
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދިވެހި ފުލުހުން - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސިޓީއެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝަހީމް "ދިއިސްލާމް" އަށް ވިދާޅުވި ގޮތުގައި އެސިޓީ ރައީސަށް ފޮނުއްވީ މިމަހު 14 ވަނަ ދުވަހުގައެވެ.
ވަކި އުސޫލެއްގެ ދަށުން ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެސިޓީގައި އެދިފައިވާނެ ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިފައިންނާއ ފުލުހުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ކަނޑައަޅާފައިވާ ލިޔުމެއްވެސް ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އެކަމުގައި، އޭޝިއާއާއި ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ސިޓީއާއެކު ރައީސަށް ފޮނުއްވާފައި ވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ ތުނބުޅި ބެހެއްޓޭނެ ގޮތަށް ޤާވާއިދު ބަދަލުކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން މިނިސްޓްރީގައި އެދެމުންދާ ކަމަށާއި އެހެންވުމާއެކު އެކަމަށް ޕޮލިސީ ލެވެލްގައި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މުއައްސަސާތަކުގައި ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ޤަވާއިދުތައް ބަދަލުކުރުމަށް މިނިސްޓަރ ޝަހީމް ވަނީ މިމަހު 10 ވަނަ ދުވަހު އިލްތިމާސްކުރައްވާފައެވެ.
ޝަހީމް އެދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އެއްވެސް މުއައްސަސާއެއްގައި ތުނބުޅި ބާލަން މަޖުބޫރުކޮށްފައި ޤަވާއިދު ހެދުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ 21 ވަނަ ގަރުނުގެ ތަހުޒީބާއި ސަގާފަތާވެސް ފުށޫއަރާ ކަމެއް ކަމަށެވެ. އަދި ބަޔަކު ޤަބޫލުނުކުރިޔަސް، ތުނބުޅި ބެހެއްޓުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް މަތިވެރި ސުންނަތެއް ކަމަށެވެ.
“އެއީ ވާޖިބު މާނައިގައި ދެކުނަސް ނުވަތަ މުސްތަހައްބު ކަމެއް ކަމުގައި ދެކުނަސް، މިއިން އެއްވެސް ކަމަކަށް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ހުރަސްއެޅުމަކީ ބާޠިލްކަމެއް ކަމުގައި ދެކެން. ދިވެހިރާއްޖެ ފަދަ ގައުމެއްގައި ސުންނަތަކަށް ހުރަސްއެޅުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މިހެންކަމުން ރާއްޖޭގައި މިކަމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤަވާއިދުތައް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަދި ވަކި އުސޫލެއްގެ ދަށުން މިކަމަށް ފުރުޞަތު ފަހިކުރަން އިލްތިމާސްކުރަން” މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
ތުނބުޅި ބެހެއްޓުމުގެ ޙުކުމާމެދު ސިފައިންނާއި ފުލުހުންނަށް ބައެއް މީހުން ދީނުގެ ނަމުގައި އޮޅުވާލަމުންދާތީ ތުނބުޅި ބެހެއްޓުމުގެ ޙުކުމް ބަޔާންކޮށް، މިމަހުގެ 15 ވަނަ ދުވަހު ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާ ދެކޮޅަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުމަކީ އެއްވެސް ހާލެއްގައި ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.
އެބަޔާނުގައި އެޖަމްޢިއްޔާއިން ވަނީ، ތުނބުޅި ބެހެއްޓުމަކީ ވާޖިބެއްކަމުގެ މައްޗަށް ދަންނަބޭކަލުންގެ އިޖްމާޢު ނަޤުލުކުރައްވާފައިވާ ބަސްފުޅުތަކާއި، އަދި ސުނަންތުގެ ފިޤުހީ ހަތުރު މަޛުހަބުގައިވެސް ތުބުޅި ބެހެއްޓުމަކީ ވާޖިބުކަމެއްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވާކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.
އަދި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީގެ ދަށުންވެސް ޤުރްއާނާއި ސުންނަތާ ޚިލާފު އެންމެހައި ޤާނޫނަކާއި ޤަވާޢިދެއް ބާޠިލުކަމުގައި ބަޔާންކުރާ މާއްދާތަކުގެ މައްޗަށް ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އޭގެ އިތުރުން ސިފައިންގެ ޤަވާޢިދުގައި ތުބުޅި ބޭލުމަށް އަމުރުކުރާ މާއްދާއަކީ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ފުށުއަރާ މާއްދާއެއްކަމުގައިވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ސަލަފުން ބުނެފައިވަނީ، ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް އުންމަތުގެ އިލްމުވެރިން ބަޔާންކުރައްވާފައިވާ އިރު އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން މާތް ﷲ ވަހީއާއިގެން މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައިވެސް ޖަމްޢިއްޔަތުއްސަލަފުން ބުނެފައިވެއެވެ.
















