ރާއްޖޭގެ ޚަބަރު

ފޯނުގެ ޛަރީޢާއިން ދީނީ ސުވާލުކުރުމުގެ ފުރުޞަތު މުސްލިމުންގެ ގުޅުން ޖަމްޢިއްޔާގެ ފަރާތުން ހުޅުވާލައިފި

ޢާއްމުންގެ ހިތުގައި ދީނީ ގޮތުން އުފެދޭ ސުވާލު ކުރުމުގެ ފުރުޞަތު މުސްލިމުންގެ ގުޅުން ޖަމްޢިއްޔާގެ ފަރާތުން ހުޅުވާލައިފިއެވެ.

މުސްލިމުންގެ ގުޅުމުގެ ފަރާތުން ޝެއިޚް އަލީ ޒާހިރު ދިއިސްލާމްއަށް މައުލޫމާތު ދެއްވިގޮތުގައި ކޮންމެ ހޯމަ ދުވަހެއްގެ ރޭ 9:00 ން 10:00 އާ ދެމެދު ހުޅުވާލެވިފައިވާ ދީނީ ސުވާލު ކުރުމުގެ ޕްރޮގްރާމްގައި ސުވާލުތަކަށް ޖަވާބު ދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް ކަމަށާއި އަދި ބަޔެއް ފަހަރު އެހެން ޝައިޚުންވެސް ޖަވާބު ދެއްވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.

މި ޕްރޮގްރާމުގައި ސުވާލު ކުރެވޭނީ ފޯނުގެ ޛަރީޢާއިން ކަމަށާއި ސުވާލު ކުރެއްވުމަށް 3326780 އާ ގުޅުއްވުމަށާއި ވަޤުތު ތަންދިން މިންވަރަކުން ވީހާވެސް ގިނަ ބޭފުޅުންނަށް ފުރުޞަތު ދެއްވާނެކަމަށް ވެސް އެފަރާތުން މަޢުލޫމާތުދެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މެސެޖުކޮށްގެން ސުވާލު ކުރެވޭނެނަމަ ގިނަ މީހުންނަށް ބައިވެރިވެވޭ

  2. މެސެޖު ކުރެވޭނަމަ ވަރށް ރަގަލުވީސް…

Your email address will not be published. Required fields are marked *