މެމްބަރު ނަޝީދު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ހަދިޔާ ކުރެއްވި ޓީވީތައް | ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ހދ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ކުޅުދުއްފުށީގެ 2 ސްކޫލަކަށް އެހީގެ ގޮތުގައި ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.
ކުޅުދުއްފުށީ އޮންލައިން އިން މަޢުލޫމާތުދޭގޮތުގައި، މިމަހުގެ 5 ވަނަ ދުވަހު މެމްބަރު ނަޝީދު، އެރަށު އަމީރު އަމީން ސްކޫލަށް އޯލް އިން ވަން ޕްރިންޓަރަކާއި ލެޕްޓޮޕެއް ހަދިޔާ ކޮށްފައިވާކަމަށެވެ. މީގެ އިތުރުން މެމްބަރު ނަޝީދު ވަނީ ކުޅުދުއްފުށީ މަލްޓިމީޑިއާ ބޭނުންކޮށްގެން ކިޔަވައިދޭ އަފީފުއްދީން ސްކޫލަށް ވެސް އެހީގެ ގޮތުގައި 43 އިންޗީގެ ސެމްސަންގް އެލްސީޑީ 8 ޓީވީ އެއް ހަދިޔާ ކޮށްފައިވާކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ޣަފޫރު މޫސާ ވެސް 2011 ވަނަ އަހަރުގެ ކުރީ ކޮޅު އަމީރު އަމީން ސްކޫލަށް ފޮޓޯކޮޕީ މެޝިނެއް ހަދިޔާ ކުރައްވާފަ އެވެ.
















ސާބަސް ތިޔަކުރާ ހިތްވަރަށް މާތްﷲ ތިކަމުގައި ތިބާއަށް ބަރަކާތް ލައްވާށި! އާމީން
ސެކިއުލާ ބުރާންޑު މީހަކު 4 އަހަރުފަހުން ކެމްޕޭނަށް ދިން ހަދިޔާއެއް، ދެން މިކަލޭގެ ނުހޮވާތި ރަގަޅު މީހަކު ހޮވާތި،! ކެމްޕޭނަ ދެ ކުކުޅު ބިހާއި ތިން މިރުހާއި، ދެލިބޯ އާއި ދެއަރިމަސް ގެންނަމެމް ބަރުން ނަކީ 4 އަހަރު ފަހުން ރައްޔިތުމީހާގެ ވިންދު އެގޭމީހުންތާ؟