"އިސްލާމިކް ރިދަމް"ގެ ފަރާތުން އަޙްމަދު ރިފާޢު އުފައްދާ "ފުރާވަރު" އޯޑިއޯ މަދަހަ އަލްބަމް އަންނަ ރަމަޟާން މަހާ ދިމާކޮށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް "ދިއިސްލާމް"އަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިއަލްބަމްގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ އަލްބަމްގައި މުޅިން އާ 7 މަދަހަ ހިމެނޭނެ ކަމަށެވެ.
"ފުރާވަރު" އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ.
މިއަލްބަމްގެ މަސައްކަތްކުރާ ޓީމުން ބުނީ މިއަލްބަމްގެ މަސައްކަތްކުރަނީ އެކިފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށާއި، އަލްބަމަށް ސްޕޮންސަރއެއް ނުވަތަ އެހީތެރިކަމެއް ދިނުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެހީތެރިވާން ބޭނުންވާ ބޭފުޅުން ނަންބަރު 7644404 ފޯނަށް ގުޅުމަށް އެޓީމުން އެދެއެވެ.
މިއަލްބަމްގެ މަސައްކަތްކުރާ ޓީމުން ވަނީ އެކި ޙާލަތްތަކާ ގުޅިގެން މިހާތަނަށް 3 މަދަހައެއް ކުއްލިގޮތެއްގައި ރެކޯޑްކޮށް އިންޓަނެޓް މެދުވެރިކޮށް އާންމުކޮށްފައެވެ. އެއީ "އިސްނަގާ ހިނގާދާން" ، "ކަލަކުވޭ" އަދި ސީރިއާގެ ޙާލަތާ ގުޅިގެން ހަދާފައިވާ "ހޭއަރާ މުސްލިމުންނޭ" މިތިން މަދަހައެވެ.
އޭގެ އިތުރުން ރަމަޟާން މަހާ ގުޅޭ ޚާއްޞަ މަދަހައެއް ނެރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
"ފުރާވަރު" އަލްބަމް އުފައްދާ ޓީމުން ބުނީ މަދަހަ ކިޔަން ޝައުޤުވެރިވާ ކުދިންނަށާއި މަދަހަ މުބާރާތްތަކަށް ފަރިތަކުރަން ބޭނުންވާ ކުދިންނަށް މަދަހަ ކިޔަން ދަސްކޮށްދިނުމާއި ރާގު ހަދައިދީ ރެކޯޑްކޮށްދިނުމުގެ މަސައްކަތްވެސް އެފަރާތުން ކޮށްދޭ ކަމަށެވެ. އެގޮތުން ނަންބަރު 7644404 ، 7736993 ނުވަތަ 9696017 ފޯނަށް ގުޅުއްވުމަށް އެޓީމުން އެދެއެވެ.
އަޙްމަދު ރިފާޢު މީގެ ކުރިން އުފެއްދި "ޔާރައްބަނާ" އޯޑިއޯ މަދަހަ އަލްބަމް އަދި "ހުވަނދު" ވީޑިއޯ މަދަހަ އަލްބަމަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.
ފުރާވަރު އަލްބަމްގެ ސައުންޑްކްލައުޑް އެކައުންޓް

















ވަރަށް ރަނގަޅޫ ކަމެއް..،
ސަޅި