ރާއްޖޭގެ ޚަބަރު

ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކުގައި ބޭއްވި ޤުރުއާން މުބާރާތުގެ އެއްވަނަ އިނާމަކަށް ޢުމްރާ ދަތުރެއް

ފައިސަލް ފައުންޑޭޝަންގެ ފަރާތުން ބޭއްވި "ފުވައްމުލަކު ޤުރުއާން ކިޔެވުމުގެ މުބާރާތް-3" ގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : ފައިސަލް ފައުންޑޭޝަން

ފައިސަލް ފައުންޑޭޝަންގެ ފަރާތުން ބޭއްވި "ފުވައްމުލަކު ޤުރުއާން ކިޔެވުމުގެ މުބާރާތް-3" ގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : ފައިސަލް ފައުންޑޭޝަން

ޏ. ފުވައްމުލަކުގައި ހިންގާ ފައިސަލް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން "ފުވައްމުލަކު ޤުރުއާން ކިޔެވުމުގެ މުބާރާތް-3" ބާއްވައިފި އެވެ.

އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ޙާފިޡް އަޙްމަދު ސްކޫލްގެ ހޯލުގައި ބޭއްވި މި މުބާރާތުގެ އެއްވަނަ އަށް ހޮވޭ ބައިވެރިއަކަށް ހުށަހަޅާފައިވާ އިނާމަކީ ޢުމްރާ ދަތުރެކެވެ.

މި މުބާރާތުގެ މަޤްޞަދަކީ ފުވައްމުލަކު ދަރިންގެ ހިތްތަކުގައި ކީރިތި ޤުރާއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ރުހޫ އާލާކޮށް ދިރުވުން ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.

މުބާރާތް ޝަރަފުވެރި ކޮށްދެއްވި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ފައިސަލް ފައުންޑޭޝަނުން ދަނީ ފުވައްމުލަކުގެ ތަރައްޤީ އާއި ކުރިއެރުމަށް ޚާއްޞަކޮށް ދީނީ ކަންތައްތަކަށް އިސްކަމެއް ދީގެން ހަރަކާތްތައް ހިންގަމުންނެވެ.
މި ފަހަރުގެ މުބާރާތުގައި ފުވައްމުލަކުން އެކި އުމުރުގެ 197 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުބާރާތް އިތުރަށް ފުޅާކުރުމުގެ ގޮތުން ދެކުނުގެ 4 އަތޮޅަށް ހުޅުވާލަން ހަމަޖައްސާފައިވާ ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ، ގައުމީ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާފައިވާ އަލްޤާރީ އަލީ ވަޙީދާއި، އަލްޤާރީ ހުސެއިން ރަޝީދު އަދި އަލްޤާރީ މުހައްމަދު ވަޙީދު އެވެ.

މުބާރާތުގެ ނަތީޒާ ފާޅުކުރަން ހަމަޖައްސާފައި ވަނީ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަމަށް ފައިސަލް ފައުންޑޭޝަނުން ހާމަކުރެ އެވެ.

 

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށްރަގަޅު ކަމެއް.

Your email address will not be published. Required fields are marked *