ރާއްޖޭގެ ޚަބަރު

ހާމަ މައިދާނެއްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޑރ. މަޖީދު މަސައްކަތް ކުރެއްވި: ޝައިޚް ޢިޔާޟު

މިދިޔަ އާދީއްތަ ދުވަހު މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް - އިމާމްވެ ނަމާދު ކުރެއްވީ ޝައިޚް ޢިޔާޟް – ދިއިސްލާމް ފޮޓޯ

މިދިޔަ އާދީއްތަ ދުވަހު މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް - އިމާމްވެ ނަމާދު ކުރެއްވީ ޝައިޚް ޢިޔާޟް – ދިއިސްލާމް ފޮޓޯ

ހާމަ މައިދާނެއްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރީގެ ސަރުކާރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ މަސައްކަތް ކުރެއްވި ކަމަށް ޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ.

މައިދާނެއްގައި ޢީދު ނަމާދު ކުރުމަށް ކުރީގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ޝައިޚް ޢިޔާޟަށް ލިބިފައިވޭތޯ، "ރާއްޖެއިސްލާމް.ކޮމް" ގެ ސުވާލާއި ޖަވާބު ސެކްޝަންގައި ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޝައިޚް ވިދާޅުވީ މީގެ ދެއަހަރެއް ކުރިން ޢީދު ނަމާދު މައިދާނެއްގައި ކުރުމުގެ މަސައްކަތް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. މަޖީދު ކުރެއްވިކަން އެނގިފައިވާ ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ ވެރިޔަކަށް އޭރު ހުންނެވި އަލްއުސްތާޛު ޢާޠިފް ޖަލީލު ވަނީ އެކަން ޝައިޚަށް ކަށަވަރުކޮށްދެއްވާފައި ކަމަށް ޝައިޚް ޢިޔާޟް ވިދާޅުވި އެވެ.
ޝައިޚް ވިދާޅުވީ ޢީދު ނަމާދު މައިދާނެއްގައި ކުރުމަށްޓަކައި މާފަންނު ސްޓޭޑިއަމް ހޯދުމަށް، މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ސަރަނގު އާދަމް މަނިކަށް ޑރ. މަޖީދު ސިޓީ އަކުން ދެންނެވި ކަމަށް ޢާޠިފް މަޢޫލޫމާތު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް، އާދަމް މަނިކު ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދަމެވެ. ވީމާ، ތިބޭފުޅުންވެސް ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހައްދަވާށެވެ" މިހެން ކަމުގައި ޢާތިފާ ޙަވާލާދީ ޝައިޚް ޢިޔާޟް ވިދާޅުވި އެވެ.

ނަމަވެސް، އާދަމް މަނިކު ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަންމެން ބޮޑުބެރު ޖަހަން އިސްލާމީ މަރުކަޒަކަށް ނުދަމެވެ. ވީމާ، ތިބޭފުޅުންވެސް ދީނީ ކަންތައްތައް ކުރެއްވުމަށް ސްޓޭޑިއަމަށް ވަޑައިގަންނަވަން ނުހައްދަވާށެވެ" މިހެން ކަމުގައި ޢާތިފާ ޙަވާލާދީ ޝައިޚް ޢިޔާޟް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ މަޝްހޫރު ދާޢީ ޑރ. ޒާކިރު ނައިކުގެ ދަރުސް ބޭއްވުމަށް މާފަންނު ސްޓޭޑިއަމް ދިނުމާ ދެކޮޅަށް އޭރުގެ ޔޫތު މިނިސްޓަރ ޙަސަން ލަޠީފާއި މާލޭ މުނިސިޕަލްޓީގެ އޭރުގެ ރައީސް ސަރަނގު އާދަމް މަނިކު ވަނީ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ނަމަވެސް، ޑރ. މަޖީދު ދޫނުދެއްވާ ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ފަހުން އެ ފަރާތްތަކުން ވަނީ އެ އިވެންޓް ބޭއްވުމަށް ސްޓޭޑިއަމް ދިނުމަށް އެއްބަސްވެފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި އިމާމްވެ ނަމާދު ކުރެއްވީ ޝައިޚް ޢިޔާޟް އެވެ.

ގުޅުންހުރި

19 ޚިޔާލު

  1. މި އާޓިކަލް ކިޔާލުމުން ސަރަނގު އާދަމް މަނިކަށާއި ޙަސަން ލަތީފަށް ދީނީކަންކަން އެއްގޮތަކަށްވެސް ނޭގޭކަން ހާމަވެގެން ހިގައްޖެ.

