ނޫސްވެރިކަމަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ޒިންމާދާރު ނޫން ނޫސްވެރިން މިދާއިރާއިން އެއްފަރާތައްޖެހި ކަމަށް ގާބިލު އިލްމީ ބޭފުޅުންނަށް ފުރުޞަރު ދިނުމަށް އައްޝައިޚް މުޙައްމަދު ޠައްޔިބު ބިން ޢަބްދުލް ޙަކީމް އެދިވަޑައި ގެންފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޝައިޚް ޠައްޔިބު ވިދާޅުވީ "ބައެއް ނޫސްވެރިންގެ ލިޔުން ތަކުން މުސްލިމް އުންމަތުގެ ވިންދާއި ހާލަތަށް ރިއާޔަތް ކުރެވިފައި ނުވާކަމަށާއި އަރަބި ދުނިޔޭގެ ޚަބަރު ތަކަށް ދިރާސާ ކޮއްފައި ނުވާ"ކަމަށެވެ. ޝައިޚް ޠައްޔިބު އިތުރަށް ވިދާޅުވީ "ނޫސްވެރިން އެމީހުން ކުރާ މަސައްކަތުގައި އަމާނާތެރިވާން ވެއްޖެކަމަށާއި ހުޅަނގުގެ މީޑިޔާތަކަށް ބަރޯސާ ވާއިރު، އަރަބި ދުނިޔޭގެ ޚަބަރުތައްވެސް ފުރިހަމައަށް ދިރާސާ ކުރެވޭ ފަދަ ގާބިލް ބަޔަކަށް ނޫސްވެރިން ވާންވެއްޖެ" ކަމަށެވެ.

















advertisment
ޚިޔާލު