ރާއްޖޭގެ ޚަބަރު

ޙައްދުތަކާމެދު ދެކެވޭ ވާހަކަތަކުގެ ތެރެއިން..

ދަރުމަ މަޖައްލާގެ ވޮލިއުމް 12 ގެ ދެވަނަ ޢަދަދުގެ ބޭރު ކަވަރު ގައި "މަރުގެ ޙުކުމް..." މި ނަމުގައި މައުޟޫއެއް ހިމެނިފައިވާތީވެ އެމައުޟޫގެ ހިޔަލުން ފައިދާތަކެއް ޙާސިލް ކުރުމުގެ ގޮތުން ކިޔާލީމެވެ. ނަމަވެސް އެލިޔުމުން މުޖުތަމަޢަށް ކުރާނެ ފައިދާއަށް ވުރެން ގެއްލުން ބޮޑުކަމަށް ޔަޤީން ކުރެވޭތީ، އެ ލިޔުމުގެ ހިމެނިފައިވާ ބައެއް ނުކުތާތަކާމެދު އަޅުގަނޑުގެ ހިތުގެ ތެރެއަށް ވެރިވި ޝަޢޫރުތަށް ތިޔަ އަރިސްތަކަށް ޙިއްސާ ކުރުމުގެ އެންމެ މުހިއްވަޤުތަކީ މިއީ ކަމުގައި ދެކޭ ޙާލުގައި ބަސްކޮޅެއް އަމުނާލާނަމެވެ.

ދިވެހިރާއްޖޭގައި އެކި އެކި މޫސުމް މޫސުމަށް ފޯރިއްރުވާލާފައި ޝަރީޢަތް ޤާއިމުކުރުމުގެ ވާހަކަ ދެކެވޭ ކަމުގައި ވިޔަސް މިވާހަކަ ތަކަކީ އިސްލާމްދީނުގައި ހުރިހާޒަމާނެއްގައިވެސް އަދި ހުރިހާ މޫސުމެއްގައިވެސް ދެކެވެމުން އަންނަ ވަހާކަތަކެއްކަން ފާހަނގަ ކޮށްލަންޖެހެއެވެ. އަދި ހަމަ އެއާއެކު ޤިޞާޞް ހިފުމާއި ޙައްދު ޤާއިމުކުރުމުގެ ވާހަކަ ތަކަކީ ގިނަ ގިނައިން ދައްކަން ޖެހޭ ވާހަކަ ތަކެކެވެ. އެވާހަކަތަކާމެދު މީހުން ޣާފިލުވެ ތިބެގެން ނުވާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖުލިހަށް ކިތަންމެ ބިލުތަކެއް އެކި މޫސުމު ތަކަށް ވައްދާ ހެދިޔަސް އެބިލުތަކަށް ބަޙުޘް ކުރެއްވުމަށް ކުރިމަތިލާފައިވާ ގިނަ ބޭފުޅުންނަކީ އިސްލާމީ ޝަރީޢަތުގެ އަޑި ފުން މިން އޮޅުން ފިލާފައިވާބޭފުޅުންނެއް ނޫންކަން ފާހަނގަކޮށްލަން ޖެހެއެވެ. އަދި އެފަދަ ޤާނޫނެއް ހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ފަށާނީ ތިރިކަން ނުވަތަ މަތިން ކަންވެސް ގިނަ ފަހަރު ނޭގެއެވެ. އެހެންވުމުން ބިލުތަށް ވައްދާ ނެރެ އެތަކެއްޗަށް ހުއްޓުން އަރާ ބައެއްފަހަރު އެއްކައިރި ކުރާ މަންޒަރު އަޅުގަނޑު މެންނަށް ފެނިގެން ދެއެވެ.

