ޒުވާނުންކޮޅެއްގެ އިސްނެގުމަކާއިއެކު، ކ.ހިންމަފުށިގައި އީދުނަމާދު ހުސްބިމެއްގައި ކުރާގޮތައް ހަމަޖައްސައިފިއެވެ.
ހިންމަފުށީ ރަށުކައުންސިލް އިދާރާއިން ދިއިސްލާމަށް މަޢްލޫމާތު ދެއްވި ގޮތުގައި “ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ އެރަށު ބަނދަރު ކައިރީގައި އޮންނަ ޕާކު ސަރަހައްދުގައި” ކަމަށާއި “އެސަރަހައްދުގައި 1500 މީހުންނަށް ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ދާކަމުގައެވެ. ރަށުގެ އާބާދީއަކީ 997 މީހުން ކަމުގައިވީ ނަމަވެސް މިގޮތައް ހަމަޖައްސަން ޖެހެނީ ގިނައަދަދެއްގެ ބިދޭސީން ރަށުގައި ދިރިއުޅެމުން ދާތީއާއި ކައިރި ރިސޯޓްތަކުން މީހުން ނަމާދުކުރުމަށް އަންނާނެތީކަމަށް ކައުންސިލް އިދާރާއިން ހާމަކުރިއެވެ.
އަދި މީގެއިތުރުން މިކަން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމުގައި ވިޔަފާރިވެރިންނާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.
ހިންމަފުށީ އީދު ނަމާދަށް ތައްޔާރުވަމުންދާއިރު އަތޮޅުތަކުގައިވެސް ބޭނުންވާ ބަޔަކަށް ހުސްބިންތަކުގައި ޢީދު ނަމާދު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.


















advertisment
ޚިޔާލު