މިނިސްޓަރ ގެ ތި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ! ދެރަ ކަމަކީ ރައީސް އޮފީހުން ޖަވާބެއް ދެއްވާފައި ނުވާތީ. ތަނކޮޅެއް ރީތިވާނެ ކޯޓާއި ހިސާބަށް ނުގޮސް މިކަން ނިމިއްޖެއްޔާ. އެހެން ވީމާ އަވަސް ޖަވާބެއް ދެއްވުން މުޙިއްމީ. ދެން އޮތް އަނެއް ތަނކޮޅަކީ މި ފަދަ ދީނީ ކަންކަމުގައި ޤަވާއިދު ހެދުމުގެ ބާރާއި އިޚްތަޔާރު އެއްވެސް އިންސާނަކަށް ލިބިގެން ނުވާކަން ހަނދާން ކުރުން. ތުނބުޅި ބެހެއްޓުމާއި މެދު ޤަވާއިދު ހަދައިފި އެއީ ﷲ ގެ ހުކުމް މުގުރާލައި އެކަލާންގެ އަށް އުރެދުން. އަދި އެންމެ މުޙިއްމު ކަމަކީ ކޯޓަށް ގޮސްގެން ވިޔަސް މިކަން ސިފައިންނާއި ފުލުހުން ކުރާނެ ކަން. އެކަމް އޭރުން އިސްލާމީ ޤައުމެއް ހިންގަން ތިބި މީހުންގެ ލާދީނީކަން ފިސާރި ރީތިކޮށް ބޭޒާރު ވާނެ. އަޞްލަކީ ތުނުބުޅި ބާލާށޭ ބުނާ ކަމަށް ވާނަމަ އެއީ ޢައިރު ޤާނޫނީ އަމުރެއްކަން. މިއީ ދިވެހި ސިފައިންނަށާއި ފުލުހުންނަށް ލިބެންޖެހޭ ދީނީ، ޤާނޫނީ އަދި އިންސާނީ ޙައްޤެއް.
ވަރަށް ފަހަކުން ޕޮލިސް އިސްކަންދަރު ކޮށީގައި ޑރ އަފްރާޝިމް އާއި ޑރ ޒަކަރިއްޔާ ” ދަ ކަރެކްޓް އަންޑަރސްޓޭންޑިންގ އޮފް ސުންނަތް” މި ނަމުގައި ބޭއްވި ދަރުސްގައި ޑރ ޒަކަރިއްޔާ ވާހަކަދެއްކީ ބަޔަކު ބުނި ގޮތަށް ކަމަށް އޭނާ އާއި އެކަމާއި ބެހޭ ގޮތުން ސުވާލު ކޮށްލުމުން އޭނާ ބުނި. އެހެންވެ ގުޅޭ ޚަބަރެއްވީމަ ހަމަ ލީކް ކޮށްލީ. މީތާ ވިކިލީކް މޯލްޑިވްސް ގެ ދައުރަކީ ވެސް.ހެހެހެހ
މާޝާﷲ!! އިންޝާ ﷲ ސިފައިންނާއި ފުލުހުންގެ ގެތެރޭޣައި ތިއްބެވި ފިސާރި އިޚްލާޞްތެރި މުސްލިމު އަޚުންނަށް ކާމިޔާބުވާނެ. އިންޝާﷲ ކެތްތެރިންނަށް އަބަދުވެސް ނަޞްރު ލިބޭނެ. އެބޭކަލުންގެ ވެރިންނަށްވެސް ހެޔޮވިސްނުން ދެއްވާށިއެވެ.
މާޝާ ﷲ
ދީނުގެ ހުކުމްފުޅުތަކާ ހިލާފުކަމެއް ކުރަން އަމުރު ކުރަން ސިފައިންނަށް އަމުރު ކުރަނީ ، އަދިގަވާއިދުގަވެސް ހަމަ މިބަސް ކޮންމެ ދުވަހަކު ހެނދުނު ތުބުޅި ބާލަން ޖެހޭކަމަށް ، މީ ކޮންކަހަލަ ލާ ދީނީ ވެރިންތިބި މުއަސަސާއެއް ، ބަލަ ސިފައިންނޭ ،ތި ގައުމުގެ އަމަން އަމާންކަމޭ ، ހުވާކުރާއިރުވެސް އެންމެ ފުރަތަމަ އިސްލާމްދީން އައިސްފައިވޭ ދެން އެއަށްފަހު ޤައުމެއްވެސް އައީ ، ކޮންކަހަލަ ދެބިއްރައިޓު ވެފައިވާ ޤާނޫނެއް ، ލާދީނީ ވެރިންތަކެއް ެއަދި ސިފައިން ތުބުޅި ބަހައްޓާފިއްޔާ ބަޔާންވެސް ނަގަޔޯ ، މަޖާކަމަކީ ވަކި ހުއްދައެއްގެ ދަށުން ޔަހޫދީންނާ ވައްތަރު ވެވެޔޭ .