ރާއްޖޭގެ ޚަބަރު ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔަކު ދަރިފުޅު މަރާލިކަމަށް ބުނާ ވާހަކައިގެ ހަގީގަތް!

ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔަކު ދަރިފުޅު މަރާލިކަމަށް ބުނާ ވާހަކައިގެ ހަގީގަތް!

ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔަކު ދަރިފުޅު މަރާލިކަމަށް ބުނާ ވާހަކައިގެ ހަގީގަތް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

”ވަރަށް މަޝްހޫރު ޢިލްމުވެރިޔަކު ސަޢޫދިއަރަބިއްޔާގެ ރިޔާޟްގައި އޭނާގެ ފަސް އަހަރުގެ ކުޑަ ދަރަފުޅުމަރާލާއިފި“ ޚަބަރު އެކި މީޑައާތަކުގައި ހަލުވިކަމާއެކު ފެތެރެމުންއެބަދެއެވެ. ގިނަ މީޑިއާތަކުގައި އެ މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި މީޑިއާތަކުން ހާމަކޮށްފައި އެއީ ’ދީނީ ޢިލްމުވެރިއެއް‘ ކަމެވެ.

މިޚަބަރާ ގުޅިގެން އަޅުގަނޑުމެން ހޯދާލި ބައެއް ހޯދުން ތަކުން އެމީހަކީ ”ފައިޙާން އަލް ޣާމިދީ“ ނަމަކަށް ކިޔާ މީހެކެވެ. މިޙާދިޘާއާއި ފައިޙާން އަލް ޣާމިދީއާ ގުޅުމެއް ވިޔަސް އަދި ނުވިޔަސް ހާމަކޮށްލަން ބޭނުންވާ ނުކުތާއަކީ އެއީ ”ދީނީ ޢިލްމުވެރިއެއްނޫން“ކަމެވެ. އޭނާއަކީ އޭނާގެ މުޅި ހަޔާތް މަސްތުވާތަކެތީގައި އުޅުނު މީހެކެވެ. ކުޑައިރުން ފެށިގެން މައިންބަފައިން ވަނީ ވަކިވެފައެވެ. ދޮންބައްޕައެއްގެ ކައިރީ އުޅުނު އިރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަށް އަނިޔާއެއް ލިބިފައިވާ މީހެކެވެ. އުމުރުން 9 އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި އުޅުނު މީހެކެވެ.

އޭނާގެ އެންބަނޑު ކޮއްކޮ މުޙަމަދާއި ބައްދަލުވީ ޢުމުރުގެ ޒުވާން ދުވަސްރު ތެރޭގައެވެ. ޢާއިލާ މީހަކު ނުފެނި އެތައް ޒަމާނެއް ދިޔަ ފަހުން ކޮއްކޮ އާއި ބައްދަލުވި އިރު ކޮއްކޮ ދީނުގެ ކަންކަމަށް ދޭ އަހުމިއްޔަތު ފެނުނެވެ. ކޮއްކޮގެ ފަރާތުން ފެނުނު އަޚްލާޤާއި މެދު ހައިރާން ވެފަ ހުއްޓާ ޚަބަރު ލިބުނީ އޭގެ ދެތިން ދުވަސް ފަހުން ހިނގި އެކްސިޑެންޓެއްގައި ކޮއްކޮ ނިޔާވި ޚަބަރެވެ.

އެޚަބަރަށް ފަހު ފައިޙާންގެ ޙަޔާތް ބަދަލު ކުރަން ނިންމިއެވެ. ކުރީގެ އުޅުން ދޫކޮށް އިސްލާޙު ވިއެވެ. އަދި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ވަޒީއާފާއެއް ހޯދިއެވެ. ދުވަސްކޮޅެއްފަހުން ޙަޔާތުގެ ބައިވެރިއެއްވެސް ލިބި ކައިވެނި ކުރިއެވެ.

މިވާހަކައަކީ މިސްރުގެ ނޫހެއް ކަމަށް ވާ ’ސަޙީފަތުލް މަރްޞަދް‘ އަށް ފައިޙާން އޭނަ ޙާޔާތުގައި ކޮށްފައިވާ ތަޖްރިބާ ޙިއްސާކޮށް ދައްކާފައިވާ ވާހަކައިގެ ކުރު ޚުލާސާއެކެވެ.

