ރާއްޖޭގެ ޚަބަރުވިޔަފާރި

ބަދަލުތަކާ އެކު ދިރާގުގެ އާ ވެބްސައީޓް ލޯންޗުކޮށްފި

 

މިދިޔަ އަންގާރަ ދުވަހު އާ ބަދަލުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް(ދިރާގު)ގެ އާ ވެބް ސައިޓް ތަޢާރަފް ކޮށްފިއެވެ.

މިފަހަރު މި ތަޢާރަފް ކުރި ވެބް ސައިޓް ގައި ދިރާގު ގެ ބިލްތަކަށް ރަށުގައި ހުރެގެން ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ވެބްސައިޓް މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޯލްޑް ކާޑާއި އެމެކްސް ގްރީން ކާޑުގެ އިތުރަށް ވިސާ ޑެބިޓްކާޑުން އަދި ބޭރުގެ ބައިނަލްއަޤްވާމީ ބޭންކްތަކުގެ ވިސާ ކާޑާއި އެމެރިކަން އެކްޕްރެސް ކާޑުންވެސް މި ވެބް ސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.

އަދި މި ސައިޓްގައި ދިރާގުގެ ކަސްޓަމަރުންނަށް އެކިއެކި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މީހާގެ އަމިއްލަ ޕްރްފައިލް ހެދޭނެކަމަށާއި ދިރާގުން ދޭ އެކިއެކި ޕެކޭޖްތަކުގެ ހިލޭ ނަންބަރު އަމިއްލައަށް ބަދަލު ކުރުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބޭނެކަމަށް ވެސް ދިރާގުން މަޢުލޫމާތު ދެއެވެ.

ކަސްޓަމަރުންނަށް ތަފާތު ގިނަ މަޢުލޫމާތު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ސައިޓް އިނގިރޭސި ބަހުން ވީ ނަމަވެސް އަވަސް މުސްތަޤްބަލެއްގައި ދިވެހި ބަހުން ވެސް ނެރޭނެކަމަށް ދިރާގުން ބުނެއެވެ.
މިސައިޓްގެ އެޑްރެހަކީ www.dhiraagu.com.mv އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިހާރު ތިސައިޓު މޮޅުކޮއްލިކޮއްލީނުންގޮސް ތިޔަށް ވަންނަން ގަޑިއެއްހާއިރު، އެންމެ ފުރުތަމަ އިންޓަނެޓު އަތްފޯރާފަށައް ގެންނަންވީނުން ސަޅިނުކަނޑާ، ބޭރުޤައުމުތަކުގައި ހައިސްޕީޑް އިންޓަނެޓު ރާއްޖެއައްވުރެން މާއަގުހެޔޮކޮން ލިބޭ.

Your email address will not be published. Required fields are marked *