އަލް މަޤާޞިއްދުއް ޝަރީޢާ ނުވަތަ ޝަރީޢަތުގެ މަޤްސަދު ތަކުގެ ތެރެއިން ފަސް ކަމެއް ރައްކާތެރި ކުރެވި ޙިމާޔަތް ކުރެވިފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. އެގޮތުން ފުރަތަމަ ކަމަކީ ދީން ރައްކައުތެރި ކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ތަރުތީބުވެގެން އައިސް ފައިވަނީ ނަފްސު ރައްކާތެރި ކުރުމެވެ. ދެން ބުއްދި ރައްކާތެރި ކުރުމާއި ނަސްލާއި މުދާ ރައްކާތެރިކުރުމެވެ. މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ އިމާމް ޝާޠިބީ ވިދާޅުވެފައިވެއެވެ. "މުޅިއުއްމަތް އަދި ކިއެއްތަ! އެންމެހާ މިއްލަތްތަށްވެސް އިއްތިފާޤުވެފައިވަނީ ޝަރީޢަތް ބިނާވެގެން އައިސްފައިވާ މަޤްސަދަކީ މި ފަސް ކަންތަށް ރައްކާތެރި ކުރުމެވެ."
މާތް ﷲ އިންސާނާގެ ނަފްސުގެ ރައްކާތެރިކަން ބަޔާން ކުރައްވާ ވަޙީ ކުރައްވާފައިވެއެވެ. "من قتل نفساً بغير نفس أو فساد في الأرض فكأنّما قتل النّاس جميعاً (المائدة 32) މާނައީ: "نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫންގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދަ އެވެ. ބުޚާރީ އަދި މުސްލިމުގައި ރިވާވެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސައްލަމް ޙައްޖަތުލް ވަދާޢުގައި ވިދާޅުވި ޚުތުބާގައި އައިސްފައިވެއެވެ. "إن دمـا ئكم وأموالكم وأعراضكم حـرام عـليكم" މާނައަކީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ އަބުރުވަނީ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ޙަރާމްކުރައްވައިފައެވެ."

ނަފްސުގެ ޙިމާޔަތާ ރައްކާތެރިކަން ބަޔާން ކުރައްވާ އަދި ޙައްްޤަކާ ނުލާ ނަފްސެއްޤަތުލު ކޮށްލިމީހަކަށް ހުރި ދުންޔަވީ އަދި އުޚްރަވީ އުޤޫބާތްތަކުގެ ވާހަކަ ޝަރުޢީ އެތަށް އެތަށް ނައްޞެއްގައިވަނީ ބަޔާންވެގެން އައިސްފައިއެވެ. އެންވީމަ މިވާހަކަތަކީ އަޅުގަނޑުމެނެ އެކަމަށް ޣާފިލުވެގެން ތިބެވެން އޮތް ކަމެއް ނޫނެވެ.

ތެދެކެވެ. އަޚުލާޤެއް ނެތެވެ. ތަރުބަވީ ނިޒާމެއް ނެތެވެ. އިޖުތިމާޢީ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ތަކެއް ނުކުރެވެއެވެ. މިފަދަ ޙާލަތަކަށް މުޖުތަމަޢު ޣަރަޤުވެފައި އޮތް އޮތުމުން އެއްބަޔަކަށް ދޭހަވެގެންދަނީ މިޤައުމުގެ ގިނަ ރައްޔިތުން ކުށްތަކަށް އެކަށީގެންވާ ހަރުކަށި އަދަބު ދޭންނޭދޭ ކަމެވެ. އަދި ޙާލުގެ ދުލުން ބުނާކަހަލައެވެ. އަހަރެންވެސް މީހުން މަރާނަމެވެ. އޭނަވެސް ބޭނުންވީމަ މީހުން މަރާނެ ނޫން ހެއްޔެވެ! މާ ބޮޑު ވަރެއް ނުވާނެއެވެ. އަފޫޢާމެއްގެ ދަށުން ސަލާމަތްވާނެއެވެ.

ނަމަވެސް ﷲ ގެ އޯގަވަންތަކަމާއެކު ދިވެހި ގިނަ ރައްޔިތުންނަކީ ކުށްތަކަށް އެކަމުގެ ޙައްޤު އަދަބު ދޭން ބޭނުންވާމީހުންވެ. އެމީހުންގެ ފުރާނަ ރައްކާތެރިކޮށް އަނބިދަރީން ޙިމާޔަތްކޮށް ރައްޓެހި ރަޙުމަތް ތެރީން ގެ ރައްކާތެރިކަމަށް އެދޭ މީހުންނެވެ. ޢާއްމު ގިނަ ރައްޔިތުންގެ ޝުޢޫރަކީ ކުށްވެރީންނަށް އެބައިމީހުންނަށް ލިބެންޖެހޭ ޙައްޤު އަދަބު ދިނުމެވެ. މިއީ ދީންވެރި މީހުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކެއް ނޫނެވެ. މިއީ އިންސާނީ ފިޠުރަތެވެ. ތިމާގެ ލޯކުރިމަތިން ބައްޕަ މަރާލެވިގެން ދާއިރު ތިމާގެ އަގުބޮޑެތި މުދާ ފޭރިގެން ލޫޓުވިގެން ދާއިރު މުޖުތަމަޢު ތަރުބިއްޔަތު ކޮށްދޭށޭ ކިޔާފަ ނުތެދުވާނެއެވެ. އަނިޔާވެރިޔާ އަށް ޙައްޤު އަދަބު ދިނުމަށް މުޅިހަށިގަނޑުގެ ހުރި އެންމެހާ ޝުޢޫރުތަށް ގޮވާލާނެއެވެ. ހަމަ އެއާއެކު ވިސްނާލަންވީ ކަމަކީ ތަރުބަވީ މައިދާން ވަރަށް ތަނަވަހެވެ. ކަމުގެ ޤާބިލުކަން ލިބިފައިވާ އެންމެހާ ބޭފުޅުން އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަން ވީއެވެ. މި ކަމަކީ މާތް ﷲ ގެ ޙައްދު ބިންމަތީގައި ޤާއިމް ކުރުމަށް އެޅޭ ހުރަހެއް ނޫނެވެ.