ޒުވާނުންނަށް ޚާއްސަ ކޮއްގެން ހިންގާ ދީނީ ޗެނަލެއްކަމުގައިވާ ރަވާއިޢުގައި ޒުވާނުން ގޯސް އުޅުން ދޫކޮށް ޢިބްރަތް ލިބިގަތުމަށް ބޭއްވި ތަފާތު ފޯރަމްތަކާއި ޕޮރްގްރާމް ތަކުގައި ފައިހާން ވަނީ ބައިވެރިވެފައެވެ. ބަސްމޮށުންތެރި ވާހަކަ ދެއްކުންތެރި މީހަކަށް ވުމުން ފާއިތުވީ ރަމަޟާން މަހުގައި ވެސް އެޕްރޮގްރާމްތަކުގައި ފައިޙާން ވަނީ ބައިވެރި ވެފައެވެ. އެހެން ކަމުން ޓިވީ ބެލުންތެރިންގެ މަޤްބޫލު ކަން ފައިޙާން ވަނީ ހޯދާފައެވެ.

އެންމެ ފުރަތަމަ ސަޢުދީ ނޫހެއްގައި މިވާހަކަ ހާމަކޮށްފައިވަނީ ޞަޙީފަތު ޢުކާޘް ގައެވެ. އެނޫހުގައި ހާމަކޮށްފައިވާ ފައިދަން އަންހެން ކުއްޖާގެ ބައްޕަ މިހާރުވަނީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގައެވެ. އަދި މިހާ ލާއިންސާނީ ޢަމަލެއް ހިނގާނީ ނަފްސާނީ ގޮތުން ބޮޑު ބައްޔެއްޖެހިފައި ހުރި މީހެއްކަމަށް ޤަބޫލު ކުރާކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ. އެހެން ކަމުން ޓީވީތަކަށާއި ޚާއްސަކޮށް ދީނީ ކަންކަމާއި ގުޅުން ހުރި ޕްރޮގްރާމް ތަކަށް މީހުން އެރުވުމާއި ދަޢުވަތުގެ ކަންކަމުގައި ހުއްދަ ދޭހިނދު މުސްތަޤްބަލުގައި ޘަޤާފީ ގޮތުންނާއި ނަފްސާނީ ގޮތުން މިފަދަ މައްސަލަތަށް ހުންނަ މީހުން ދެނަގަތުން މުހިއްމު ކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ. އެހެނީ އެފަދަ މީހުންނަކީ އެހެން މީހަކަށް އެއްޗެއް ބުނެދިނުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ނުވާތީއެވެ.

މިއީ ނޫސްތަކުގައި ދީނީ ޢިލްމުވެރިއެއްކަމަށް ސިފަކޮށްފައިވާ ފައިހާންގެ ވާހަކައެވެ. ބައެއް ނޫސްތަކުގައި އިސްލާމް ދީނުގެ ތަސައްވަރު ކިލަނބުވާފަދަ ޢިބާރާތްތަކުން މި ޚަބަރު ލިޔެފައި ހުއްޓެވެ.

ނޫސްވެރިން އެމީހުން ކުރާ މަސައްކަތުގައި އަމާނާތެރިވާން ޖެހޭ ބައެކެވެ. ހުޅަނގުގެ މީޑިޔާތަކަށް ބަރޯސާ ވާއިރު، އަރަބި ދުނިޔޭގެ ޚަބަރުތައްވެސް ފުރިހަމައަށް ދިރާސާ ކުރެވޭ ފަދަ ގާބިލް ބަޔަކަށް ނޫސްވެރިން ވާންވެއްޖެއެވެ. ތަނަކުން ފެންނަހާ ޚަބަރެއްގެ ތެދެއް ދޮގެއް ނުބަލާ 'ތަރުޖަމާ'ކޮށްލުމުން އޭގެން ނޭދެވޭ އަސަރުތަކެއް މުޖްތަމައަށް ކުރަމުންދެއެވެ. މިއީ މިއަދު ވިސްނާލަންޖެހިފައިވާ މުހިންމު ނުކުތާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.