އަދާލަތު ޕާޓީގެ ޙާއްސަ ޖަލްސާ މިރޭ ބާއްވަން ހަމަޖެހިފައިވާކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.
ޢަދާލަތު ޕާޓީއިން ހާމަކުރެއްވިޮ ގޮތުގައި މިޙާއްސަ ޖަލްސާއަކީ ރައްޔިތުން މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓިތަކާއި ބެހޭ ބިލުގައި 10 ހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭގޮތަށް އޮތުމުން، އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ބޮޑު ޖަލްސާއެއް ކަމަށެވެ. އެޕާޓީއިން ހާމަކުރިގޮތުގައި 'އަދާލަތު ޕާޓީގެ މެމްބަރުން އިތުރު ކުރުމުގެ ކެމްޕޭން ލޯންޗް ކުރުމަށް ބާއްވާ ޙާއްސަ ޖަލްސާ މިރޭ 8:45 ގައި ގިޔާސުއްދީން ސްކޫލް ހޯލްގައި އޮންނާނެ"ކަމަށާއި "ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް' އިލްތިމާސް ކުރާ ކަމަށެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ފަސްވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓިއެވެ. މަޖިލިސް އިން ފާސްކޮށްފައިވާ ބިލުގެ ސަބަބުން ޢަދާލަތު ޕާޓީ އުވިދާނެކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.

















ސާބަސް..އަދާލަތް…