އިހަކަށް ދުވަހު އަނިޔާވެރިގޮތަކަށް މަރާލެވުނު ބޭފެޅާގެ ވާރިޘުން ގެ ތެރެއން 8 މީހުން އެދުނީ މަރަށް މަރެވެ. ހަމަ އެއާއެކު ރާއްޖޭގެ ކަމާބެހޭ މުއްއްސަސާ ތަކާއި އިދަރާތަކާއި އުއްތަމަ ފަނޑިޔާރުންފެށިގެން ގޮސް ޢާއްމު މީހާ ހަމައިން ޝަރުޢީ ޙައްދު ތަންފީޒު ކުރުމުގެ ވާހަކަ ތަށް ދެކެވެން ފެށިއެވެ. ވީމާ ރާއްޖޭގައި މި މުހިއްމު ކަންތަށް ތަންފީޒު ކުރުމަށް މިޔަށް ވުރެން ފަހި ފުރުސަތެއް އެބައޮތް ތޯ!

މިފަދަ ވަޤުތެއްގައި މިސާލު ނަގަންވީ އެމެރިކާގެ ބައެއް ސްޓޭޓުތަކުގެ ތަފާސް ހިސާބު ދައްކާގޮތެއްނޫނެވެ. ހަނދާނަށް އައީ ރާއްޖެއަށް ދާދިފަހުން ވަޑައިގަތް މަޝްހޫރު ދާޢީ ޑަކްޓަރ ޒާކިރު ނައިކް ދެއްކެވި ވާހަކަކޮޅެކެވެ. ޙުދޫދު ގެ ވާހަކަ ދައްކަވަމުން އެތަނަށް ހާޒިރުވެތިބި އެތަސްހާސް ދިވެހިންނާ މުޚާޠަބް ކުރައްވާ މިސާލު ޖެއްސެވީ ސަޢުދި ޢަރަބިއްޔާގެ މިސާލެވެ. މި ވަޤުތަކީ މިއީ ރައްޖޭގެ ރައްޔިތުންނަށް މިކަމުގެ ފުރިހަމަ މަޢުލޫމާތު ދީ ހިއްވަރު ދޭން ޖެހޭ ވަޤުތެކެވެ. ލާދީނީ މީހުންނާއި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޙައްދުތަކަށް އިންކާރުކޮށް މެދުމިނުގެ އަހުލުވެރިންކަމަށް ދަޢުވާ ކުރާ މީހުންނަށް ހިތްވަރު ދޭންޖެހޭ ވަޤުތެއްނޫނެވެ.