  2. ނޭނގެނީކީ ނޫން.. ހިސާބަށްވުރެ ނުބައި ނުލަފައީ ހަމަ.. ޖާހިލުކަން ވަކި ވަރަކަށްވުރެ ބޮޑުވީމަ ވިސްނާކަށް ބޭނުމެއްވެސްނުވާނެ..

  3. އަދި ކިރިޔާ ތިއެގުނީ، މިބައިމީހުންގެ ފެންވަރު… މާކުރިންވެސް މިއީ ކޮންބައެއްކަން އެގޭ؟ އިސްލާމްދީނުގެ އަދުއްވުނަށް ވާގޮތް ފެނެއެއްނު، އެހެންވީމާ އެތިބީ ވެރިކަމުމުން ބޭރުކޮށްފަ ދެން ތެޅިތެޅި ތިބޭ… އިސްލާމީ މަރުކަޒުގަ ބޮޑުބެރުޖަހާ ނާޗަރަގީއެއް ދުވަހަކަކުވެސް ނުކުޅުޅެވޭނެ އެކަމަކު ސުޓޭޑިއަމްތަކުގައި ޢީދު ނަމާދު، ހުކުރު ނަމާދު ކުރުމުގެ އިތުރުން ދަރުސްތަށްވެސް ބާއްވާނެ ‘އިންޝާ ﷲ’ ކެއްވަންޏާ ބަލަންތިބޭ! ކެއްނުނުވަންޏާ ގައުމުންބޭރުވޭ؟.. ބަލަގަ މިއީ އިސްލާމީ ގައުމެއްކަން އަދިވެސް މި މޮޔައިންނަށް ނޭންގެނީތަ (ހުރި ނުބައި ނުލަފާކަން ބަލާބަލަ)

  4. ސަރަނގު އާދަމްމަނިކަކީ ޒިންދީޤެއް! އިސްލާމްދީނުގެ ދުޝްމަނެއް!!!

  5. ސުބުޙާނަﷲ. ސަރަނގު އާދަމް މަނިކު ދެއްވާފައިވާ އެޖަވާބަށް މަގޭ ސަލާމް ފަށްފަށުން ބުނަމެވެ. މިވަރުގެ މީހުން ރައްޔިތުންގެ ވެރިންގެ ގޮތުގައި ތިބެން ހެޔޮނުވާނެ އެވެ.

  6. އެމީހަކު ކުރިކަމެއް އެމީހަކަށް އެކަހަލަ މީހުނަށް ދެވަނަ ފުރުސަތެއް ނުދީވޭތޯ ގަދައަޅައި މަސައްކަތް ކޮށްދެއްވާ….
    އީދުގެ އެއުފާވެރި ޖަމާއަތާށް ހާޒިރުވި އެއްމެތަކުންނަށް މަރުހަބާއާއި ޝުކުރު ހައްގު، އެއީ އިސްލާމީ ދިދަ އާއިގެން މިގައުމާއި އެކު ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނުމަށް ކަމަރު ބަނދެގެން ތިބި ދަރިންނަކީ އަދި، މަންޒިލް ގެއްލިފަ ތިބި އަޚުންނާއި އުޚްތުން އަލުން އިސްލާމީ ދިދައިގެ ހިޔާވަހިކަމަށް ގެނެސް ކަމާލުކުރާނެ މުޖާހިދުންނަކީ، ވީމާ އަދި ކިރިޔާ މިފެށުނީ މުސްތަގްބަލަށްޓަކައި ފިސާރި ކެރިގެން ސާބިތުކަމާއިއެކު ނުގުޑާއަޒުމެއްގައި އަތާއަތް ގުޅައިލައިގެން ތިބުމަށް އެއްމެލޮބުވެތި ކަލުންނާއި ކަނބަލުންގެ ކިބައިން އެދެން….

  7. ﷲއަށް ޙަމްދުހުރި. އަދި ރަސޫލާ ޟޢވ އަށް ޟަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. ކޮންމެމީހަކުވެސް މަރުވުމުން އެމީހަކު ވާންބޭނުންވާނީ ފުރިހަމަ މުއުމިނަކަށް ކަމީ ކަށަވަރުކަމެކެވެ. ވީއިރު ބިންމަތީގައި ލިބޭ ވަގުތީ އުފަލެއް ހާސިލްކުރުމަށްޓަކައި އިސްލާމްދީން ހަލާކުކޮށް ދީނަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކީ ފަހެ ކާކުތޯއެވެ. ހައްދަވައި ގެންގުޅުއްވާ އިލާހް. އަޅަމެން އެންމެންނަށް އިބަﷲއަށް ބިރުވެތިވުމުގެ ތައުފީޤްދެއްވާށި. ފުރިހަމަ މުއުމިނެއްގެ ގޮތުގައިމެނުވީ އަޅަމެންގެ މަރު ނުގަންނަވާށި. އާމީން.

