ރާއްޖޭގެ ޚަބަރު

ރުޤްޔާ ކޯސް ނިންމުމުގެ ޖަލްސާ ބާއްވައިފި

ރުޤްޔާ ކޯސް ނިންމުމުގެ ޖަލްސާގެ ތެރެއިން: ދިއިސްލާމް ފޮޓޯ: ޢަބްދުﷲ ޝަފީޢު

ރުޤްޔާ ކޯސް ނިންމުމުގެ ޖަލްސާގެ ތެރެއިން: ދިއިސްލާމް ފޮޓޯ: ޢަބްދުﷲ ޝަފީޢު

ސްޕިރިޗުއަލް ހީލާސް އޮފް މޯލްޑިވްސް އާއި ޖަމިއްޔަތުލް ބަޔާން ގުޅިގެން ހިންގި ރުޤްޔާ ކޯސް ނިންމުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.
މާފަންނު މަދަރުސާގައި ރޭ 8:30 ގައި ބޭއްވި މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޝެއިޚް ޑރ އިޔާޟް ޢަބްދުއްލަޠީފު އެވެ. މިދިޔަމަހު 22ހުން ފެށިގެން މިމަހު 21ހަށް ހިންގި މިކޯހަކީ ރުޤްޔާ ޝަރުޢިއްޔާ (ހުއްދަ ފަންޑިތަ) ދަސްކޮށް ދިނުމަށް ހިންގައިފައިވާ ކޯހެކެވެ. ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވައިފައިވާ މިކޯހުގައި 74 މީހުން ބައިވެރިވެ ދަސްވެނިމި ހަނދާނީ ލިޔުންވަނީ ހާސިލް ކޮށްފައެވެ.

މިކޯސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއްކަމުގައިވާ އަޖްނާދު އަލީ ދިއިސްލާމްއަށް މައުލޫމާތު ދެއްވި ގޮތުގައި "މިކޯހަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު" ކަމަށާއި "ކުރިއަށް އޮތްތާނގައިވެސް މިފަދަ ކޯސްތައް ބާއްވާނެ"ކަމަށެވެ.

މި ކޯހުގައި ލެކްޗަރަރ އިންގެ ގޮތުގައި ކިޔަވައި ދެއްވާފައިވާ ބޭފުޅުންނަކީ އައްޝެއިޚް މުޙަންމަދު ލަޠީފު، ޑރ އިޔާޟް ޢަބްދުއްލަޠީފު، އައްޝެއިޚް ހުސައިން ޢަބްދުﷲ ސަޢީދު، އައްޝެއިޚް އިލްޔާސް ޖަމާލު އަދި އައްޝެއިޚް މުޙަންމަދު ޠައްޔިބު ޢަބްދުލްޙަކީމެވެ. އަދި އަމަލީގޮތުން ތަމްރީން ދެއްވާފައިވަނީ ރުޤްޔާ ކުރުމުގައި ތަޖުރިބާކާރު ރާޤީން ކަމަށްވާ އައްރާޤީ އަޖްނާދު ޢަލީ، އައްރާޤީ މުޙަންމަދު މަޒީދު، އައްރާޤީ އަޙްމަދު ފައިސަލް، އަދި އައްރާޤީ އަޙްމަދު ޞަބާހްއެވެ.

މިކޯހުގެ މީޑިއާޕާރޓްނަރަކީ ދިއިސްލާމްއެވެ، އަދި އޮންލައިން ޕާރޓްނަރަކީ މައިތިރި ޑޮޓްކޮމްއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *