ރާއްޖޭގެ ޚަބަރު

ދޮންދޫނި ލިޓްލް ލާނަރސް ޕްރީސްކޫލްގެ ފަރާތުން މިފަހަރު ޢީދު ފާހަގަ ކުރުން ކުޑަކުދިންގެ ބަގީޗާގައި

ދޮންދޫލި ލިޓްލް ލާނަރސް ޕްރީސްކޫލްގެ ފަރާތުން ފިޠުރު ޢީދު 1433 ފާހަގަކުރުން - އިވެންޓް ޕޯސްޓަރ : ޒިކުރު ޑިޒައިންސް

ދޮންދޫލި ލިޓްލް ލާނަރސް ޕްރީސްކޫލްގެ ފަރާތުން ފިޠުރު ޢީދު 1433 ފާހަގަކުރުން - އިވެންޓް ޕޯސްޓަރ : ޒިކުރު ޑިޒައިންސް

މާލޭގައި ހިންގަމުންދާ ދޮންދޫނި ލިޓްލް ލާނަރސް ޕްރީސްކޫލްގެ ފަރާތުން 1433 ވަނަ އަހަރުގެ ފިޠުރު ޢީދު ވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖައްސައި އެކަމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އެބަދެ އެވެ.
އެ ސްކޫލުން ހާމަކުރާ ގޮތުގައި މި ފަހަރު ޢީދު ފާހަގަކުރުމަށްޓަކައި ކުޑަކުދިންނަށް ޚާއްޞަކޮށް ބާއްވާ ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނީ މިއަދު 16:00 ން 18:00 ށް ކުޑަކުދިންގެ ބަގީޗާގަ އެވެ. މި ކުޅިވަރުތަކުގައި ބައިވެރިވުމަށް ކުޑަކުދިންގެ ބަގީޗާ އަށް ވަނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ވެސް އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.
މީގެ ކުރިން ޓިއުޝަން ކުލާހެއްގެ ގޮތުގައި ހިންގަމުން ދިޔަ އިރު ވެސް ދޮންދޫނި ލިޓްލް ލާނަރސްގެ ފަރާތުން ކޮންމެ އަހަރެއްގައި ވެސް ކުލަގަދަ ގޮތެއްގައި މުސްލިމުންގެ ދެޢީދު ފާހަގަކުރެ އެވެ.
މިއީ ދޮންދޫނި ލިޓްލް ލާނަރސް ޕްރީސްކޫލަކަށް ބަދަލުވުމަށް ފަހު ޢީދު ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ދޮންދޫނި ލިޓްލް ލާނަރސް ޕްރީސްކޫލްގެ ޕްރިންސިޕަލް އައްޝައިޚު ޙަސަން މޫސާ ފިކުރީ ވިދާޅުވެފައި ވަނީ ޢީދުގެ އުފާ ފަޅުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގާ ޙަރަކާތްތައް ރާއްޖޭގައި ޢީދު ދުވަހު ވަރަށް މަދުން ނޫނީ ނުބާއްވާ ކަމަށެވެ. އަދި ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި މިފަދަ ދީނީ ޝިޢާރުތައް ފާޅުކުރުމަކީ ދަރިވަރުންގެ ހިތުގައި ދީނީ ރޫޙު އާލާވެ، ދީނަށް ލޯހުޅުވައިދޭ ކަމެއް ކަމަށާއި، ހުރިހާ ސްކޫލަކުންވެސް މިފަދަ ޙަރަކާތްތައް ބޭއްވުމަށް އެދޭ ކަމަށް ޝައިޚް ފިކުރީ ވަނީ ވިދާޅުވެފަ އެވެ.
ދޮންދޫނި ލިޓްލް ލާނަރސްގެ ޚާއްޞަ ކަމަކީ އެ ސްކޫލަކީ ތުއްތުކުދިންނަށް އިސްލާމީ މަތިވެރި އުޞޫލްތަކުގެ ތެރޭގައި ކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ކިޔަވައިދެމުންދާ ތަނަކަށް ވުމެވެ. އެ ސްކޫލްގެ މުޤައްރަރުގައި ތުއްތުކުދިންނަށް ޢަރަބި ބަސް ކިޔަވައިދިނުމުގެ އިތުރުން، ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމާއި އިސްލާމީ އަދަބުތައް ވެސް ހިމަނާފައިވެ އެވެ. އެ ސްކޫލްގެ ކިޔަވައިދިނުމުގެ ފެންވަރު ވަރަށް ރަނގަޅު ކަމުގައި ބެލެނިވެރިން ފާހަގަކުރެ އެވެ.

ގުޅުންހުރި

5 ޚިޔާލު

  1. މިފަދަ އިސްލާމީ ޕުރީ ސްކޫލް ތައް ވެސް މިރާއްޖޭގައި އިތުރު ކުރުމަށް ގޮވާލަމުން، ހުރިހާ ކުދިންނަށް ޢީދު މުބާރަކު، ޢީދު ސަލާމް!

  2. ހަގީގަތުގާވެސް ތި ސްކޫލާދޭތެރޭ ފަހްރުވެރިވޭ ޝޭޙް ފިކްރީއަށް މާތްﷲ ހެޔޮދަރުމައާއި ސަވާބް މިންވަރުކުރަށްވާށި އަދި އެސްކޫލްގެ ލޮބްވެތި ޓީޗަރުންވެސް މި ދުޢާ ގާ ސާމިލްކުރަން ……….

  3. އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވެސް އީދު ދުވަސް ފަހަގަ ކުރި..

  4. ސްނޭކް އެންޑް ލެޑާރސް ފަދަ ޑައިސް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކަކީ އިސްލާމްދީނުގައި ހަރާމް ކުޅިވަރު… ހައްލަކީ ޢިލްމު.

  5. من لعب بالنردشير ، فكأنما صبغ يده في لحم خنزير ودمه

Your email address will not be published. Required fields are marked *