ރާއްޖޭގެ ޚަބަރު

މެމްބަރުންގެ މެންދުރުގެ ފަރިއްކޮޅުން ދަގަނޑުކޮޅުތަކެއް ފެނިއްޖެ

މަޖިލިސް މެމްބަރުންނަށް ގެނައި ފަރިއްކޮޅުގައި ހުރިކަމަށް ބުނާ ދަގަނޑު ކޮޅުތައް | ޓުވިޓަރ ފޮޓޯ : ޝިފާޤު މުފީދު
މަޖިލިސް މެމްބަރުންނަށް ގެނައި ފަރިއްކޮޅުގައި ހުރިކަމަށް ބުނާ ދަގަނޑު ކޮޅުތައް | ޓުވިޓަރ ފޮޓޯ : ޝިފާޤު މުފީދު

މަޖިލިސް މެމްބަރުންނަށް ގެނައި ފަރިއްކޮޅުގައި ހުރިކަމަށް ބުނާ ދަގަނޑު ކޮޅުތައް | ޓުވިޓަރ ފޮޓޯ : ޝިފާޤު މުފީދު

މަޖިލިސް މެންބަރުންގެ މިއަދު މެންދުރުގެ ފަރިއްކޮޅުން ދަގަނޑުކޮޅުތަކެއް ފެނިގެން، މެންބަރުން އެކަން މަޖިލީހުގައި ފާހަގަ ކޮށްފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ދެ މެންބަރަކު މިއަދު މެންދުރު ފަރިއްކުޅުއްވި ތަކެތިން ދަގަނޑު ކޮޅާއި ރޭޒަރު ތިލަ ފެނިފައިވާ ކަމަށެވެ. އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމްއާއި ވިލިނގިލީ ދާއިރާގެ މެންބަރު މުޙައްމަދު ރާމިޒު ފަރިއްކުޅުއްވި ތަކެތިން އެތަކެތި ފެނުމާއެކު، މަޖިލީހުގެ މެންބަރުން އެތަކެތި ފަރިއްކުޅުއްވުން ހުއްޓާލައްވާފައިވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ އިމްތިޔާޒްގެ ބިލުގެ ބަހުސް ކުރިއަށް ދަނިކޮށް، ނިޒާމީ ނުކުތާނަންގަވައި މެންބަރުން ވަނީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ރިޔާސަތުން އެ މައްސަލަ ނިޒާމީ މައްސަލައެއްގެ ގޮތުގައި ނުބެލިނަމަވެސް، ކާތަކެތިން ދަގަނޑު ކޮޅުތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ކަށަވަރު ކޮށްދެއްވައެވެ.

މަޖިލީހަށް މީގެ ކުރިން ކޭޓާ ކުރަމުންދިޔަ މުޙައްމަދު ތައުފީގުގެ ބީޗު ކެފޭއިން ގެނައި ތަކެތި ފަރިއްކުޅުއްވައިގެން މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވެސް މީގެ ކުރިން ވަނީ ކާނާ ވިހަވެފައެވެ. އެ މައްސަލާގައި ސައުތު ތައުފީގުގެ ބީޗު ކެފޭއިން މަޖިލީހަށް ކޭޓަ ކުރުން ވަނީ ހުއްޓާލާފަ އެވެ.

ގުޅުންހުރި

13 ޚިޔާލު

  1. ދައުލަތުން ބޮޑު ހޭދަޔެއް ކުރިކަމަ ދައްކައިގެން މެމްބަރުން ޖީބު ބޮޑުކޮށް ފައިސާތަކެއް ނަގަން ވެގް ކުރާ ދަތުރެއް، ކޮންމެހެން 800 މިލިޔަން ޑޮލުރުގެ ކަމެއްގައި ނޫން، ތިދަތުރުގައި ޔާމީނުވެސް ދާނެކަމުގެ ހަބަރުލިބޭ، ޔާމީނާއި ނަޝިދުގެ ސައްލާ ދަތުރެއް، ޔާމީނާއި ނަޝީދު ބޭނުންވަނީ ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން، އެހެންކަމުން ޤާނޫނު އަސާސީ ޔައް ގެންނަން ބޭނޫންވާ އިސްލާހާއި މެދު ސައްލާކުރާނެ ކަމުގެ މައުލޫމާތުވެސް ލިބޭ!

  2. ކާނާގެ ތެރޭގައި ދަގަޑުގެ ބާވަތް ވެސް ހުރޭ، އެއީ މައްސަލައެއް ނޫން، ދަގަޑު އެއީ އިންސާނާގެ ލެޔަށް ވަރަށް މުހިންމު އެއްޗެއް، ދަގަޑައި ނުލައި އިންސާނާ ދުނިޔެއް ނުހުންނާނެ، ދަގަޑަކީ ވަރަށް މުހިންމު އެއްޗެއް!

  3. ބޮޑު މުސާރަ ނަގައިގެން ތިބެ ކޮން ކެއުމަށްތަ މިމީހުން ނިކަމެތި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ކަނީ. ކޮންމެ މެންބަރަކުވެސް އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކާންވާނީ. ރައްޔިތުންގެ ބައިތުލްމާލު ތި ގޮތަށް ލޫޓުވާލުމުގެ އެއްވެސް ހުއްދައެއް މެންބަރުންނަކަށް ނޯންނާނެ. ތީ ކޮރަޕްޝަންގެ ޢަމަލެއް.

