ރާއްޖޭގައި އިސްލާމިކް ރިސޯޓްތަކެއް ތަރައްޤީ ކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ޤައުމެއް ކަމަށާއި، ރާއްޖޭގައި އިސްލާމިކް ރިސޯޓްތަކެއް ތަރައްޤީ ކުރެވިދާނެ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމިކް ރިސޯޓް ތަކެއް ތަރައްޤީ ކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ އިތުރު ރަހައަކަށް ވާނެ ކަމަށެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަތިބި އިސްލާމިކް ޓުއާ އޮޕަރޭޓަރުން ވެސް. އެހެންވެ މިއީވެސް ރާއްޖޭގެ ޓޫރިޒަމަށް އޮތް ވެލިއު އެޑިޝަނެއް،" އަދީބު ވިދާޅުވި އެވެ.
އަދީބު އިތުރަށް ވިދާޅުވީ ރާއްޖެއަށް ގެންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުންދާއިރު ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ހިމެނޭ ޤައުމުތަކުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވިދާނެ ކަމަށެވެ.

















ހިންގާ ބިންގާ އުޅެވޭނެ ގޮތަކަށް މަގު އަމާން ކުރުމަކީ ދައުލަތުގެ ވާޖިބެއް، ވަލިއްޔުލް އަމުރުގެ މަސްއޫލިއްޔަތެއް، މަސްއޫލިއްޔަތު އަދާނުކުރެވޭ ވެރިން އިސްތިއުފާ ދިނުން މުހިންމު، ސިޓީ ކައުންސިލުން މާލޭގެ މަގުނުބލެހެއްޓޭ މިހާރު މާލޭގެ މަގުތަކަކީ ހިންގާބިންގާ އެއްޗެހި ދުއްވަން އެހާރައްކާތެރި ތަނެއްނޫން، މިމަގުތަކުން މީހުންގެ ފުރާނަޔާއި މުދަލައް ބޮޑެތި ގެއްލުންވަމުން ދާއިރުވެސް ސިޓީ ކައުންސެލާއި ވެރިން ނިދާފައި، ނަފުސާއި މުދަލަކީ ހިމާޔައްކުރަން އިސްލާމް ދީން ފަރުޞު ކުރިކަމެއް، ދައުލަތާއި އިމާމުގެ މަސްޢޫލިއްޔަތެއް!
ތަންކޮޅެއް ކުރިން ޚަބަރު ލިބުނު އިސްލާމިކު ރިސޯތެް ތައްޔާރު ކުރާކަމަށް.. މިހާރު އެކަންތައް ކިހާ ހިސާބަކުތަ އޮތީ..
އަޅުގަޑުމެން ކުރާނެ މުހިންމު ކަންކަން ދަނެގަތުން ބުއްދިވެރި، ނޫރު މިސްކިތުގެ ތެރޭގައި ލިއުން ތަކެއް ބެހެއްޓުމަށް ކުރިހަރަދު އެމިސްކިތުގެ ވުޞޫ ކުރާތަން ބޮޑުކުރަން ހަރަދު ކުރިނަމަ ވުޞޫ ކުރާތަން ބޮޑުވެ މީހުނަށް ލުއިފަސޭހަތަކެއް ލިބޭނެ، މިސްކިތުގައި ޒީނަތް ތެރިކުރަން ލިއުން ބެހެއްޓުމަށް ވުރެން މުހިއްމީ ނަމާދު ކުރަން އަންނަ މީހުނަ އިމާމާއި އެކު ހަރަމްބަން ތަކުބީރު ލިބޭނޭހެން އަވަސްކަމާއި އެކު ވުޞޫކުރެވި ނަމާދުގައި ބައިވެރިވެ ނަމާދު ފުރިހަމަކުރުން!
