ރާއްޖޭގެ ޚަބަރު

އެމްޑީޕީގެ މުޒާހަރާ ތެރެއިން ދެ ނޫސްވެރިޔަކަށް ހަމަލަދީފި

މީގެ ދެރޭ ކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާގައި އަނިޔާވި ފުލުހުންގެ މީޑިއާ އޮފިޝަލަަކަށް އެހީތެރިވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު
މީގެ ދެރޭ ކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާގައި އަނިޔާވި ފުލުހުންގެ މީޑިއާ އޮފިޝަލަަކަށް އެހީތެރިވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

މީގެ ދެރޭ ކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާގައި އަނިޔާވި ފުލުހުންގެ މީޑިއާ އޮފިޝަލަަކަށް އެހީތެރިވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގެ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް ޕްރެޝަރުކުރުމަށް އެމްޑީޕީން މާލޭގައި ރޭ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ދެ ކެމެރާމަނަކަށް ހަމަލާދީފި އެވެ.

ސުލްހަވެރިކަމާއެކު ފެށި އެމްޑީޕީގެ މުޒާހަރާގައި ހަމަލާދީފައިވަނީ މުޒާޙަރާ ކަވަރު ކުރަމުން ދިޔަ، ފުލުހުންގެ ކެމެރާމަނަކަށާއި ސޯސަން މަގުގައި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ވީޓީވީގެ ކެމެރާމަނަކަށެވެ. ފުލުސް ކެމެރާމަނަށް އަނިޔާވެފައިވަނީ މުޒާހަރާގެ މެދާ ހިސާބުން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކާ އޭގެ ތެރެއިން އެއްޗަކުން ޖެހިގެންނެވެ. އަދި ވީޓީވީގެ ކެމެރާމަނަށް އަނިޔާވެފައިވަނީ އޭނާ ސޯސަން މަގުގައި ހަރަކާތްތެރިވަމުން ދަނިކޮށް މުޒާހަރާގެ ބައިވެރިން އައިސް އޭނާ ގައިގާ ތަޅައިގަނެ މާރާމާރީ ހިންގުމުންނެވެ.

ވީޓީވީގެ ކެމެރާމަނަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނައަށާއި އިތުރު ނޫސްވެރިޔަކަށް މަރުގެ އިންޒާރުދީފައިވާ ކަމަށް ވީޓީވީއިން ބުނެ އެވެ.

ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ގޮސް، މަޖީދީ މަގުން ސޯސަން މަގާ ހިސާބަށް މުޒާހަރާގެ ބައިވެރިން އައި އިރު ވެސް ފެނުނީ ސުލްހަވެރިކޮށެވެ. ނަމަވެސް ސޯސަން މަގާ ހިސާބުން މުޒާހަރާގައި އިސްކޮށް ތިބި ފަރާތްތައް މުޒާހަރާ ދޫކޮށް ދިއުމާ އެކު، ޒުވާން ގްރޫޕެއް މުޒާހަރާ ލީޑްކުރަން ފަށައި މުޒާހަރާ "ހޫނު" ވިއެވެ.

މީގެ ދެރޭ ކުރިން ވެސް ވީޓީވީގެ ނޫސްވެރިއެއްގެ ބޮލުގައި ގަލަކުން ޖަހާފައިވެ އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ކީއްކުރާނީ މިގައުމުގައި ތިބައިގަނޑަކީ ނަސާރާދީނާއި، ބުދިޒަމްއާއި، ޔަހޫދީދީނާއި، އެތީސްޓުންނަށް މިގައުމުގައި ފުރުސަތުދިނުމަށް މަސަތްކަތްކުރަމުންދާބައެއް، ތިބައިގެތެރެއިން ހެއުވިސްނޭ ދިވެހިން ސަލާމަތްވުން އެދެން، ތިމީހުންގެ ރޫހާނީ ލީޑަށް ކަމެއްވާއިރަށް އެންމެފުރަތަމަ ބަޔާންތަށް ނެރޭނީ އެފަދަ ގައުމުތަކުން ކިރިއާވެސް ބޮލުގައި ތެއްކަމެއް ހުރި މީހަކަށް މިކަންތަށް އެނގޭވަރުވެއްޖެ ހަމައެއްލަމައެއް ނޯންނާނެ އިސްކޮށް ތިބޭމީހުންނާއި، ޒުވަނުންނަށް އެމީހުން ހޮނޑައިދޫން އެފެނުނުކަހަލަ ސަރުބަތުދީގެން ނެރޭނީ މިހާރުވެސް ބަލާނިކަން ރޫހާނީ ލީޑަރުވެސް ބޭރުގެ އިންޓަވިއުތަކުގައިވެސް ވަނީ އެއްބަސްވެފައި ގާޒީހައްޔަރުކުރިކަން އެކަން އެއީ ކުރެވުނު ކުށެއްކަމަށް އިއުތިރާފުވެފައި އެކަމަކުވެސް އޭނައަށްއެވަނީ ބަޔަކު ހިމާޔަތްދީފަތާ މިކަމުގެ ފަހަތުގައި ވަރަށްބޮޑު އެޖަންޑާއެއްވާނެ ކޮންމެގޮތެއްވިއަސް އެބަޔަކުރުހޭނީ އެބައިމީހުންގެ ތޭރެއިންވާ ބަޔަކަށްވާތީ………

Your email address will not be published. Required fields are marked *