ރާއްޖޭގެ ޚަބަރު

ރ.ކިނޮޅަހު މަސްޖިދުލް ހުދާ ގައި ފެން އިސްކޫރުބަރިޔަކާއި ފާޚާނާ އެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ރ.ކިނޮޅަހު މަސްޖިދުލް ހުދާ ގައި ފެން އިސްކޫރުބަރިޔަކާއި ފާޚާނާ އެއް އެޅުމާއި އަދި ބަޔެއް މަރާމާތު ގެ މަސައްކަތް ކުރުމަށް އިއްޔެ ކޮންޓްރެކްޓްގައި ސޮއިކޮށް ބަޔަކާ ހަވާލުކޮށްފައެވެ.

އިއްޔެ މެންދުރު ކިނޮޅަހު ކިއުންސިލް އިދާރާގައި އޮތް ރަސްމިޔާތުގައި ކިނޮޅަހު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިންނެވެ. އަދި މަސައްކަތް ހަވާލުވި ފަރާތުން ސޮއިކުރެއްވީ ޢަބްދުއް ސައްތާރު ޔޫސުފެވެ. މި މިސްކިތުގައި ފެން އިސްކޫރުބަރިޔަކާއި ފާޚާނާގެ އިތުރުން މިސްކިތުގައި ހަލާކުވެފައިވާ ދޮރުތައް ބަދަލުކުރުމާއި ފެންޑާގައި ހަލާކުވެފައިވާ މުށިތައް ބަދަލު ކުރުން އަދި މިސްކިތުގެ ކުލަ އާ ކުރުން މި މަސައްކަތުގައި ކުރެވޭނެ ކަމަށާއި 20 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރިމެންޓް ކުރެވިފައިވާ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެކަމަށް ކައުންސިލުން މަޢުލޫމާތުދިނެވެ.

ކިނޮޅަހު ބަނދަރާއި ކައިރީގައި ހުންނަ މަސްޖިދުލް ހުދާގައި ފެން އިސްކޫރުބަރިޔަކާއި ފާޚާނާއެއް ނެތުމުގެ ޝަކުވާ ގިނަ ބަޔަކު ކުރާ ކަމަށާއި މިކަމަށް ކުރެވުނު މަސައްކަތުގެ ސަބަބުން މިކަން ކުރެވިގެންދާތީ އެކަމާ އުފާވެލައްވާކަމެއް ކަމުގައި ރައީސް އަޙްމަދު ވިދާޅުވިއެވެ. ކިނޮޅަހު ހުކުރު މިސްކިތް ( މަސްޖިދުލް ފުރްޤާން) ގެ ބަޔެއް މަރާމާތުގެ މަސައްކަތް ކުރުމަށް ވަނީ އާދީއްތަ ދުވަހު ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދާއި އެކު އެއްބަސްވުމެއގައި ސޮއިކޮއްފައެވެ.

މިފަހަރު މަސްޖިދުލް ފުރްޤާންގެ މަރާމާތުގެ ތެރޭގައި މިސްކިތުގެ ކުލަ އާ ކުރުމާއި ހޮޅިބުރީގެ ބަދަލުގައި ޑައުންލައިޓް ހަރުކުރުމާއި ފެންޑާގައި ހަލާކުވެފައި ހުރި މުށި ބަދަލު ކުރުމާއި އިސްކޫރުބަރީގެ ސީލިންގ ބޯޑަރ ހަރުކުރުމަށް މަޢުލޫމާތު ލިބިފައިވެއެވެ.

15 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރީމެންޓް ކުރެވިފައިވާ މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިއަންނަ ހަފުތާގެ ތެރޭގައި ފެށޭނެކަމަށް ޖަމްޢިއްޔާގެ ރައީސް ނައުފަލް ޢަބްދުލް ހަންނާނު ވިދާޅުވިއެވެ. މި ދެމަސައްކަތުގެ އަގު 241270 ދިވެހި ރުފިޔާއަށް އަރާކަމަށާއި މިއީ އިސްލާމިކް މިނިސްޓްރީގެ މިސްކިތް ފަންޑުގެ އެހީގައި ކުރެވޭ މަސައްކަތެއް ކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތުދިނެވެ.

މިސްކިތް ފަންޑުގެ އެހީގެ ދަށުން މިދިޔަ ރަމަޟާން މަހުގެ ކުރިން ، މަސްޖިދުލް ފުރްޤާންގެ ސައުންޑް ސިސްޓަމް ވަނީ ރަނގަޅުކުރިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ތިޔަމިސްކިތުގައި ފެންއިސްކުރުބަރިއެއް ހެދިޔަސް ބޭނުން ކުރެވޭނެބާއޭ ހިތައްއަރާ. ސަބަބަކީ މިހާރުވެސް މިސްކިތުވަޅުގެ ފެންލޮނުކަމުން ވުޟޫކުރީމަ މޫނުން ދިލަނަގާ. އިސްކުރުބަރިލާފަ މޯޓަރުން ފެންނަގަންފެށީމަ ފެންނަގާމިންވަރު މިހާރަށްވުރެ %200 އިތުރުވާނެ. ދެންހާލަކީކޮބާ؟ މިކަމަށް ރަށުކައުންސިލުންނާއި ރައްޔިތުން ވިސްނާނެކަމަށް ހީކުރަށް. ދީލަތި އެހީއެއްގެ ދަށުން ފެންލިބުނަސް އެފެންފޮދު ފޫނެތް ފަޔަކަށް ފުރާލުމަކީ ފޫނުބެދޭވަރުގެ ގެއްލުމެއް.

  2. މަރުހަބާ.
    ކިނޮޅަހަކީ އަހަރެމެން ވަރަށް ދާހިއްވާ ރަށެއް. ތީ ރަނގަޅު ބަޔަކު އުޅޭ ރަށެއްކަން އޮތީ ވަރަށް ބޮޑަށް އިވިފައި.

Your email address will not be published. Required fields are marked *