  8. އޭރު މަޖީދު ހުރިއިރު މާލޭ ސިޓީ ކައުންސިލުން ނުދިން ބިންތައް މިހާރު ޝަހީމު ހުއްޓާ ހަމަ އެ މާލޭ ސިޓީ ކައުންސިލުން ދޭކަމީ އަރަތެއް. ހަފްތާގެ ބޮޑު ޖޯކް. ކަން ކަން ނިންމާނީ ކައުންސިލް ޖަލްސާގެ އަގުލަބިއްޔަތުން.އެކަމަކު ސިޓީގައި ސޮއި ކުރާނީ ރަޢީސް. އެވަރުވެސް ނުދަންނަން ދެއްތޯ؟

  9. މި ގޮތަށް ފަސް ކޮނެގެން ފިތުނަ ފަސާދަ އުފެއްދުން ނޫން ދެން ކޮން ކަމެއް މި ކުރެވެނީ؟ ސަރަނގު އާދަމް މަނިކު ދީފައިވާ ޖަވާބު ދިފާޢުކުރަނީކީއެއް ނޫން. އޭނާ ދީފައި އެ ވަނީ ވަރަށް ވެސް ޖާހިލު ޖަވާބެއް. މިފަދަ ޚަބަރުތައް މިހާރު ގެނެސްގެން އެއްބަޔަކު އަނެއް ބަޔަކާ ޖެހުން ނޫން ކަމެއް ވާނެހެނެއް ހިއެއް ނުވޭ. ކޮންމެންޓްތައް ކިޔާލީމާ ވެސް ފިތުނަ އުފެދިފައިވާ މިންވަރު އެބަ ދޭހަވޭ. ބަޔަކު މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށްވުރެ ހަނު ތިބުން ވެސް މާ އައުލާކަން ބޮޑު ވާނެ ކަމަށް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުން އެނގެނީ. މި ކަމާ ވިސްނަންވެއްޖެ. ޚާއްޞަކޮށް މިކަހަލަ ދީނީ ނޫސް މަޖައްލާ ފަދަ ތަންތަނުން. މިއީ ހިތުގެ އަޑިން ބުނާ ހެޔޮ ބަހެއްގެ ގޮތުގައި ޤަބޫލުކުރަން ވަރަށް ބޮޑަށް އެދެން ޒާތީ ވުމުގެ ބަދަލުގައި.

  10. ޢީދު ނަމާދުގައި ރަސޫލާ މިންބަރެއް ބޭނުނ ކުރެއްވިކަން އެނގިފައެއް ނެތް، ދެން ތިކުރެވުމީ ބިދުޢަކަމެއް ނުންތޯ؟؟؟؟

  11. ކޮމެންޓް ކުރައްވާ ލޮބުވެތި އަޚުންނާއި އުޚުތުން ، މީސްމީހުނަށް އެއްޗެހިނުކިޔާ އެމީސްމީހުން ދީނުން ބޭރުނުކޮށް އެމީސްމީހުނަށް ހިދާޔަތް ދައްކަވާތޯ ދުޢާކުރައްވާ. މިއީ ރަސޫލާ ދެއްކެވި ނަމޫނާއަކީ ،އެނަމޫނާއިން ބޭރުވާ ކޮންމެ މީހަކީ އެސިފައަކުން ސިފަލިބިގެންވާމީހެއްކަމަށް ޢިލްމުވެިރން ވިދާޅުވެފައިވއެވެ. އަޅުގަނޑު ދެކޭގޮތުގައި މީހަކަށް ޒިންދީޤެކޭ ބުނެފިކަމަށްވާނަމަ އެބުނި މީހަކުވާނީ ޒިންދީޤަކަށެވެ ވީމާ ތައުބާ ވެލައްވާ އަދި އެފަދުގެ ކޮމެންޓްތައް ޝާއިޢުކުރައްވާ ބޭފުޅުންވެސް ދިއިސްލާމް މިސައީޓްގައި ޝާއިޢު ނުކުރެއްވުން އެދެން ނޫނީ ތިބޭފުޅުންވެސް މިކަމުގަިއި ޝާމިލުވެ ދީނަށް ހުތުރުބަސް ބުނާމީހުންގެ ތެރޭގައި ވެދާނެކަމުގެ ބިރު ހީވެއެވެ.
    ތިކުރވޭ ކޮންމެ ކޮމެންޓަކީ ދީނުންބޭރުވެ ތިބެ ކުރެވޭ ސިޔާސީ ކޮމެންޓް ތަކެއް ކަމަށް ބަލަން

  12. ޑރ. މަޖީދަކީ ތިޔަޒާތުގެ ޗެލެންޖު ކުރެވޭވަރުގެ ގަޓުހުރިމީހެއްނޫ

  13. ޑރ. މަޖީދު އެކަމަށް މަސައްކަތް ކުރައްވާނެކަން އަޅުގަޑު އޭރޔވެސް ޤަބޫލްކުރީމެވެ. ހިތާމައަކީ، މަޖީދަށް އޭރުވެސް ރަގަޅު ފަޅިއަކީ ކޮބައިކަން އެގިވަޑައި ނުގަތުމެވެ.