ފުރުޞަތު އޮތޭ ކިޔާފަ މަޑުން ނުތިބެ އެކަން ތަންފީޒުކުރުމަށް ތަންކޮޅެއް ހަރުދަނާ މަސައްކަތެއްކުރުމަށް ގޮވާލަން. އިޤްތިޞާދު ފުނޑުފުނޑުވެފައިވާ ޔޫރަޕްގެ މީހުން ގަދަކަމުން ގެންނަން އުޅުމުގެ ބަދަލުގައި ފައިސާ ހުރި ޤައުމުތަކާ ދިމާއަށް މިޞްރާބު ޖެހުން މާ ބުއްދިވެރި
ރާއްޖޭގައި ޒުލެއް ނެތިގެންވެސް ބަޔެއް މީހުންއުޅޭ، ﷲ ސުބުހާނަހޫ ވަތަޢާލާ ޖަނަވާރު ތައްވެސް ލައްވަނީ އެތަނެއްގެ ތަބީއަތާއި ގުޅޭ އެއްޗެއް އެތަނެއްގައި ލައްވަނީ، ރާއްޖެޔަކީ އެއްވެސް އިރެއްގައި ޖަނަވާރު އުޅޭތަނެއްނޫން އަދި އެތަކެތި އުޅެވޭނެ ޖާގަވެސް ނެއްތަނެއް، ރާއްޖެޔަކީ ކަންޑުގެ ސަރަހައްދު ބޮޑު ޤައުމެއް ކަންޑުއަޑީގައިވެސް އިންސާނުން ބަލަން ހިއްވާތަކެތި ﷲ ވަނީ ލައްވާފައި، އެހެން ކަމުން ކަންޑުގެ މަސްމަހާމެހި ދައްކާދޭ ތަނެއް ރާއްޖޭގައި ހެދިދާނެ، އޭރުން ޒުލުން ވާފައިދާ އިންސާނުންނަށް ލިބޭނެ، ޒުލައް ޒިޔާރަށް ކުރަނީވެސް ތަކެތި ބެލުމަށް، މިފަދަ ކަންޑުގެ ތަކެތި ދައްކާތަނަކުން ވެސް އެބޭނުން ފުއްދިދާނެ! ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ އެކަމެއްގެ ދިރާސާ އެއްވެސް ހަދައިގެން، ރާއްޖޭގެ ޓުވަރިޒަން އެންމެ ދިމާޔަކަށް ފޯކަސްކުރުމަށް ވުރެން ތަފާތު ދިމަދިމާލުން ވެސް ފޯކަސްކުރުން ބުއްދިވެރި، މަލްޓިކަލްޗާގެ ޓުވަރިޒަމެއް އޮތުން ރަގަޅު، އޭރުން ބޮޑުފައިދާއެއް ކުރާނެ!
ަ އެހެން ވީމާ މީގެ ކުރިން ދިވެހިރާއްޖޭގައި ހުރީކީ އިސްލާމީ ރިޒޯޓު ތަކެށް ނޫންތާ ދޯ.ޢެކަމަކު ތިޔަބުނާ އަދާލަތުން ބުނި(ޝަހީމް)ޕޮރޮފެޝަނަލް ކޮން ހިންގަންޏާ އެއީ ރާގަޅު ކަމެކޭވެ..
ރުސަތު އެބައޮތޭ ކިޔާފަތިބުމަށްވުރެ ރަގަޅީ ސަރުކާރުން އިންވެސްޓަރުންނަށް ހިތްވަރުދީ އެމަގު ފަހިކޮށްދެވޭނެ ގޮތްތަަކަކަށް ކަންތައްތައް ރޭވުން. އޭގެ ފައިދާއަކީ، ހަޤީޤަތުގަ ތިޔަ ތާރިޒަމް އިންޑަސްޓްރީގެ މުސްތަޤުބަލް ސަލާމަތްކުރުން. ޔޫރަޕް މީހުންނަކީ އެމީހުންގެ ނޫސްތައް ކަލާންގެއަށްވުރެ ބޮޑަށް ޤަބޫލޮކުރާ ބައެއް. އޭގައި ކޮންމެފަދަ ވާހަކައެއް ޖެއްސަސް އެމީހުން ޤަބޫލްކުރާނެ. އެހެންވީއިރު އަހަރެމެންގެ ތޫރިޒަމް ހަމައެކަނި އެމީހުންނަށް ޓާގެޓްކުރުމުން ރަގަޅުނޫންކަން ކޮންމެމީހަކަށްވެސް އެގޭނެ.