މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަމްޢިއްޔަތުލް ބަޔާންގެ އިފްތިތާޙީ ޖަލްސާ ފަސްކޮށްފި އެވެ.
އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، މިރޭގެ ޖަލްސާ ފަސްކުރީ ވިއްސާރަވުމުގެ ސަބަބުންނެވެ. އަދި އަވަސް މުސްތަޤްބަލެއްގައި، މި ޖަލްސާ ބާއްވާނެ ތާރީޚެއް އިޢުލާން ކުރާނެ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެ އެވެ.
ޖަމިއްޔަތުލް ބަޔާން އަކީ 31 ޖުލައި 2012 ގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާގެ މަޤްސަދަކީ “އިސްލާމް ދީނަށް ނަސްރު ދިނުން” ކަމަށާއި ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ޖަމިއްޔަތުލް ބަޔާން އިން ބުނެ އެވެ.

















ޖަމުއްޔާއެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން. އިސްލާމް ދީނުގެ މިޒަމާނުގެ ބޮޑެތި އިލްމުވެރިން ދީނީ ޖަމުއްޔާ ތައް ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނާއިރުވެސް މިތާ ހަމަ ޖަމުއްޔާތައް ހަދަމުން ދަނީ. އިންސާނީ ތަބީއަތުގައި ހިޒްބެއް ހަދައިފިނަމަ އެ ހިޒްބަކަށް ނަސްރުދޭނެ. ނިކަން ދެކި ބަލަ އަދާލާތު ، ސަލަފް،އިސްލާމިކް ފައުންޑޭސަން މިބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ޖެހިފަ ތިބި ވަރު. އަދި ބައެއް މީހުން އެޔަށް ތަހައްސުބް ވެފަހުރިވަރު. ޖަމުއްޔާ ހެދުމަކީ ރާއްޖޭގައި ދީނީ ދައުވަތު ދޭން ވަރަށް ފަސޭހަ ކަމެއް. ނަމަވެސް ޖަމުއްޔާ އިސްތިހާރު ނުކޮއް ޖަމުއްޔާއެއް މުއާމަލާތު ކުރާ އެއްޗެއް ގޮތުގައި ބޭނުން ކުރެވިދާނެ. އޭރުން ތަން ކޮޅެއް ފިތުނަ ކުޑަވާނެ. މިސާލަކަށް ދަރުސް އެއްދޭއިރު ޖަމުއްޔާ ބޭނުން ކޮއްގެން ހުއްދަ ނެގުން. ދެން ޖަމުއްޔާ ގެ ބޮޑު ފޮޓޯއެއް ފަހަތުގައި ބަހައްޓާ އަދި ބަޔަކު ޖަމުއްޔާގެ ޓީސާޓް ލާ.. އަހަރެން މިހެންް ފާޑު ކިޔާއިރު. މިރާއްޖޭގެ ދީނީ ޖަމުއްޔާތަކުން ކޮއްފައި ވައި ހިދުމަތާ ގާތް ކުރާ ވަރަށް ކީއްތޯ އެއްކަމެއް ވެސް ނުކުރަން. ނަމަވެސް މިޔަދު އެކުރި ހިދުމަތުގެ ސަބަބުން ޖަމުއްޔާއެއް ދެކެ ވާން ނުޖެހޭ ލޯބި ބަޔަކު ޖަމުއްޔާ ދެކެ ވުން އެއީ ވަރަށް ބޮޑު މައްސަލައެއް. މަޒްހަބް ތައްވެސް އުފެދިފައި ހުރީ މިކަހަލަ ގޮތަކަށް ބޮޑެތި ސާލިހް އިލްމުވެރިން ދެކެ ވާން ނުޖެހޭވަރަށް ލޯބިވެވިގެން. ސަލާމް. އާދަމް ވަހީދު