  14. ޝެއިޚް ޢިޔާޟްއަކީ ވަރަށް ހަރުދަނާ ބޭފުޅެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިފަދަ ކަންތައްތައް އޭރުގެ މިނިސްޓަރ ޑރ. މަޖީދުމެންވެސް ރައްޔިތުންނާ ހިއްސާނުކުރުމުން އޭރުގެ ސަރުކާރާ އެބޭފުޅުންނާ އެއްގޮތް ކުރެވުނެވެ. ނަމަވެސް އޭރުވެސް މިކަންތައްތައް އާންމުންނަށް ހާމަކޯށްދެވުނު ނަމަ ރައްޔިތުންގެ އިތުބާރު އެބޭފުޅުންނަށް ލިބުނީހެވެ. ޝެއިޚް ޢިޔާޟް އަދި ޝެއިޚް ޝަހީމް ފަދަ ބޭފުޅުން މިސާލަކަށް ބައްލަވައިގެން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ފަސްނުޖެހުމަށް އެންމެހާ ޒިންމާދާރު ފަރާތްތަކަށް ގޮވާލަމެވެ. ވެރިަކަމަކީ ﷲ ދެއްވާ އެއްޗެކެވެ. އެވެރިކަން ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިންނެވެ. އަދި ދެމިއޮންނަނީވެސް ރައްޔިތުންގެ އަތްމަތީގައެވެ. ވީމާ، ހަގީގަތް ހާމަކުރުމަށް ފަސްނުޖެހޭށެވެ.

  15. ބަލަގަ އައްޔާ … އޭރު ބިން ނުދޭން ދެއްކިހާ ބާރެއްދެކީ ޔޫތުމިނިސްޓަރާ އާދަން މަނިކާ ދެމީހުން… ސްޓޭޑިއަކަކީ ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ތަނެއް…. ޔޫތު މިނިސްޓަރު މިފަހަރު ހުރީ ސްޓޭޑިއަމްގައި ނަމާދުކުރާގޮތަށް… އަނެއް ޔޫތު މިނިސްޓަރުވެސް ޢީދު ނަމާދުގެ ބޮޑުޖަމާޢަތުގައި ބައިވެރިވި… ދެން ސަރަގު އާދަން މަދިކަށް ދެއްކޭނީ ކޮންގަދެއް…

  16. ކޮއްކޯ އަލީ ރަނގަޅަށް ހޭލައިގެން ދެލޯ ފޮހެލާފަ އާރޓިކަލް ކިޔާލަބަލަ! މާލޭ ސިޓީ ކައުންސިލްގެ ވާހަކަ ދެއްކީ ކާކުތަ؟ މާލޭ މުނިސިޕަލްޓީއޭ ލިޔެފަ އެއޮތީ!

  17. ހުސައިން ތިހެން ތިބުނީ ކިހާވަރަކަށް ބަލާފަތަ؟ އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢީދު ނަމާދަށް މިންބަރެއް ބޭނުންނުކުރައްވާކަން ޔަޤީންވީމަތަ؟ އަދި ޞަޙާބީން ކަންތައް ކުރެއްވި ގޮތްތައްވެސް ދިރާސާ ކޮށްފަތަ؟ ބައެއްމީހުން ހިތުން ވަރަށް މޮޅެތި ވާހަކަ ކަމަށް ހަދާފަ ދެއްކެނީ ތާކުން ތާކު ނުޖެހޭ ސޭކު ވާހަކަ.

  18. އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ މުނާފިޤުންގެ މިފަދަ ވާހަކަ ތަކަކީ އަބަދުވެސް އިވިއިވި ހުންނަ ވާހަކަތެއް. އެހެންވީމާ ހާހެއްވާނެކަމެއްނެތް. ދީނައިގެން އަހަރެމެން ކުރިއަށްދާން މަސައްކަތް ކުރާވަރަކަށް ﷲ މަގު ދައްކަވާނެ. އިންޝާﷲ.

  19. އައްޑޫ ސިޓީގައި މިކަން ކުރަން މީގެ ދެއަހަރު ކުރިން އުޅުމުން ޝޭހް ޝަހީމް ހުއްދަ ނުދިނީ

Your email address will not be published. Required fields are marked *