ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޝައިޚް ޢަލީ ޒާހިރުގެ ޚާއްޞަ ދަރުސް "ވަޤުތު ފާހިތުނުވަނީސް" މިމަހު 29 ވަނަ ދުވަހުގެރޭ

އައްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

އައްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޖަމްޢިއްޔަތުއްސަލަފާއި ޒުވާނުންގެ މަރުކަޒް ގުޅިގެން ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސލަފުން މަޢުލޫމާތުތުދޭ ގޮތުގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާ މިދަރުސް އޮންނާނީ މިމަހު 29 ވާ އަންގާރަ ދުވަހުގެރޭ 20:45 ގައި ޒުވާނުންގެ މަރުކަޒުގެ ސްޓޭޖްގައެވެ. ޝައިޚް ދަރުސް ދެއްވާނީ "ވަޤުތު ފާހިތުނުވަނީސް" މިމައުޟޫއަށެވެ.

ފޭސްބުކް އިވެންޓް :

މިދަރުސް ރޭޑިއޯ އެޓޯލް 96 އެފްއިމްއިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުނެއެވެ.

މިދަރުސް އަޑުއެހުމަށް ދެޖިންސުގެ ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.

ކުރިން މިދަރުސް މިމަހު 26 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވީނަމަވެސް، ފަހުން ތާރީޚް ބަދަލުވެފައިވާ ކަމަށް ސަލަފުން ބުންޏެވެ.

މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ސްޓަޑީޒް (ޙަދީޘް)ގެ ދާއިރާއިން ބެޗްލަރސް ޙާޞިލްކުރައްވައި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ރިވީލްޑް ނޮލެޖް (ފިޤުހާއި އުސޫލް ފިޤުހު)ގެ ދާއިރާއިން މާސްޓަރސް ޙާޞިލްކުރައްވާފައިވާ، ޝައިޚް ޢަލީ ޒާހިރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިން ޑީންކަން ކުރެއްވުމުގެ އިތުރުން ރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ.


ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *