ރާއްޖޭގެ ޚަބަރު

ޤުރުއާނާބެހޭ މަރުކަޒުން ހުޅުމީދޫގައި ކޯސްތަކެއް ފަށަނީ

ސ. މީދޫގައި ހުންނަ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް) – ފޮޓޯ : އެސްސީއައިއެސް

ސ. މީދޫގައި ހުންނަ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް) – ފޮޓޯ : އެސްސީއައިއެސް

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން އައްޑޫސިޓީ ހުޅުމީދޫގައި ކޯސްތަކެއް ފެށުމަށް ހަމަޖައްސައިފި އެވެ.

ސ. މީދޫގައި ޤާއިމްކޮށްފައި ހުންނަ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް) ގައި މި މަހު 18 ވަނަ ދުވަހު، ޤުރުއާނާބެހޭ މަރުކަޒުން ފުރަތަމަ ފެށުމަށް ހަމަޖައްސާފައި ވަނީ ސެޓްފިކެޓް ލެވެލް 1 ގެ ޤާރީ ކޯހެވެ. މި ކޯހުގައި ބައިވެރިވުމަށް، 12 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ 15:00 އެވެ. ފޯމް ލިބެން ހުންނާނީ އެސްސީއައިއެސް އަދި ޤުރުއާނާބެހޭ މަރުކަޒުގެ ވެބްސައިޓް [chq.gov.mv] އިންނެވެ.

މި ކޯހުގެ ފީއަކީ 300 ރުފިޔާ އެވެ. ދެމަހަށް ބަހާލައިގެން ވެސް ފީ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ކޯހަށް ބައިވެރިން ހޮވުމަށް ކުރެވޭ އިންޓަވިއު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެސްސީއައިއެސްގަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވަނީ ޤުރުއާނާބެހޭ މަރުކަޒުގެ މުދައްރިސުންނެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ބައެއް ކޯސްތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ފެންވަރުގެ ކޯސްތައް ކަމަށްވާއިރު، އެ ފެންވަރުގެ ކޯސްތަކަށް ވަނުމަށް މަގުފަހިވާނެ ކޯހަކަށް މި ކޯސް ވެގެންދާނެ އެވެ.
އެސްސީއައިއެސް އަކީ ޚާއްޞަކޮށް ހުޅުމީދޫގައި، އާއްމުކޮށް އައްޑޫސިޓީއަށް ހުޅުވާލައިގެން ކީރިތި ޤުރުއާނާއި ދީނީ ޢިލްމު އުގަންނައިދީ ޤައުމީ ފެންވަރުގެ ކޯސްތައް ހިންގުމަށްޓަކައި ސ. މީދޫގައި ޤާއިމުކޮށްފައިވާ މަރުކަޒެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ރަގަޅުކަމެއް

Your email address will not be published. Required fields are marked *