ރާއްޖޭގެ ޚަބަރު

މަރަށް މަރުގެ ޙުކުމް ތަންފީޒު ކުރާނަން: ހޯމް މިނިސްޓަރ

ކޯޓު އަމުރަށް ޑރ. ޖަމީލް ދެވަނަ ފަހަރަށް ރޭ މިނިވަންކުރުމުން ޖަމީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

 

ހޯމް މިނިސްޓަރ ޑރ. ޖަމީލް – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން މަރަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް އަތުވެއްޖެ ނަމަ އެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

"ދިޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މަރަށް މަރު ހިފުމަކީ އިތުރަށް ބަހުސްކޮށް، ވަގުތު ދުއްވާލަންޖެހޭ ކަމެއް ނޫން ކަމަށާއި އެ ކަމަކީ ވަރަށް ސަރީޚަ ބަހުން އިސްލާމީ ޝަރީޢަތުގައި ބަޔާން ކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި މަރަށް މަރު ހިފުމަށް ރާއްޖޭގެ އެއްވެސް ޤާނޫނަކުން ހުރަސް ނޭޅޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރުގެ ހައިޞިއްޔަތުން، ޝަރުޢީ ހުރިހާ މަރުހަލާތަކެއް ނިމިގެން އަންނަ ކޮންމެ ޙުކުމެއް އަޅުގަނޑު ތަންފީޒު ކުރާނަން. އެކަމަކަށް އަޅުގަނޑު ފަސްނުޖެހޭނަން. މަރުގެ ޙުކުމް ތަންފީޒު ކުރަން އަޅުގަނޑާ ހަމައަށް އަތުވެއްޖެ ކަމަށް ވާނަމަ އެޙުކުމް އަޅުގަނޑު ތަންފީޒު ކޮށްދޭނަން." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ދައުލަތުން އިސްނަގައިގެން މަރުގެ ޙުކުމް ތަންފީޒު ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
ރާއްޖޭގައި މަރަށް މަރު ހިފުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އާއިޝާތު އާޒިމާ ޝަކޫރު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރީޢަތާ ގުޅިލާމެހިފައިވާ ޝަރުޢީ ނިޒާމެއް ކަމަށާއި، މަރުގެ އުޤޫބާތް ދިނުމަކީ ރާއްޖޭގައި މިހާރު އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ޤާނޫނީ ނިޒާމް ބައްޓަން ވެފައި އޮތް ގޮތަށް ބަލާއިރު މި އޮންނަނީ ކޯޓުތަކުން އުޤޫބާތް ކަނޑައެޅުނީމަ ތަންފީޒު ކުރުން އެހެން ފަރާތަކާ ހަވާލު ކުރެވިފައި. މަރުގެ މައްސަލަތައް އެކަންޏެއް ނޫން، އެހެން ކުށްތަކާ ގުޅޭ ގޮތުން ވެސް ކޯޓުތަކުން ކުރެވޭ ހުރިހާ އުޤޫބާތެއް ތަންފީޒު ކުރެވޭ ނަމަ، އެ ޙުކުމްތަކުގެ ނަތީޖާ ފެނިގެންދާނެ. ތަންފީޒީ މަރުހަލާ ފުރިހަމަ ނުވާ ނަމަ އޭގެ ނަތީޖާއެއް ނުފެންނާނެ." ފާއިޒް ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި

12 ޚިޔާލު

  1. އެނގިދާނެތާ، ތިޔަބަހުގެ ހުރި ތެދު ކަމެއް!

  2. dhen kihineh vefa tha thi thibeny?thkan kuran vejje ennu..mihaaru ves maa las vejje!!

  3. ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އިންޝާﷲ ވާނެ

  4. ބޭނުންވެގެން މިއުޅެނީ މަރަށް މަރު ކިޔާ އަދަބެއް ދޭންތަ ނޫނީ މިތާނގަ ﷲ ގެ ޝަރީއަތް ޤާޢިމް ކުރާހިތުން މަރުގެ ހުކުން ތަންފީޒް ކުރަންތަ ؟؟ މިކަން މިދެގޮތަށްވެސް ކުރެވިދާނެ … ﷲ އެންގެވި މަގުސަދުގަ މިކަން ކުރަންޏާ ނަތީޖާ ﷲ އެ އަންގަވާ ގޮތައް މުޖުތަމަޢު އަށް ދިރުމެއްގެ ގޮތުގަ ފެންނާނީ … ﷲ އަށްޓަކައި ކުރާ ކަންތަކުގަ ނަތީޖާ ރަނގަޅު ވާނީ … މިފުރުސަތުގަ މި ހުކުން ތަންފީޒު ކުރެވޭގޮތް ވިއްޔާ ކުރިން ހުކުން ކުރެވިފަ ތިބި މީހުންގެ މައްޗަށް ވެސް އެ ޤާއިމް ކޮށްދެއްވުން އެދެން……އެހެން ނޫންނަމަ އެވަނީ އިއްޒަތްތެރިންނަށް ވަކި ގޮތެއް ނިކަމެތިންނަށް ވަކި ގޮތެއް ހަދަނީ ކަމަށް……….. ހަމަ އެކަނި މަރުގެ ހުކުމެއްނޫން …އަތްކެނޑުންވެސް…ހައްދުޖެހުންވެސް..ރަޖަމު ކުރުންވެސް … ގާއިމް ކުރެވެން ޖެހޭނެ … މީހާގެ އިއްޒަތްތެރިކަމަށް ބެލުމެއްނެތި….

  5. ސާބަހޭ ޖަމީލް ތިއީ އަހަރެމެން 22 ރޭވަންދެން ވީ ގުރުބާނިއަކީ މިއަދު އުފާވެރުކަމުގެ އިޙްސާސް ހިތަށްއެބަކުރޭ..

  6. މާތްﷲ ތިބާއަށް ޘާބިތުކަން ދެއްވާށި!

  7. މިހާރުވެސް މަރަށް ޙުކުމް ކުރެވިފައިވާ 10ވަރަކަށް މީހުން އެބަތިބި ކަމަށް މީޑިއާތަކުން ބުނޭ.. އެމީހުންގެ ކަންތައްވެސް އަވަހަށް ނިންމާނެކަމަށް އުއްމީދުކުރަން. އިންޝާﷲ

  8. ﷲސުބުހާނަހޫ ވަތާއާ އެކަމަކައް އަމުރުކުރަށް ވާފަ ވާކަމަކައް ފަސްޖެހި އުޒުދައްކަން އިންސާނާ އަށް އޮތީ ކޮން ހައްގެއް އިސްލާމް ދީނުގެ ހައްދު ތައް ގާއިމުކޮއް ހުކުން ތަންފީޒު ކުރާ މީހަކީ ދީނައް ނަސުރުދޭމީހެއް ޖަމީލައް ހެޔޮމަގުގައި ސާބިތުކަން ދެއްވާ ދޭ

  9. ރާއްޖޭގެ ޤާނޫން އަސާސީގައި އޮވޭ މަރަށް މަރު ހިފުމަށް، އަދި އެތަށް ފަހަރަކު މަތީން ވަނީ މަރަން ހުކުމް ކޮށްފައި، އެހުކުމްތަށް ތަންފީޒް ނުކޮށް އެކި ކަހަލަ ބަހަނާ ދެއަކުމަކީ ދެކޮޅުޖެހޭ ކަމެއް ކަމުގައި ނުދެކެން.. ޤާނޫންގައި މަދީ މަރުގެ ހުކުމް ތަންފީޒް ކުރާނެގޮތެއް ނެތީ. އެއީ ކޮންގޮތަކަށްތޯ މަރާނީ ނެތީ.. އެކަމަށް ޤާނޫނެއް ހަދަން ޖެހޭނީ.. ދިވެހި ރައްޔިތުން ބޭނުންވަނީ ﷲގެ ޝަރީއަތް!!! ޑިމޮކްރަސީއެއްނޫން!!

  10. މިހާރުވެސް ކުރިމިނަލް ކޯޓުން ބަޔެއް ހައްދު އެމީހުން އަމިއްލަޔަށް އެބަ ތަންފީޒުކުރޭ، ޒިނޭގެ ހައްދުވެސް އެބަ ތަންފީޒުކުރައްވާ ކޯޓުން،، މަރުގެ ޙުކުމް ވެސް ކޯޓުން ތަންފީޒު ކުރަންވީ ނުންތޯ؟

  11. ޕުލީސް މަރަށް މަރުގެ އަދަބު ދީބަލަ ކޮންމަޑެއް ކުރާކައް އަވަސް ކުރޭ އަދި ވައްކަން ކުރާ މީހުން އަތް ކަނޑާ ގޮތައް

  12. ތިއީ އަޅުގަނޑުވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އެއިރުން މިރާއްޖޭގައި އުޅެން ފަސޭޙާވާނެ.

Your email address will not be published. Required fields are marked *