މިފަދަ ނާޒުކު ވަޤުތެއްގައި ބަންކީ މޫނާއި އޭނާގެ އަޢުވާނުންނާއި އޭނާޔަށް ތަބާވާމީހުން ހޭލައިފިއެވެ. އެބަޔަކު މިއީ ލާއިންސާނީ ޢަމަލެއްކަމަށް ސިފަ ކުރަމުން ދެއެވެ. އަނެއްބަޔަކު ދީނުގެ ތެރެއިން ލާފައި މިކަމަށް ޢުޛުރުތަކެއް ފެނޭތޯ އަތްފުނާ އަޅަމުން ދެއެވެ. މިގޮތަށް މަސައްކަތް ކުރާމީހުންނަށް ބުނެލަން އޮތީ އިހަށް ދުވަހު މަރާލެވުނީ ތިބާގެ ދެލޯފަދަ މަންމަ ނުވަތަ އޯގަތެރި ބައްޕަ ނުވަތަ ލޯބި ލޯބި ދަރިފުޅު ނުވަތަ ކުލުނުވެރި އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އެންމެގާތް އެއް އަތް ފަދަ އެކުވެރިޔާ ކަމުގައި ވީނަމަ ތިބާ އަޑު އުފުލާނީ މުޖުތަމަޢު އިސްލާޙު ކުރަން ހެއްޔެވެ. ނުވަތަ މީހުންގެ މެދުގައި ޙުކުމް ކުރުމުގެ މަސްއޫލިއްތާއި ޒިއްމާ ކޮނޑުގައި އަޅައިގެން ތިބި މީހުންނާއި ތަންފީޒީ މުއައްސަސާތަކުގެ ދޮރުތަކުގައި ޓަކިޖަހާ އަނިޔާވެރިޔާއަށް ޙައްޤު އަދަބު ދިނުމަށް ހެއްޔެވެ. މިސުވާލު އަމިއްލަ ނަފްސާ ކޮށްލާށެވެ.

ގުޅުންހުރި

12 ޚިޔާލު

 1. މާޝާﷲ! ވަރައްބޮޑުތެދެއް! ތިބާއަށް ﷲ، ހެޔޮޖަޒާދެއްވާށި!

 2. ޔޫއެންޑިޕީ އަކީ ޑިޕޮލޮމެޓިކު ނިވާފައްގަޑަކަށް ހަދައިގެން ޤައުމުތަކުގައި ޔަހޫދީންގެ އެޖެންޑާ ފަތުރަާ ދުނިޔެ އަޅުވެތިކުރަން މަސަތްކަތް ކުރާ ޖަމާއަތެއް، މިބައިމީހުންގެ އެންމެ ބޮޑު މަގުސަދަކީ ޤައުމުތަށް ފަސާދަކޮށް އެޤައުމެއްގެ ގުދުރަތީ ވަސީލަތް ތަކަށް ބާރުފޯރުވާ އެތަނެއްގެ ހުރިހައިރާތެއް އެމީހުހުން ބޭނުން ކުރުން!

 3. މަޖިލިސް މެމްބަރުން ހޭލާ ތިބެގެންވެސް ޤިޞާސް ހިފުމުގެ ޤާނޫނު ފާސްކުރަން ވެއްޖެ ނޫންތޯ؟؟؟؟

 4. މާސާﷲ.. ވަރައްފުރިހަމަ ލިޔުމެއް.. ޖަޒާކަﷲ..

 5. މިއަދު ރާއްޖޭގައި ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީ ބޮޑެތި ކުށްކުރާ މީހުންނާއި ބޮޑެތި ގާތިލުން އުފެދި ރާއްޖޭގެ ޢިޖުތިމާޢީ ފޭރާން ހަލާކުވެ މުޅި ޒުވާންޖީލުގެ އަބުރުވެރިކަމާއި، އިއްޒަތްތެރިކަން ގެއްލިފައިވާ ކަމެވެ އާނއެކެވެ! އެކަންއޮތީ އެހެންނެވެ. ސުއާލަކީ މިހިސާބަތް މުޅި އުއްމަތުގެ ޒުވާންޖީލު ވެއްޓިގެން ދިޔައީ ކޮންސަބަބަކާ ހުރެ ބާވައެވެ؟ އާނއެކެވެ! ޖުމުލަ ގޮތެއްގައި ސަބަބުތައް ނުހަނު ގިނަގުނައެވެ. ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ހިނގާ ތަފާތު ކުށްތަކާއި ބޮޑެތި ޖަރީމާތަކަކީ، ސަބަބުތަކެއް ނެތި ޒުވާންޖީލަށް ވާރުތަވީ ކަމެއްނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ހަމާގަ ރާއްޖޭގެ ޒުވާންޖީލު ހަލާކުވެ އަޚުލާގީގޮތުން ކަންފުޅެއް ވެސް ނެތި ޒުވާނުންގެ އިއްޒަތާއި ކަރާމާތް ގެއްލި ޒުވާނުން ފެސްތޯރުވެ ދިޔައީ މައިގަނޑު ގޮތެއްގައި 3 ސަބަބު ތަކެއްގެ ތެރެއިންނެވެ. ފުރަތަމަ ސަބަބަކީ، (1) ދަރިން ތަރުބިއްޔަތު ކުރުމަށްޓަކާ މައިންބަފައިންނާއި ބެލެނިވެރިން ވާންޖެހޭ މަތިވެރި ޤުރުބާން ތަކުގެ މައްޗަށް އެމީހުން އިހުމާލުވުމާއި، (2) ދައުލަތުން ރައްޔިތުންގެ މައްޗަށް އަދާކުރަން ޖެހޭ ޤައުމީ މަތިވެރި ވާޖިބުތަކުގެ މައްޗަށް ރާއްޖޭގެ ފުރަމާނީ ވެރިކަމުގެ ބާރުތަކުން ވެދިޔަ 50 އަހަރުތެރޭގައި އިހުމާލުވުމާއި، (3) ލާމަރުކަޒީ ވިސްނުންތަކުގެ މައްޗަށް މިދައުލަތް ހިންގުމުގެ ސިޔާސަތުން އެއްކިބާވުމެވެ.
  (1) ޖަވާބު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރާއްޖޭގެ ލޮބުވެތި ގިނަ ރައްޔިތުންނަށް ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެޅިފައި އޮތް އެންމެބޮޑު ހުރަހަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އަތޮޅުތައް ދޫކޮށް މާލެއަށް ހިޖުރަކުރުމެވެ ނަތީޖާއަކަށް ވީ މާލެ ތޮއްޖެހި ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިއްމު މާހައުލު ގެއްލި އުޅެން ޖެހިފައިވާ އަގުބޮޑު ދިރިއުޅުމުގެ ސަބަބުން ލިބޭ އާމްދަނީން ދެކޮޅުނުޖެހި އަނބިންނާއި ފިރިންނާއި ޖެހި ދަރިންނާއި މައިންބަފައިންނާއި ޖެހި ރަހުމަތްތެރިން ނާއި މިތުރުން ކެނޑި މުޅި މުޖުތަމަޢުގެ ލޯބިގެއްލި ޢިޖުތިމާޢީ ފޭރާން ގެއްލި ދިޔައީއެވެ. ހަގީގަތުގައި ތަނަވަސްކަން ނެތް އެއްވެސް މާހައުލެއްގައި އަބުރުވެރި ލޯތްބެއް ނުހުންނާނެއެވެ.
  (2) މިކަމުގެ މައްޗަށް އޮތް ދައުލަތުގެ ވާޖިބަކީ ދައުލަތް ހިންގުމުގެ ސިޔާސަތުގެ ތެރެއިން، ރައްޔިތަކަށް 18 އަހަރުފުރި މައިންބަފައިންގެ ވާޖިބުން ނެއްޓި ޔުނިވަރސިޓީ ނިންމާ ހިސާބުން ދައުލަތުން ރައްޔިތުންނާއި ހަވާލުވެ ގަންނަން ޖެހެއެވެ. މާނައަކީ ޤައުމީ ޒުވާނުންނަށް ވަޒީފާތައް އުފެއްދުމާއި ދިރިއުޅޭނެ ގޯތިގެދޮރު ޒުވާންޖީލަށް ތަނަވަސްކޮށް ދިނުމާއި މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމެވެ
  (3) ލޯއެންޑް އޯޑަރ ހިންގުމާއި ލާމަރުކަޒީ އުސޫލު ތަކުގެ މައްޗަށް ދައުލަތުގެ ތަނަވަސްކަމާއި އިމުރާނީ ކުރިއެރުން ބަހާލުމެވެ ހަގީގަތުގައި ރައްޔިތަކު ޤައުމަކަށް ނިސްބަތްވުމަކީ، މީހަކު މީހަކަށް ބައްޕަ ކިއުމަތްވުރެ، އުސޫލެއްގެ ގޮތުން މާ ބޮޑުކަމެކެވެ ފަޚުރުވެރި ދިވެއްސެކޭ ބުނުމުގެ ހަގީގީ މަގުޞަދަކީ، ކޮބާހެއްޔެވެ؟ ދިގު 30 އަހަރު މިރާއްޖޭގެ ވެރިކަމުގެ ބާރު ބައްޓަން ކޮށްފައި އޮތީ މިރާއްޖޭގެ ދައުލަތަކީ އިސްލާމީ މަރުކަޒާއި ބަނޑޭރިކޮށްޓާއި ދެމެދު އެއީ ދިވެހި ދައުލަތް ކަމުގައި ދޭހަވާ ސިޔާސަތެއްގެ މައްޗަށެވެ. މަސްތުވާ ތަކެއްޗާއި އެހެނިހެން ބޮޑެތި ޖަރިމާތައް ހިންގި މީހުންނަށް ވެރިކަމުގެ ބާރުތަކުން ދިނީ ވަގުތީ ހިމާޔަތެވެ. އެހެނީ ކުއްވެރިންނަށް ދެވޭ ހަގީގީ އަދަބަކީ ކުށްކުރިމީހާ މުޖުތަމަޢުން އެއްކިބާކޮށް، ޖަލުގައި ތަރުބިއްޔަތާއި ތަމްރީނު ދީ އަލުން އެމީހާ މުޖުތަމަޢަށް ނެރުމެވެ. މިއީ ދިގު 30 އަހަރުތެރޭގައި އެއިރުގެ ސަރުކާރަށް ތަޞައްވުރު ވީކަމެއްނޫނެވެ. ހަގީގަތުގައި މުޅި ރާއްޖޭގެ އިޖުތިމާޢީ ފޭރާން ނެތި ދިޔައީ ޖުމުލަ ގޮތެއްގައި މިދެންނެވި ހަގީގަތުގެ ތެރެއިންނެވެ އިހުތިބީން ކުޅަކަމެއް އަދުތިބީންނަށް އިއްޔެ އިންދިމޭވާ އަދުތިބީންނަށް.

