ރާއްޖޭގެ ޚަބަރުވިޔަފާރި

ފޭސްބުކްގައި ކުޑަކުދިންގެ ހެދުންވިއްކާ ފިހާރައެއް ހުޅުވައިފި

ކިޑްސް ޗޮއިސް ފޭސްބުކް ޕޭޖްގެ ސްރީން ޝޮޓެއް

"ކިޑްސް ޗޮއިސް" ގެނަމުގައި އޮންލައިންކޮށް ކުޑަކުދިންގެ ހެދުން ވިއްކާ ފިޚާރައެއް ފޭސްބުކްގައި ހުޅުވައިފިއެވެ. މި ޕޭޖްގައި (https://www.facebook.com/KidsChoice1) ދެ ޖިންސުގެ ކުޑަކުދިންނާއި ގުޅޭ ތަފާތު ސައިޒްގެ ހެދުންތަކުގެ ފޮޓޯތަށް ފެންނަ ގޮތައް ހެދިފައިވެއެވެ. "ކިޑްސް ޗޮއިސް" ގެ މަޞްއޫލުވެރިޔަކު މަޢޫލޫމާތު ދެއްވި ގޮތުގައި އެބޭފުޅުންގެ އަމާޒަކީ ވީހާވެސް އަގުހެޔޮކޮށް ކުޑަކުދިންގެ ހެދުން ކަސްޓަމަރުންނަށް ލިބޭނެގޮތް ފަހި ކޮއްދިނުމެވެ. މިގޮތުން މިހާރުވެސް "ކިޑްސް ޗޮއިސް" ގައި ހުރި ގިނަ ހެދުންތަކުގެ އަގުތަށް ބާޒަރުގެ އަގުތަކާއި އަޅާކިޔާއިރު %50 އަގުހެޔޮވާނެ ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

"ކިޑްސް ޗޮއިސް" އިން ކުޑަކުދިންގެ ހެދުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފޭސްބުކުގައި ހެދިފައިވާ ޕޭޖުގައި ކޮމެންޓު ކުރެއްވުމުން ނުވަތަ 7431000 އަށް ގުޅުއްވުމުން ބޭނުންފުޅުވާ ހެދުމެއް ބައްލަވައި ގަނަވޭނެ އިންތިޒާމުވަނީ ހަމަ ޖެހިފައެވެ. އަދި ބައްލަވައިގަންނަ ކޮންމެ އައިޓަމެއްވެސް ހިލޭ ޑެލިވަރީ ކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް "ކިޑްސް ޗޮއިސް" އިން މަޢޫލޫމަތު ދެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ސަޅި އިސްތިހާރެއް!!!!!

  2. އަތޮޅުތެރޭގެ މީހުން ތަކެތި ގަތުމުން. އެ ފޯރުކޮށްދިނުން ހަމަޖެހިފައިވަނީ ކޮން ގޮތަކަށް؟

  3. އާޗާ! ސަޅި އިނގޭ!

  4. ރާއްޖެއިން ބޭރުގަ ހުރި ފަރާތެއްނަމަވެސް ޑެލިވަރީ ހމަ ހިލޭތޯ އޮށްނަނީ

Your email address will not be published. Required fields are marked *