ރާއްޖޭގެ ޚަބަރުވިޔަފާރި

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ އިސްލާމީ ގޮފި "އާމްނާ" އިފްތިތާހްކޮށްފި

އެޗްޑީއެފްސީގެ އިސްލާމީ ގޮފި "އާމްނާ"އާބެހޭ ގޮތުން އެޗްޑީއެފްސީގެ ވެބްސައިޓްގައި ހިމަނާފައިވާ ބައެއްގެ ސްކްރީންޝޮޓް

 

އެޗްޑީއެފްސީގެ އިސްލާމީ ގޮފި "އާމްނާ"އާބެހޭ ގޮތުން އެޗްޑީއެފްސީގެ ވެބްސައިޓްގައި ހިމަނާފައިވާ ބައެއްގެ ސްކްރީންޝޮޓް

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމީ ގޮފި "އާމްނާ" މިރޭ އިފްތިތާހްކޮށްފިއެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި މިރޭ ރަސްމިޔާތެއްގައި "އާމްނާ" އިފްތިތާހްކޮށްދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

އެޗްޑީއެފްސީން ހާމަކުރާ ގޮތުގައި "އާމްނާ"އަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް މާލީ ޚިދުމަތްތައް ދިނުމަށް ހާއްސަކޮށްގެން ފެށި ގޮތްޕެކެވެ.
އެގޮތުން އަންނަ މަހުން ފެށިގެން އެގޮފިން ރިބާ ނުހިމެނޭ ގޮތަށް ފައިނޭންޝަނަލް ފެސިލިޓީޒް ދޫކުރަން ފަށާނެ ކަމަށާއި އެކަން ކުރުމުގެ ގޮތުން "ޞުކޫކު" ނުވަތަ އިސްލާމިކް ބޮންޑް ނިޒާމެއް ގާއިމްކުރަމުން އަންނަ ކަމަށް އެޗްޑީއެފްސީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރ ޝަހީމް މިރޭ ވިދާޅުވީ އިސްލާމީ މާލީ ނިޒާމަކީ މުޅިދުނިޔެވެސް އިތުބާރުކުރާ ނިޒާމެއް ކަމަށާއި މިއީ ރާއްޖެއަށް މުހިންމުކަން ބޮޑު ހިދުމަތެއް ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައިވެސް މިނިޒާމަށް އަސަރުކޮށްފައިނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެޗްޑީއެފްސީގެ އިސްލާމީ ގޮފި "އާމްނާ"އާބެހޭ މަޢުލޫމާތު :
http://www.hdfc.com.mv/hdfc_amna.html

 

ގުޅުންހުރި

2 ޚިޔާލު

  1. ހައިސިން ޑޮވޮލަޕް މަންޓް ކުންފުންޏަކީ ދިވެހިންނަށް ޙިދުމަތް ދޭން ހުރިތަނެއް އެކަމަކު އެތަނުގެ ހުރިހާ ލިޔެކިއުން މިހުންނަނީ ބޭރު ފަރަންޖީބަހުން، މީދިވެހިރާއްޖޭގެ ޤާނޫނު ތަކާއިވެސް ޙިލާފުކަމެއް، ކުންފުނި ހިންގަނީ ޤާނޫނު ތަކާއިވެސް ހިލާފަށް! މިކަން ރަގަޅުކުރުމަށް ނަސޭހަތް ތެރިވަން!

  2. ސސ ގެ ހިޔާލަށް ތާއީދު.. ފަރަންޖީ ބަހުން ލިޔެފަ ހުރީމަ މައުލޫމާތު ތައް ދެވިފަ އެ ހުންނަނީ ވަކި ފަންތިއަކަށްވުރެ މަތީ މީހުންނަށް. ދިވެހި ސަރުކާރުގެ ކުންފުނި ތަކުން ދިވެހި ބަހުން ސައިޓު ތައްޔާރުކުރުމަށް ގޮވާލަން

Your email address will not be published. Required fields are marked *