
ޢަދާލަތު ޕާޓީގެ މެންބަރުން އިތުރުކުރުމުގެ ގޮތުން މާލޭގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫސިޓީ ހިތަދޫގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޢަދާލަތުގެ ހިތަދޫ ގޮފީގެ ވަގުތީ ރައީސް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި މިރޭ 20:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބާއްވާ މި ޖަލްސާގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޭގެ ތެރޭގައި ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އާއި ޕާޓީގެ ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޢަބްދުﷲ މުއްޠަލިބު ހިމެނެ އެވެ.
މި ދަތުރުގައި، އައްޑޫގެ ހުރިހާ ރަށަކަށްވެސް ވަކިވަކިން ޢަދާލަތުގެ ޓީމް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް މެންބަރުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ޝައިޚް އަނީލް ވިދާޅުވި އެވެ.
އެ ގޮތުން، ހޮނިހިރު ދުވަހުގެ ރޭ ހުޅުމީދޫގައި ވެސް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ޢަދާލަތުން ވަނީ ރާވާފަ އެވެ.
ޢަދާލަތުން ހާމަކުރާ ގޮތުގައި، އެޕާޓީގެ ޓީމުގެ އައްޑޫ ދަތުރު ނިންމާލުމަށް ފަހު ފުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ.
ޢަދާލަތު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން، އެ ޕާޓީން ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޕާޓީން ބުނެ އެވެ.
















މާތްﷲގެ ވާގިފުޅާއެކް ތިދަތުރަކީ ކާމިޔާބްދަތުރެއްކަމުގާލައްވާށި……….
އަޅުގަނޑުމެން މިތިބީ އއ. އަތޮޅަށް އަދާލަތު އަންނާނެ އިރެއްގެ އިންތިޒާރުގައި……………