  4. ކޮންމެ މެންބަރަކުވެސް މަޖްލިހަށް އަންނައިރު ގެއިން ތަށިބަރި ހިފައިގެން ވަޑައިގަންނަވާ. އޭރުން ތިކަހަލަ ކަންތަކުން ސަލާމަތްވެވޭނީ. ދެން އެހެންނޫނަސް ރައްޔިތުންގެ ނަމުގައި ލޯނުނަގައިގެން އެތަކެތި ތިމާމެންގެ ބަނޑަށް އަޅަން ލަދުގަންނަން ވެސް ޖެހޭނެ

  5. ޢިއްޒަތްތެރިކަމަށް ބުނާ މެންބަރުން ރައްޔިތުންގެ ފައިސާއިން ކެއުން ހުއްޓާލުމަށް ގޮވާލަން. އިންޓަވަލް ގަޑީ ކާން ގެއަށް ދޭ. ނޫނީ ގެއިން ތަށިބަރި ގެނޭ. މާ ޒާތްކޮޅު ބޮޑުވެގެން އުޅޭނެކަމެއްނެތް.

  6. ސަމާވީ ދީންތަކުގައިވެސް އައްޞުރޫރާތުލް ހަމުސު މުހިންމު ފަސްކަމެއް ބަޔާންކޮއްފައިވޭ، އެއީ މުދަލާއި، ނަފުސާއި، އަބުރާއި ނަސްލާއި، ދީނާއި ޢަޤީދާ، މިކަންކަމަށް އަރައި ނުގަތުމަށައި އަރައި ގަތުމަކީ ހަރާން ކަމެއް ކަމށައި މިކަންކަން ހިމާޔައް ކޮއްފައިވާއިރު، މިއަދުގެ ބަޔެއް ޤާނޫނީ މަޖިލިސް ތަކުން މީހުންގެ މުދަލުގެ ހުރުމައްކަންޑާ މުދާ ފޭރިގަތުމަށް ޕރެފެޝަނަލް ގޮތެއްގައި އެކިނަންނަމުގައި ޤާނޫނު ހަދަމުން މީހުންގެ މުދާ ނަހަމަ ގޮތުގައި ކެއުމަށް މިއަދު ޓެކުސްގެ ނަމުގައި ޖިޒިޔަ ނަގާ، ޕެންޝަނުގެ ނަމުގައި ވެސް ޕެންޝަން އޮފީހުން ޖިޒިޔަ ތަކެއް ނަގަމުން މީހުންގެ މުދާ ޤާނޫނުގެ ތެރެއިން ނަހަމަ ގޮތުގައި އެއްބަޔަކު ކަމުން ދާއިރު މިއަދުގެ ފިޤުހު އެކަޑަމީތަކުން މިކަންކަމާއި މެދުވިސްނަނީ ކިހާވަރަކަށްބާ!؟

  7. ދަނގަޑު ވީމަދޯ މައްސަލަ އަކީ،ރަން ނަމަ ހަމަ އޯކޭ.މީހަކަށް ދައްކާވެސް ނުލާ އަވަހަށް ޖީބަށް.ނޫނޭވާ ދަހިބައެއް ތިތިބީ…ދަނގަޑު ފައިސާފޮއްޗެއް ނަމަވެސް ހަމަ ހަބޭސް.

  8. މިހާރު މަޖިލީހުގައި ތިބި ގިނަ މެންބަރުންނަށް ދަގަނޑު ކެވޭނެ. އަދި ޒަހަރުވެސް ބޮވޭނެ، ހޮޑައިދޫ ވައްތަރު އަނެއްކާ ކައިބޮއެ ނުހަދާތި އިނގޭ ތިއީ ޢިއްޒަތްތެރި މެންބަރުން ނެއްނު ނިކަން ނާޒުކުވާނެ.

  9. ތިޔަތަކެތި އަޅާފައި ވާނީ ތިޔަ …. މެމްބަރުންގެ އަމިއްލަ ފުޅު އަތް■ުޅުން ކަމަށްވާނީ

  10. އާއެކެވެ. ދަގަނޑު މިއީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ …ލޮލް…

  11. ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ކެއުމާއި ސައި ނުލިބި، މަޖްލިސް މެމްބަރުންނަށް ލިބުމަކީ އިންސާފުތޯ؟ ޔަގީނުންވެސް ބޭއިންސާފު. ބޭއިންސާފުން ކަންތައް ކުރަން އުޅޭ ނަމަ ތިޔަކަހަލަ ލަނޑުވެސް ލިބޭނެ. ތިޔަކަންތަކާ އަހަރުމެން ދެރައެއް ނުވަމު، އަދިކިއެއްތަ، އުފާކުރަން.

  12. މަ ހަމަ ތާއީދު…އަހަރެމެން އޮފީސް ގަޑީގަ ލަންޗް ނަގަން ޖެހެނީ އަމިއްލަ ޖީބުން ހަރަދު ކޮައްގެން

  13. މިއީ ދޯ އެބުނާ ފަހުޒަމާނުގެ ފިތުނައަކީ. މި އޮތީ ޤިޔާމަތް ކައިރިވެފައި. މި މީހުން އަމިއްލަޔަށް ކުރިކަމެއްހެން ހީވަނީ. އޭރުންތާ އަދާލަތު މީހުންގެ ބޮލުގައެޅުވޭނީ. އިމްރާނުމެން ނިކުމެ އެއުޅެނީ މަޖިލިސް ހަމަޔަކަށް އެޅޫވޭތޯ. ބުނެވޭނެތާ އެއީ އެމީހުންގެ ކަމެކޭ. ހާދަ ބޮޑެތި ފިތުނަތަކެކޭ. ސުބްހާނަ ﷲ. ޔާ ﷲ އަޅަމެންގެ މި ލުބުވެތި ވަޠަން ފިތުނަތަކުން ސަލާމަތްކޮށް ދެއްވަވާފާންދޭވެ.

Your email address will not be published. Required fields are marked *