.
މިއަދު އެޖީއަށް ފޮނުވި އިސްލާޙްތައް ފޮނުވާފައިވަނީ އޭޖީއަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީ އަކާއިވެސް އެކުގައި ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މަޢުލޫމާތުދެއެވެ.

















ޖަމްޢިއްޔަތުއްސަލަފު ބޭފުޅުން ރަނގަޅު ތިހިޔާލުތަށް އެބޭފުޅުން ބަލައިގަންނާނެކަމަށް އުއްމީދުކުރަން އެއީ ތި ޖަމްޢީޔާގައި ތިއްބަވަނީ ވެސް ރާއްޖޭގެ ވަރަށްފުންނާބު އުސް އިލްމުވެރިންކޮޅަކަށް ވާތީ އަޅުގަނޑުމެން ޝައްކެއް ނުކުރަން ތިބޭފުޅުން ފޮނުވާނީ ވަރަށް ދިރާސާކުރުމަށްފަހު ދީނުގައި އެކަމެއް އޮތްގޮތްވަރަށް ތަފްސީލުކުރައްވާފައެވެ.
ކޯޓުން ހުއްދަ ނަގައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެންބުރި ރާއްޖެ އައިސް ތިއެމްބަސީ ތަކުގެ ހިމާޔައް ހޯދައިގެން ތިތަން ތަނަށް ނުވަންނާނެބާ!..؟ ރާއްޖެއިން ބޭރައްގޮސް ތިއެމްބަސީތަކުގެ ހިމާޔަތުގައި ދިރިއުޅުއްވާނީބާ؟ ހަދަން އުޅޭގޮތެއް އަޅުގަޑު ރައްޔިތެއްގެ ހައިސިއްޔަތުން އެގެންބޭނުން، ރާއްޖޭގެ ރައީސުކަން ކުރިމީހަކު ރައްޔިތުންގެ ފައިސާއިން މަހުމުސާރަ ނަންގަވައިގެން އުޅޭއިރުން އުޅޭނޫލޭ ގޮތެއްވެސް ރައްޔިތު މީހާވެސް އެގެން ބޭނުންވާނެ!؟
ޝުކްރަން ސަލަފް
ރަނގަޅު މަސައްކަތެއް… އަދި ތިގޮތަށް ދިރާސާކޮށް ކޮމެންޓުކުރުން ކޮންމެހެން މުހިއްމު އަދި ކޮމެންޓު ނުކުރެވިއްޖެނަމަ އޭގެ ނަތީޖާ ވަރަށް ވަރަށް ނޭދެވޭ ގޮތަކަށް އަންނާނޭ ބިލް ތަކެއްވެސް އެބަހުރި.. ޤާނޫނުލް ޢުޤޫބާތާއި، ހެއްކާބެހޭ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ ބިލަކީވެސް މިހާރު ޑްރާފްޓް ކޮށްފައި އޮތްގޮތުން އޭގައި ޝަރްޢީގޮތުން ބަލައިފިނަމަ ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކުރެވޭނެ ބިލްތަކެއް… ކުޑަ މިސާލެއްވެސް ބުނެލާނަން.. މިހާރުގެ ޤާނޫނުލް ޢުޤޫބާތުގައި ބުނެފައިވާގޮތުން ރަސޫލު (ص) އަށް މަލާމަތްކުރުން ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަމުގައި ދެވޭ އަދަބަކީ ކުޑަ އަދަކުން ޖޫރިމަނާކުރުން.. އެނުކުތާ ފާހަގަ ކުރާންޖެހުނު ސަބަބަކީ މަޖިލިސް މެމްބަރުންގެ އިމްތިޔާޒައް އަރައިފިނަމަ އެމީހެއް ހައެއްކަ މަސްދުވަހަށް ޖަލަށްލެވޭގޮތައް އޮންނައިރު ދީނަށާއި މާތް ރަސޫލާ (ص) އަށް ފުރައްސާރަކުރާމީހަކު 500 އެއްހައި ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ވަރައްބޮޑު މައްސަލައެއް.. މިނޫނަސް ވަރަށްގިނަ މައްސަލަތައް މި ބިލުގައިވެސް އެބަހުރި…