"ދިއިސްލާމް" މަޖައްލާ އޮންލައިންކޮށް ކިޔޭނެ ގޮތް މިއަދު ހަދައިފި އެވެ.
"ދިއިސްލާމް" މީޑިއާ ގްރޫޕްގެ މެނޭޖްމަންޓުން ބުނި ގޮތުގައި އޮންލައިންކޮށް ކިޔޭނެ ގޮތް ހަދާފައިވަނީ "ދިއިސްލާމް" މަޖައްލާގެ 1 ވަނަ ޢަދަދުން ފެށިގެން 12 ވަނަ ޢަދަދާ ހަމައަށެވެ. އެ މަޖައްލާގެ މިހާތަނަށް 13 ޢަދަދު ވަނީ ނެރެފަ އެވެ.
"ދިއިސްލާމް" މަޖައްލާ އޮންލައިންކޮށް ވިދާޅުވުމަށް :
www.dhiislam.com/magazine
ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މި މަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގައެވެ.
މި މަޖައްލާގެ އަގަކީ 15 ރުފިޔާއެވެ. މިމަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

















ވަރަ■■■■ށް ފުރިހަމަ….
ދިއިސްލާމު މެގަޒިންއަކީ ހިއްވަރާއި އެކު މަސައްކަތްކުރާބައެއްކަމަށް އަޅުގަނޑުދެކެން. ތިގޮތުގައި ވަކިފަރާތަކައްނުޖެހި ތެދުވެރިކަމުގައި ދެމިތިބުމަށް ގޮވާލަން… ނަމަވެސް އިސްލާހީ ފިޔަވަޅުތައް އެބަހުރި
http://www.youtube.com/watch?feature=endscreen&NR=1&v=TsCT7GaR82k
ޒިންމާދާރު އިސްލާމިކް ނޫސްވެރިކަމެއް ކުރަންޏާ ހުރިހާ ކޮޅެއްވވެސް އެނގެން އެބަޖެހެއެވެ. އަންނިގެ ޙަޤީޤަތް އެކަންޏެއއް ނޫނެވެ… މުނާފިގުންގެ އަޒުމާއި ޓާގެޓަކީވެސް އަންނިއާ އެކަށްޗެއްކަން ދެނެގަތުމަށް މިލިންކުތައް އެކަނިވެސް ފުދެއެވެ.
ޔިފީ… ސުކުރިއްޔާ..
މީ ދިއިސްލާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް!
އަދިވެސް މިމަހުގެ އަދަދު ނުނިކުމޭ… ވަރަށް އިންތިޒާރު ކުރަންއެބަ… ރޯދަމަހާ ކައިރި ކޮށްލާފަ ނުކުންނަނަމަ ވަރަށް އެދެން އާޓިކަލްތައް ގިނަކުރުމަށް… ދިއިސްލާމް މައިފޭވަރިޓް