 6. ސަރުކާރަށް ހައްދުތައް ޤާއިމް ނުކުރެވެންޏާ ،ރައްޔިތުން ނިކުވެ ހުކުމް ތަންފީޒް ކުރަންޖެހިދާނެ ކަމަށްޓަކައި ސަރުކާރުގަ މިވަގުތު ތިބި އެންމެހާ ﷲ އަޅުންނަށް މިކަމާމެދު ވިސްނުމަށްޓަކައި ވަގުތު ބޭކާރުނުކޮށް އަވަހަށް މިކަން ހައްލަކަށް އެޅުވުމަށް ގޮވާލަން………. އަދި ބުނަން ހައްލަކީ ހަމައެކަނި އިސްލާމީ ފުރިހަމަ ޝަރީޢަތެއް ޤާއިމް ކުރުން ……..

 7. ،މިހާރު ދަރުމަ މަޖައްލާ ވެފައި ވަނީ ދީން އޮޅުވާލަން މަސައްކަތް ކުރާ ފިތުނަވެރި މަަޖައްލާ އަކަށް. ހުރިހާ ބޭފުުލުންވެސް ދަރުމަ މަޖައްލާ ބޯއިކަޓް ކުރައްވާ

 8. ކޮބައިތޯ 23 ޑިސެމްބަރު އިއްތިޙާދުގެ ދީނ ިއލްމްވެރިން. މިކަމުގައި އެބައިމީހުން ހަނުތިބެނީ ކީއްވެބާ؟ ހަނު ހުރުމަކީ ޙިޔާނާތެކެވެ.

 9. 23 ޑިސެމްބަރ އިއްތިހާދު މީހުން ހަނު ތިބެނީ ކީއްވެ؟ އިޙްލާސްތެރިކަމެއް ހުރިއްޔާ އަޑުއުފުލަން ނިކުމެބަލަ… 23 ޑިސެމްބަރ އިއްތިހާދަކީ ސިޔާސީ މަގުސަދެއް ހާސިލްކުރަން އުޅުނު ބައެއްކަން މިހާރު ޔަގީން ވެއްޖެ….

 10. ދިނީ އިލްމުވެރިންގެ ކިބައިން އަޅުގަނޑު އެދެން ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ގޮވާލުމަށް ނިކުތުމަށް. ސަރުކާރާއި ވާހަކަ ދައްކައިގެން މިކަން ކުރުމަށް ބާރުއެޅުމަށް…..ދީނަށް ޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި،

 11. ތިބޭފުޅާގެ މި ލިޔުމަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ތާއިދުކުރަމެވެ. ނަމަވެސް ޢަމަލީގޮތުން ކުއްވެރިންގެ މައްޗައް ޙުކުމް ތަންފީޒު ކުރުމަށް ގޮވާލަން

 12. https://www.facebook.com/groups/Thanfeez

  ަޢަމަލީ މަސައްކަތް ކުރިޔަށްނެރުމަށް…..

Your email address will not be published. Required fields are marked *